ހުޅަނގު މޫސުމުގެ ބަރުގަދަވެ ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ އިދާރާއިން ބުނީ ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދެވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ.
All, especially seafarers, are advised to be cautious for severe weather, including rough seas. pic.twitter.com/vnttk0CxIz
— Maldives Meteorology (@MetMaldives) May 23, 2021
ރާއްޖެއާއި ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި މި ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ތޫފާނަކަށް ބަދަލުވުން އެކަށިގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އެ އިދާރާއިން ބުނީ ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖޭއާއި ދުރަށެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މުސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
