ގިނިސް ވޯލްޑް ރިކޯޑްސް އިން ބ. އަތޮޅު ކައުންސިލް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލުން މިދިޔަ އޮކްޓޫބަރު 18 ގައި އެންމެ ގިނަ މީހުން އެއްފަހަރާ ފީނުމުގެ ދުނިޔޭގެ ރެކޯޑު ހެދުމަށް ކުރި މަސައްކަތުގައި، ގިނީސް ވޯލްޑް ރެކޯޑުގެ އުސޫލުތަކާ ޚިލާފުވުމުން އެ ކައުންސިލްވަނީ 5000 ޕައުންޑާއި 10,000 ޕައުންޑާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިފައެވެ.

ބ. އަތޮޅު ކައުންސިލް ޖޫރިމަނާ ކުރެވުނީ، ގިނީސްގެ ހުއްދަ ނެތި އެ ނަން ޖަހާފައިވާ މެޑަލްތަކެއް ތައްޔާރުކޮށް، އިވެންޓެއްގައި ބައިވެރިވި ފަރާތްތަކަށް ދިނުމާއި ގުޅިގެންކަމަށް މަޢުލޫމާތުލިބެއެވެ.

ބ. އަތޮޅު ކައުންސިލުން ވަނީ މި އިވެންޓުގައި ބައިވެރިވި ފަރާތްތަކަށް ”ގިނީސް ވޯލްޑް ރިކޯޑްސް“ ގެ ނަން ބޭނުންކޮށްފައެވެ.

ބ. އަތޮޅު ކައުންސިލުން ”ބާނި“ އިވެންޓުގެ ޖޫރިމަނާ ނުދައްކައިފިނަމަ، ގިނީސް ވޯލްޑް ރެކޯޑްސް އިން އެ ރިކޯޑު ބަލައިނުގަންނާނެއެވެ. މިއީ އެފަދަ އިވެންޓުތަކަށް ގިނީސް އިން ޢަމަލުކުރާ އުސޫލެކެވެ. ރިކޯޑު ރަސްމީކޮށް ބަލައިނުގަތުމަކީ، މި އިވެންޓަށް ޚަރަދުކުރި 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭކާރުވެގެން ދިއުމެވެ.