ސިހުރު ހެދުމުގެ މައްސަލައެއްގެ ތަހުގީގު، ދެރަށެއްގައި ފަށާފައިވާ ކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިހުރު ހަދާކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާއި ގުޅިގެން ރ. މީދޫ އަލި ރ. އަލިފުށީގައި އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ވިދާޅުވީ، އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށެވެ.
