ހަތަރު މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ހދ ކުމުންދޫ ކައިރިން ބަންޑުން ޖަހާލައި އޭގެ ދަތުރުކުރި އެކަކު ނިޔާވެއްޖެ އެވެ.

ކުޅުދުއްފުށިން ފުރައިގެން ށ ފުނަދޫއަށް ޖަމްބޯ ބޭގްތަކެއް ހިފައިގެން ދަތުރުކުރަނިކޮށް ދޯނި ބަންޑުން ޖަހާލާފައިވަނީ ހދ ކުމުންދޫ ކައިރިއަށެވެ. އެ ދޯނި ދަތުރުކުރަމުންދިޔައީ ޖުމްލަ ހަތަރު މީހުންނެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އޭގެ ދަތުރު ކުރި 66 އަހަރުގެ ދިވެހި މީހާ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ، މައްސާގްގެ ހަސަން އިބުރާހިމެވެ.

’ކާނި‘ ނަމަކަށް ކިޔާ އެ ދޯނި ދަތުރުކުރަމުންދިޔައީ ގިނަ އަދަދަކަށް ވެލި އަރުވާފައިވާ ޖަމްބޯ ބޭގްތަކެއް ހިފައިގެންނެވެ. މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، ދޯނީގައި ބަންޑުން ޖަހާލީ ޖަމްބޯތައް އަރިއަޅާލައިގެން ކަމަށެވެ.

ތަފްސީލް އަންނަނީ–