އަރުތަ ފުޓްސަލް މުބާރާތް 2025ގައި ރ. ވާދޫ އެފްސީ ކުޅޭ ފުރަތަމަ މެޗަށް އެ ޓީމު ރ. ރަސްމާދޫއަށް ހިނގައްޖެއެވެ.
އަރުތަ ފުޓްސަލް މުބާރާތް 2026ގައި ރ. ވާދޫ އެފްސީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ރ. އިނގުރައިދޫ ދެކޮަށެވެ. މިމުބާރާތުގައި ކާމިޔާބު އަދި އަތޮޅުގެ ގަދަ ބާރެއް ކަމަށްވާ އިނގުރައިދޫއާއި ދެ އަހަރު ފަހުން މުބާރާތަށް އެނބުރި އައި ރ. ވާދޫ އެފްސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:40ގައެވެ.
ވާދޫ އެފްސީން ވަނީ މިމުބާރާތުގައި 2022 ވަނަ އަހަރުވެސް ވާދަކޮށްފައެވެ. ދެ އަހަރަށް ފަހު މުބާރާތަށް އެނބުރި އައި ޓީމުގައި ވާދޫއަށް ނިސްބަތްވާ ހުނަރުވެރި ޒުވާން ކުޅުންތެރިން ފެނިގެންދާނެއެވެ.
ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.
މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވާނެ ފަހަރުކަމުގައި ގަބޫލްކުރެވެއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
