ރ. އަލިފުށީ ބަނދަރުގެ ނެރުފައިކަށީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނީ ، ރ. އަލިފުށީ އުތުރު ފަރާތު ބަނދަރުގެ ދެ ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރާ ކަމަށެވެ.
އެ ކައުންސިލުން ބުނީ، ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، އުތުރު ފަރާތު ބަނދަރުގެ ދެ ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މައުލޫމާތު ސެޝަން: |
19 ސެޕްޓެންބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ކުރުން: |
26 ސެޕްޓެންބަރު 2024 10:00 ކުރިން |
ބިޑް ރަޖިސްޓްރީ ލިންކު: |
https://forms.office.com/r/UHmZRffw3R |
އަންދާސީ ހިސާބު ހުށަހެޅުން: |
26 ސެޕްޓެންބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި |
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމަށާއި އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 24 ސެޕްޓެންބަރު 2024 14:00ގެ ކުރިން އީމެއިލް ([email protected]) އަށް ލިޔުންތައް ފޮނުވައި މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށް އަލިފުށީ ކައުންސިލުން ބުންޏެވެ.
Leave a Reply