ރ. ވާދޫ ބަނދަރުގައި ހުރި ހިލަވެލި ބަސްތާތައް ނެގުމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.

އެ ކައުންސިލުން ބުނީ، ބަނދަރުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ހިލަވެލި ބަސްތާތަކެއް ހުރުމާ ގުޅިގެން އެތަކެތީގެ ވެރިފަރާތުން 2025 އޮގަސްޓް 6 ވަނަ ދުވަހުގެ ކުރިން އެތަކެތި ނެންގެވުމަށް އަންގާ ކަމަށެވެ.

އެ ތާރީހުގެ ކުރިން ތަކެތި ނަންގަވާފައިނުވާނަމަ، ކައުންސިލަށް އެތަކެތި ނެގޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ކައުންސިލުން ބުނެފައިވެއެވެ.