ރ. ވާދޫ ކައުންސިލުން ވަނީ އެރަށުގެ ގްރީން ޒޯންތަކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 ޖުލައި 23 އިން އޮގަސްޓް 7 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ކައުންސިލުން ވަނީ ދީފައެވެ.

ކައުންސިލުން މި މަސައްކަތް ޙަވާލުކުރާނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 2025 އޮގަސްޓް 7 ވަނަ ދުވަހުގެ މެންދުރު 12:30 ގައި ވާދޫ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު 2025 އޮގަސްޓް 19 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުވާލެވިފައިވާއިރު، އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ހަމަ އެދުވަހު 11:01 ގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ވާދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 4000299 އަށް ގުޅުއްވުމަށް ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކުރެއްވުމަށް ކައުންސިލުން ވަނީ އަންގަވާފައެވެ.

ގެޒެޓްލިންކް: https://www.gazette.gov.mv/iulaan/352277