ޒަމާނުން ސުރެ ރެދަންލުމަށް މަޝްހޫރު ރ. ވާދޫގެ ގޮނޑުދޮށުގައި ރެދަންލާން ފަށައިފިއެވެ.

މި މަންޒަރު އެންމެ ރީއްޗަށް ފެންނަނީ ވާދޫގެ ހުޅަނގު ފަރާތު ގޮނޑުދޮށުންނެވެ.

ރާއްޖޭގައި ރެދަންލުމަށް ނަން މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ.

ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވެސް މި ރަށަށް ލިބިފައި ވެއެވެ. ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ ނޫސްތަކުންނާއި އެހެނިގެން މަންސަތަކުން ފެނެއެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މި ވާހަކަ އެބަ އޮތެވެ. މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ރ. ވާދޫ ވަނީ ފީޗާކޮށްފައެވެ.

ކޮންމެހެން ދެކިލަން ޖެހޭ 15 ގުދުރަތީ މަންޒަރު މި ސުރުޚީގެ ދަށުން ސީއެންއެންގައި ގެނެސްދީފައިވާ ލިސްޓްގެ އެންމެ ކުރީގައި ހިމަނާފައި އޮތީ ވާދޫއެވެ. މީގެ އިތުރުން ވެސް ޖަޕާނުގެ ޓީވީ ސްޓޭޝަންތަކާއި، ބީބީސީ އަދި ޑިސްކަވަރީގެ ޗެނަލްތަކުން ވެސް މި މަންޒަރު ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ.

ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެ އެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ. ރެދަނަކީ މޫސުމީ ކަމެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ވެސް މި މޫސުން އަތުވެދާނެއެވެ. ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެ އެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ. އެ ވަގުތު މުޅި ގޮނޑުދޮށް ފެންނަނީ ނޫކުލަ އިން ދިއްލިފައިވާތަނެވެ.

ކަނޑުމަތިން އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެ އެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ ”ފަޔަފްލައި އިފެކްޓް“ އެވެ.

އެހެންވެ، މަޝްހޫރުވި ފޮޓޯގައި އެ ފެންނަނީ އާދައިގެ ފައިޓޮޕްލެންކްޓަންސް އެއް ނޫނެވެ. އެ ފޮޓޯ އަށް އެހާ ރީއްޗަށް މަންޒަރު އަތުލެވިފައި ވަނީ ގިނައިރު ދިއްލޭ ސޫފިތަކެއްގެ ސަބަބުންނެވެ. އެއީ އޮސްޓްރަކޯޑްސް އެވެ. މިއީ އެއްޗެއްގައި ޖެހުމަށް ފަހު އެއް ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތަކަށް ދިއްލޭ އެއްޗެކެވެ. އެހެންވެ މީގެ އެތައް ހާސް އެއްޗެއް ގޮނޑުދޮށަށް މަރުވެ ލެއްގުމުން މި ރީތި މަންޒަރު އުފެދިގެން އަންނަނީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

buy oris replica watches for sale james bond buy sell trade movade replica watches expert review is high quality replica bvlgari watches under dollar jealous dog panerai replica swiss mesh portofino jk factory for joe rodeo replica watches 60 dollers john as replica rolex watches aaa quality pay debit toro fake bulgari watches in irvine california very high quality devon tread 2 replica copies for sale