ރ. ވާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް މަރްޔަމް މައިސާ ހޮވިއްޖެއެވެ.
މިކަން އިޢުލާންކޮށްފައި ވަނީ، އާދީއްތަ ދުވަހުގެ ރޭ ބޭއްވި ވާދޫ ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޖަލްސާގައެވެ.

ވާދޫ ސްކޫލްގެ އަހަރީ އިނާމްދިނުމުގެ ޖަލްސާގެ ތެރެއިން —
އެ ޖަލްސާގައި، 2023/24 ވަނަ ދިރާސީ އަހަރު އެ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރު އިއުލާންކުރުމުގެ އިތުރުން، އެކިއެކި ގޮތްގޮތުން އެ ސްކޫލުން އަރުތަ ހާސިލްކުރި ދަރިވަރުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފައިވެއެވެ.
މިގޮތުން އެކިއެކި މާއްދާތަކާއި ގުރޭޑުތަކުން ފާހަގަކޮށްލެވުނު ދަރިވަރުންނަށް ވެސް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްފައެވެ.
