2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށައެޅުމަށް ބުރާފަތި ދުވަސް، މިއަދަށް ވަނީ އެޖެންޑާކޮއްފައެވެ.
އިއްޔެގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަަމުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ، 2026 ވަނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓް ހުށައެޅުމަށް ހާއްސަކޮށް މިއަދު ޖަލްސާއެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ވެބްސައިޓުގައި މާދަން ހެނދުނު 9 ޖަހާއިރަށް އެޖެންޑާ ކޮއްފައިވާ ޖަލްސާގެ އެޖެންޑާގައި އޮތީ 2026 ވަނަ އަހަރުގެ އަންދާޒީ ބަޖެޓު ހުށައެޅުން އެކަންޏެވެ.
ބަޖެޓާއި ގުޅޭ އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީއިން ހިއްސާ ނުކޮށް، ބަޖެޓް ހުށައެޅުމަށް ނިންމާ، މިއަދު އެކަމަށް ޖަލްސާ ބާއްވަން ވަނީ ނިންމާފައެވެ. އަދި މި ބަޖެޓުގައި ހުށައާނެ އަދަދެއްހާ ހިސާބު ވެސް ފިނޭންސް މިނިސްޓްރީއިން ހާމަކޮއްފައެއް ނުވެއެވެ.
ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށައަޅަމުން ބުނީ މިއަހަރުގެ ބަޖެޓް ހާއްސަ ކުރެވިފައި ވަނީ ބޯހިޔާވަހި ކަމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް އަމާޒުކޮށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތާރީހުގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ރިޕޯޓު ދައްކާގޮތުން މިއަހަރުގެ ބަޖެޓު ގޮތުގައި ކަނޑައެޅި 1.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ 91 އިންސައްތަ އޮތީ އަތް ވެސް ނުލައެވެ. ބޭނުންކޮއްފައި ވަނީ އެންމެ 9 އިންސައްތައެވެ. ސުވާލަކީ ބަޖެޓުގައި ބަކީ ހުރި ފައިސާ ގައުމު ދަރަނި ވެގެން ދިޔައިރު ވަނީ ކޮންތާކަށް ހެއްޔެ ؟