އުރީދޫ މޯލްޑިވްސްއިން ސެމްސަންގް S24 ސީރީޒްގެ ޕްރީ-އޯޑާއަށް ހުޅުވާލައިފިއެވެ.
ސެމްސަންގް S24 ސީރީޒްގައި 3 މޮޑެލްގެ ފޯން ހިމެނެއެވެ. އެއީ ސެމްސަންގް ގެލެކްސީ S24، ސެމްސަންގް ގެލެކްސީ S24 ޕްލަސް އަދި ސެމްސަންގް ގެލެކްސީ S24 އަލްޓްރައެވެ.
އުރީދޫން ޕްރީ-އޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 19 ޖަނަވަރީ 2024ގެ މެންދަމު 12:00އިން ފެށިގެން 6 ފެބްރުއަރީ 2024ގެ ނިޔަލަށް އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށްނެވެ. ޕްރީ-އޯޑާ ކުރާ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެއެވެ.
- ޕްރީ-އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
- ޕްރީ-އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
- އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފަރ
- އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފަރ
- ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗަރ
އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
