ރ. އަލިފުށިން އަނެއްކާ ވެސް ކޯވިޑް-19ގެ ވޭދަނައެއް ފެނިއްޖެއެވެ.

ރ. އަލިފުށީ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ރ. އަލިފުށިން ކޯވިޑް-19ށް އިތުރު މީހަކު ފައްސި ވެފައި ވެއެވެ. އަދި ފާއިތުވި 24 ގަޑިއިރު 11 ސުންކެއްގެ ނަތީޖާ ވަނީ އެ ރަށުން ނައްސި ވެފައެވެ.

ބަލިން ރަނގަޅުވީ 8މީހުންނެވެ. މީގެ އިތުރުން އަލިފުށިން އިއްޔެ ވަނީ އަލަށް 26 ސުންކެއް ނަގާފައެވެ. އަދި ތަކުރާރުކުރަންޖެހޭ ސުންކުގެ ގޮތުގައި 1ސުންކެއް ވެއެވެ.

އަލިފުށީ އިހާގެ ޖުމުލަ އަދަދުތަކަށް ބަލާއިރު، 1141 ސުންކެއް މިހާތަނަށް ނެގިފައި ވެއެވެ. އޭގެ ތެރޭން 238 ސުންކެއްގެ ނަތީޖާ ފައްސި ކަމަށް ދައްކާއިރު، 836 ސުންކެއް ވަނީ ބައްޔަށް ނައްސިވެފައެވެ. ނަތީޖާ ނުލިބި ޖުމުލަ 27 ސުންކެއް އެބަ ވެއެވެ. ބަލިން ފަސޭހަވި މީހުންގެ ޖުމުލަ 189 އަރާފައި ވާއިރު، ތަކުރާރުކުރަންޖެހޭ ސުންކުގެ އަދަދަކީ 40އެވެ،

މި ވަގުތު އަލިފުށީގައި ތިބި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 49 އެވެ.

އާދީއްތަ ދުވަހުގެ ނަތީޖާ މި ގޮތަށް ހުރި އިރު، ހޮނިހިރު ދުވަހަށް ބަލާއިރު އެ ދުވަހު ވެސް އެކަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި އެ ދުވަހު 22 މީހަކު ބަލިން ފަސޭހަ ވެއެވެ.