އަރުތަ ފުޓްސަލް މުބާރާތް 2025ގައި ވާދަކުރާ ރ ވާދޫ އެފްސީގެ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ.
އެ ޓީމަށް ޖާޒީ ހަވާލުކުރީ މިކަމަށްޓަކައި ރ ވާދޫ ޒުވާނުންގެ މަރުކާޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި ރަސްމީއްޔާތުގައި ޓީމްގެ ކުޅުންތެރިންނަށް އޮފިޝަލް ޖާޒީ އާއި އޮފީސް ޓީ ޝާރޓް ހަވާލު ކޮށްދެއްވީ ރ ވާދޫ ކައުންސިލްގެ ރައީސް ޙުސެއިން ޢަލީއާއި ކައުންސިލަރ ޒާހިޔާ ޢިބްރާހީމް، އަދި ޒިންމާދާރުވެރިޔާ ޢަހްމަދު ޒިޔާޢު އެވެ.

މި ރަސްމީއްޔަތުގައި ވާދޫ ކައުންސިލްގެ އިސްވެރިންނާއި މެމްބަރުން އަދި ރ ވާދޫ އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރި ވެފައިވެއެވެ.
މި ރަސްމީއްޔާތުގައި ވަނީ ހާއްސަ ކޭކެއް ވެސް ފަޅައި ޓީމަށް ހިތްވަރު ދީފައެވެ.
އަރުތަ ފުޓްސަލް މުބާރާތް 2026ގައި ރ. ވާދޫ އެފްސީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ރ. އިނގުރައިދޫ ދެކޮަށެވެ. މިމުބާރާތުގައި ކާމިޔާބު އަދި އަތޮޅުގެ ގަދަ ބާރެއް ކަމަށްވާ އިނގުރައިދޫއާއި ދެ އަހަރު ފަހުން މުބާރާތަށް އެނބުރި އަންނަ ރ. ވާދޫ އެފްސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:40ގައެވެ.
