ރ. ވާދޫ ސްކޫލްގެ ގޯތި ތެރެ ފެހިކުރުމަށް ތިމާވެށި ކުލަބުން އިސްނަގައިގެން ކުރިއަށް ގެންދާ ”މަލަ ފެހި“ ޕްރޮގުރާމްގެ ދަށުން މިހާ ތަނަށް 99 ގަސް ސްކޫލަށް ހަދިޔާކޮށްފިއެވެ.
މި 99 ގަހަކީ ދަރިވަރުންގެ ފަރާތުން ފާއިތުވި 2 ދުވަހުގެ ތެރޭގައި ސްކޫލަށް ހަދިޔާކުރި ގަހެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ގަސް ހަދިޔާކުރުން ކުރިއަށްދާނެއެވެ.
”މަލަފެހި – ސްކޫލްގެ ނަލަކަމަށް، މަގޭ ޒިންމާ“ ޕްރޮގުރާމަކީ ވަދޫ ސްކޫލަކީ ފެހިކަން ގަދަ އާރޯ ތަނަކަށް ހެދުމަށް ހިންގާ ގަސް އިންދުމުގެ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމްގެ ދަށުން ސައިމާ އަދި ބޯގަންވިލާ ފަދަ ބަގީޗާ ގަސްތައް ސްކޫލްގެ ގޯތިތެރޭގައި އިންދާނެއެވެ.
ގަސް އިންދުމަށް ހަމަޖެހިފައި ވަނީ އެ ކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ކުރެހުމަކާއި އެއްގޮތަށެވެ.
ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި ދަރިވަރުންނާއި ސްކޫލް ހިއްސާވާ އެހެން ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުން ގަސް ހަދިޔާ ކުރުން ކުރިއަށް ދާނެ އެވެ.
ރ. ވާދޫ ސްކޫލަކީ ތިމާވެށީގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުންދާ ސްކޫލެކެވެ.
