މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ރަންދޯދި ޤުރުއާން މުބާރާތް 1447އަށް ދީލަތި އެހީތެރިކަން ނޯތު ރީފް ޕްރައިވެޑް ލިމިޓެޑުން ފޯރުކޮށްދީފިއެވެ.

ނޯތު ރީފް އިން ވަނީ ވާދޫ ސްކޫލުގެ ރަންދޯދި ޤުރުއާން މުބާރާތަށް ދީލަތި އެހީގެ ގޮތުގައި 10،000 ރުފިޔާ ހަދިޔާކޮށްފައެވެ.

އެ މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ ނޯތު ރީފް ޕލޑ އަށް ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.