ރ. ދުވާފަރުގައި އޭޒޯން ލައިސެންސް ޓްރެކްއެއް ހެދުމުގެ މަސައްކަތް ބަޔަކަށް އެވޯޑްކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން މިމަސައްކަތް ހަވާލުކޮށްފައި ވަނީ، އޭ އެންޑް ޓީ ބިލްޑަރސް ކިޔާ ބަޔަކާއެވެ. މިމަސައްކަތް ހަވާލުކޮށްފައި ވަނީ ތިން މަސްދުވަސް (90 ދުވަސް) ތެރޭ ނިންމާ ގޮތަށެވެ.
މަސައްކަތް އެވޯޑްކުރީ 793،260 (ހަތްލައްކަ ނުވަދިހަތިންހާސް ދުއިސައްތަފަސްދޮޅަސް) ރުފިޔާ އަށެވެ.
ދުވާފަރުގައި އޭޒޯން ލައިންސަންސްގެ ޚިދުމަތް ފެށުމަކީ އެ ރަށާއި ރަށާ ކައިރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ޚިދުމަތެކެވެ.

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
އިން އާންމުކުރި އެވޯޑް ޝީޓް
އިން އާންމުކުރި އެވޯޑް ޝީޓް
