ތަރައްޤީ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Tue, 21 May 2024 11:25:49 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ތަރައްޤީ – R. Vaadhoo Live https://vaadhoo.live 32 32 ޖަމްއިއްޔާތަކަށް މާލީ އެހީ ދޭން ސަރުކާރުން ނިންމައިފި https://vaadhoo.live/6990 https://vaadhoo.live/6990#respond Tue, 21 May 2024 11:25:49 +0000 https://vaadhoo.live/?p=6990

މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމްއިއްޔާތަކަށް އެކަންޏެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 4 ޖުލައި 2024 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް  ހިންގުމަށެވެ.

ޕްރޮޕޯސްލް ހުށަހަޅަންޖެހޭނީ  csogrant@youth.gov.mv އީ-މެއިލް މެދުވެރިކޮށެވެ.

ޕްރޮޕޯސަލް އާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ޖަމްއިއްޔާގެ ރަޖިސްޓަރީގެ ކޮޕީ، މަޝްރޫއު ނުވަތަ ހަރަކާތުގެ އެކިއެކި ކަންތައްތަކާ ހަވާލުވާ ފަރާތްތައް ކަމުގައި ޕްރޮޕޯސަލްގައި ހިމަނާފައިވާ ފަރާތްތަކުގެ އައި.ޑީ.ކާޑު ކޮޕީގެ އިތުރުން ރަށުތަރައްގީ ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓެއްނަމަ، ކައުންސިލް އިދާރާއިން ދޫކޮށްފައިވާ ލިޔުން އަދި މަޝްރޫއު ނުވަތަ ހަރަކާތާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހިމެނެއެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

އިތުރު މައުލޫމާތު: https://youth.gov.mv/media-center/announcement/18

]]>
https://vaadhoo.live/6990/feed 0
އަލިފުށީގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ފެން ޕްލާންޓެއް ގާއިމުކޮށްފި https://vaadhoo.live/6293 https://vaadhoo.live/6293#respond Wed, 31 Jan 2024 07:05:48 +0000 https://vaadhoo.live/?p=6293


ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ދަށުން ރ.އަލިފުށި ހިމެނޭގޮތުން ފަސް ރަށެއްގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފައްދާ ޕްލާންޓު ގާއިމުކޮށްފިއެވެ.


ފަސް ރަށުގައި ގާއިމުކުރި ފެން ޕްލާންޓުތަކުގެ މަސައްކަތް ނިންމުމަށްފަހު، އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ ޕްލާންޓުތައް ދިވެހި ސަރުކާރާ ހަވާލުކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ފެން ޕްލާންޓުތަކާ ހަވާލުވެވަޑައިގަތީ އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދު ﷲ މުއްޠަލިބެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި ފެން ޕްލާންޓުތައް ގާއިމުކޮށްފައިވަނީ ރ. އަލިފުއްޓާއި، ޅ. އޮޅުވެލިފުއްޓާއި، ހއ. ކެލަޔާއި، ގއ. ދާންދޫގެ އިތުރުން ކ. ކާށިދޫގައެވެ.

ކާށިދޫ ފިޔަވައި ބާކީހުރި ރަށްތަކުގައި ގާއިމުކުރި ޕްލާންޓުތަކުން ދުވާލެއްގެ މައްޗަށް 200 ޓަނުގެ ފެން އުފެއްދޭނެއެވެ. އަދި އެ ޕްލާންޓުތަކުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކަކީ 200 ކިލޯވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރި ސޯލާޕެނަލެވެ.

ކާށިދޫގައި ގާއިމުކުރި ޕްލާންޓުން ދުވާލަކު 200 ޓަނުގެ ފެން އުފެއްދޭއިރު އެ ޕްލާންޓަށް ބޭނުންވާ ހަކަތައިގެ ތެރެއިން 100 ކިލޯވޮޓުގެ ކަރަންޓު އުފައްދަނީ ވިންޑް ޓާބައިންއިންނެވެ. ބާކީ 100 ކިލޯވޮޓު އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްފައިވެއެވެ.

]]>
https://vaadhoo.live/6293/feed 0
އުނގޫފާރު ބިންހިއްކަން މަހާޖައްރާފު ބަނދަރުކޮށްފި https://vaadhoo.live/6070 https://vaadhoo.live/6070#respond Wed, 17 Jan 2024 12:19:49 +0000 https://vaadhoo.live/?p=6070

ރ. އުނގޫފާރަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހިންގާ ބިން ހިއްކުމުގެ މަޝްރޫއަށް، ރޭ ފަތިހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ – އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު އެ ރަށަށް ބަނދަރު ކޮއްފިއެވެ.

މިއީ މަރާމާތަށް މަހާޖައްރާފު ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް އޮތުމަށްފަހު ކުރާ ފުރަތަމަ މަސައްކަތެވެ.

ރަސްމީކޮށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެމްޓީސީސީއާއި އެ ރަށު ކައުންސިލުން ދަނީ ތައްޔާރީތައް ވަމުންނެވެ. 

ރ. އުނގޫފާރު ފަޅުތެރޭގައި އުޅަނދުތަކެއް
ރ. އުނގޫފާރު ފަޅުތެރޭގައި އުޅަނދުތަކެއް
އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް އިބްރާހިމް މުޚައްމަދު ޞާލިޙްގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.
 
2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މޫދަށް ބާލާފައިވާ މަހާޖައްރާފުގެ ދިގުމިނުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުރެއެވެ. އަދި 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާއިރު އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ. މި އުޅަނދު ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަ ކުރިއެވެ. މި އުޅަނދު ބަނުމުގެ މަސައްކަތް ކުރީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ.
]]>
https://vaadhoo.live/6070/feed 0
ޑޮމެސްޓިކް ސަބްމެރިން ކޭބަލް ދުވާފަރު ހިމެނޭހެން އަށް ރަށެއް ގުޅުވާލާނެ https://vaadhoo.live/5959 https://vaadhoo.live/5959#respond Tue, 09 Jan 2024 16:49:30 +0000 https://vaadhoo.live/?p=5959

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސް ގުޅިގެން އިންވެސްޓުކޮށްފައިވާ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އޮފް މޯލްޑިވްސް (ޑީއެސްސީއޯއެމް) ހުރިހާ ލޭންޑިންގ ޕޮއިންޓްތަކަށް ފޯރައިފިއެވެ.

ފަސް ސެގްމެންޓެއް ހިމެނޭ މި ކޭބަލް ނިޒާމުން ހުޅުމާލެ، މާފުށި، ކުޑަހުވަދޫ، މާމިގިލި، ދަނގެތި، އޭދަފުށި، އަދި ވެލިދޫގެ އިތުރުން ދުވާފަރު ގުޅުވައިލާނެއެވެ.

އެ މަސައްކަތް ކުރާ އެޗްއެމްއެން ޓެކްއިން ބުނި ގޮތުގައި، އެ ކޭބަލް އެޅުމުން ހައި ސްޕީޑް ނެޓްވޯކް ކަވަރޭޖް ރަނގަޅުވެ، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއަރާނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި މުރަކަ ފަރުތައް އުފެދިފައިވާ ގޮތުން ކޭބަލް އެޅުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. 

ނަމަވެސް އެ ކުންފުނިން ކޭބަލް އަޅަނީ އެކަމަށް ވިސްނައި، ކޭބަލްގެ އެތެރެއާއި ބޭރު ވެސް، ދިމާވެދާނެ ނުރައްކަލުން ރައްކާތެރިކުރެވޭ ގޮތަށެވެ.

]]>
https://vaadhoo.live/5959/feed 0
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިހާރު އާސައިންދައި ގެ ދަށުން ހެލްތް ޗެކަޕް ހެދޭނެ https://vaadhoo.live/5874 https://vaadhoo.live/5874#respond Sat, 06 Jan 2024 10:45:23 +0000 https://vaadhoo.live/?p=5874

މިސަރުކާރުގެ ވައުދާ އެއްގޮތަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންވެސް އާސަންދަ މެދުވެރިކޮށް ހެލްތް ޗެކަޕް ހެދޭނެގޮތް ހަމަޖައްސައިފިއެވެ.

ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށް އަހަރަކު އެއްފަހަރު ހިލޭ އާސަންދައިގެ ދަށުން ހެލްތް ޗެކަޕް ހެދޭނެގޮތް ހަމަޖެއްސުމަށް ނިންމާފައެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުންވަނީ މަރުހަލާތަކަކަށް ބަހާލައިގެން އެކަންކަން ފުރިހަމަ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެގޮތުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ، އުމުރުން 50 އަހަރުން މަތީގެ ފަރާތްތަކަށް އާސަންދައިން ހެލްތް ޗެކަޕް ހެދުމުގެ ހިދުމަތް އެ ހޮސްޕިޓަލުން މިހާރު ލިބޭނެކަމަށެވެ.

މި ހިދުމަތް ކޮންމެ ހޮނިހިރު ދުވަހެއް ފިޔަވާ އެނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 21:00 އަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

]]>
https://vaadhoo.live/5874/feed 0
މަޑުއްވަރީ ބަނދަރުގައި ޑިންގީއާއި ލޯންޗު އަޅާ މީހުންނަށް ކައުންސިލްގެ އިލްތިމާސެއް https://vaadhoo.live/5535 https://vaadhoo.live/5535#respond Sat, 09 Dec 2023 03:47:32 +0000 https://vaadhoo.live/?p=5535

 

ރ. މަޑުއްވަރީ ބަނދަރުގައި އަޅާފައިވާ ޑިންގީތަކާއި ލާންޗުތަކުގެ ވެރިންނަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން އިލްތިމާސެއްކޮށްފިއެވެ.

އެކައުންސިލުން ކުރި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ބުނީ، މަޑުއްވަރީގެ ދެކުނު ބަނދަރުގެ ދިގު ޖެޓީގައި އަޅާފައިވާ ފެރީ ދަތުރުކުރާ ލާންޗްފަހަރު ފިޔަވައި، އެންމެހާ ޑިންގީތަކާއި ލާންޗްތައް، ޑިންގީ ޖެޓީގައި އެޅުމަށް އެތަކެތީގެ ވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މިކަމުގައި އޮޑިވެރިންގެ ފަރާތުން އެއްބާރުލުން ދެއްވުމަށްވެސް އެ ކައުންސިލުންވަނީ އެދިފައެވެ.

މި ޕޯސްޓާ ގުޅިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިގު ވިދާޅުވީ، އެގޮތަށް އިލްތިމާސްކުރީ ޑިންގީ ޖެޓީން ޖާގަ ގެއްލޭތީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި މަޑުއްވަރީގައ ވަނީި އައު ބަނދަރެއް ހަދައި ހުޅުވާފައެވެ.

މަޑުއްވަރީ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް، މަޑުއްވަރީގައި އާ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2019ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެމަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

މަޑުއްވަރިއަކީ އިންޑަސްޓްރިއަލް ފެންވަރުގައި ފައިބަރު މަސައްކަތްވެސް ކުރާ ރަށެކެވެ. މިއާއެކު ރަށުގައި ބޭނުންކުރާ އުޅަނދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މަޑުއްވަރީގެ އާ ބަނދަރު ހެދީ ރަށުގެ ދެކުނުކޮޅުގައެވެ.

މަޑުއްވަރީގައި މިހާރު އޮތް އައު ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. މި ޕްރޮޖެކްޓުގެ ދަށުން 7280 ކިއުބިކް މީޓަރ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 80400 ކިއުބިކް މީޓަރ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 65520 ކިއުބިކް މީޓަރ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްކޮށްފައި ވެއެވެ.

މީގެއިތުރުން ޕްރޮޖެކްޓްގައި 411 މީޓަރު ބޭރުތޮށިލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2840 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓް ހެދުން ވެސް ހިމަނައި މަސައްކަތްވަނީ ނިންމާފައެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރި މި ބަނދަރުގައި ކޮޅުވެއްޓިއާއި ބާޖު ފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕަކާއި 2825 އަކަމީޓަރުގެ ޕޭމަންޓް، އަދި ބަނދަރު ބައްތި ހިމެނެއެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މަޑުއްވަރީގައި ކުރިއަށްގެންދިޔަ ބަނދަރު ޕްރޮޖެކްޓަކީ ސަރުކާރުން 72.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

]]>
https://vaadhoo.live/5535/feed 0
ރ. ވާދޫ ރައްޔިތުން އެދުން ތިން މަޝްރޫއެއް މުޅިން އަލަށް ބަޖެޓްގައި ހިމަނާފައިވާނެ: މެމްބަރު މުޙައްމަދު ރަޝީދު https://vaadhoo.live/5505 https://vaadhoo.live/5505#respond Fri, 08 Dec 2023 08:51:17 +0000 https://vaadhoo.live/?p=5505

ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި، ބަޖެޓް 24 ގައި ރ. ވާދޫގައި ހިންގުމަށް މުޅިން އައު ތިން މަޝްރޫއެއް ހިމަނާފައިވާނެ ކަމަށް، ސަރުކާރާ އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ރ. އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރ. އަލިފުށި، ރ. ވާދޫ، ރ. ރަސްގެތީމު އަދި ރ. އަނގޮޅިތީމު ތަމްސީލްކުރައްވާ މެމްބަރު މުޙައްމަދު ރަޝީދު “ރ. ވާދޫ ލައިވް“ އަށް ވިދާޅުވީ، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި، ބަޖެޓް 24 ގައި ރ. ވާދޫގައި ހިންގުމަށް މުޅިން އައު ތިން މަޝްރޫއެއް ހިމަނާފައިވާނެ ކަމަށާއި މިމަޝްރޫއުތައް 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަން ނިންމީ މިކަންކަމަކީ އެމަނިކުފާނު ދާއިރާގެ ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކުގެ ތެރެއިން ވާދޫއަށް ޒިޔާރަތްކުރެއްވި ފަހަރުތަކުގައި، ވާދޫގެ ރަށްޔިތުންގެ ފަރާތުން އެކި ފަހަރުގެ މަތިން އެދިފައިވާ ކަންކަމަށްތީ ކަމަށެވެ.

ވާދޫގައި ހިންގުމަށް އަލަށް ބަޖެޓްކުރި މަޝްރޫއުތައް:

  1.  ބިންހިއްކުން (ޕިކްނިކް އައިލެންޑެއް ހިމެނޭ ގޮތަށް).
  2.  މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން.
  3.  ވާދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އިމާރާތްކުރުން.

މިމަޝްރޫއުތަކަކީ ފޯނުން ގުޅައިގެންވެސް ބަޖެޓްގައި ހިމަނައިދެއްވުމަށް މެމްބަރު މުޙައްމަދު ރަޝީދުގެ އަރިހުން ވާދޫގެ ގިނަ ރައްޔިތުން އެދިފައިވާ މަޝްރޫއުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިމަޝްރޫއުތަކަކީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ރައްޔިތުންގެ އެދުމުގެ މަތީން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ކޮށްދެއްވުމަށް ވައުދުވެވަޑައިގެން ކަންތައްތަކެއްކަން ފާހަގަކޮށްލަމެވެ.

ނިމިދިޔަ ސަރުކާރުންވަނީ، މިހާތަނަށް ސަރުކާރަކުން ވާދޫގައި ހިންގި އެންމެ ގިނަ މަޝްރޫއުތައް ހިންގުމުގެ ރެކޯޑް ގާއިމުކޮށްފައެވެ.

]]>
https://vaadhoo.live/5505/feed 0
ވާދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނައި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި https://vaadhoo.live/5458 https://vaadhoo.live/5458#respond Tue, 05 Dec 2023 02:46:29 +0000 https://vaadhoo.live/?p=5458

ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އަލުން އިއުލާންކޮށްފިއެވެ.

ވާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މިރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 24 އޮކްޓޯބަރ 2023 ވަނަ ދުވަހު ކުރި އިއުލާނާއެކު އާންމުކުރި މައުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ، އެއިއުލާން ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ރ. ވާދޫ ފުޓޯބޯޅަ ދަނޑުގެ މަސައްކަތުގެ ތެރެއިން — ވާދޫ ލައިވް ފައިލް

އެހެންކަމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 4 ޑިސެމްބަރ 2023 ވަނަ ދުވަހުން ފެށިގެން 13 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް) ނަންނޯޓު ކުރުމަށް އެ ކައުންސިލްގެ އިއުލާނުގައިވަނީ އެދިފައެވެ.

ނަންނޯޓު ކުރެވޭނީ، ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކޮށް، ވިޔަފާރި/ކުންފުނީގެ ރަޖިސްޓްރީއާއެކު ހުށަހެޅުމުން ކަމަށާއި ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށްވެސް ވާދޫ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

”މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 ޑިސެމްބަރ 13 ވާ ބުދަ ދުވަހުގެ މެންދުރު 01:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2024 ޖެނުއަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައި 2024 ޖެނުއަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.“

ރ. ވާދޫ ކައުންސިލް

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ އިއުލާނުގައިވާ ގޮތުން ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓުނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކޮށްފައިވާ ފޯމުގައި ކަމަށާއި މި ފޯމު އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައި ކަމަށް އިއުލާނުގައި ވެއެވެ.

މިއިއުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ނަމަ، އެއިދާރާއަށް ގޮސްގެން ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ Info@vaadhoo.gov.mv އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

]]>
https://vaadhoo.live/5458/feed 0
ރ. ވާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި https://vaadhoo.live/5240 https://vaadhoo.live/5240#respond Thu, 30 Nov 2023 01:26:35 +0000 https://vaadhoo.live/?p=5240

ރ. ވާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން 2024 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ހިމަނައިފިއެވެ.

ވާދޫގެ މައިމަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެެެކެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތް ތައްޔާރުކޮށް، މަޖިލީހަށް ބަޖެޓް ހުށަހެޅީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތް ރައީސް ޞާލިޙް ވައުދުވެވަޑައިގަތީ ވެރިކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ ވާދޫގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ.

އޭގެފަހުން، ކެންޕެއިން ދަތުރުފުޅެއްގައި ރައީސް ޑރ، މުއިއްޒުވެސް ވާދޫއަށް ވަޑައިގެން ވަނީ އެކަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެކަމަކު ރައީސް ޞާލިޙްއާ ޚިލާފަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ހަމައެކަނި ރަަށުގެ މައިމަގުތައް ތަރައްޤީކޮށްދިނުމަށެވެ.

ވާދޫގެ މައިމަގުތައް ތަރައްޤީކުރުމަށް 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 1،195,219 (އެއްމިލިއަން އެއްލައްކަ ނުވަދިހަފަސްހާސް ދުއިސައްތަނަވާރަ) ރުފިޔާއެވެ.

މަގުތައް ހެދުން ހިމެނޭ ގޮތުން، ޖުމުލަ ފަސް މަޝްރޫއެއް ހިންގުމަށް ވަނީ ބަޖެޓްގައި ހިމަނާފައެވެ. އެއީ ވާދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ވާދޫ ބަނދަރު އަޕްގްރޭޑްކުރުމާއި އައުޓްޑޯރޖިމް ޤާއިމްކުރުމުގެ މަސައްކަތުގެ ނުނިމިހުރި ބައިގެ މަސައްކަތުގެ އިތުރުން ވާދޫ ފެނާއިނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ބާކީ ބައި ނިންމަށެވެ.

]]>
https://vaadhoo.live/5240/feed 0
ވާދޫ ޓޫރިސްޓް ހޮޓެލް ޕްރޮޖެކްޓް: ނިންމަން އެއްބަސްވި ތާރީޚު ފަހަނައެޅިއިރުވެސް އަމަލީ މަސައްކަތް ނުފެށުނު! https://vaadhoo.live/5229 https://vaadhoo.live/5229#respond Wed, 29 Nov 2023 23:17:52 +0000 https://vaadhoo.live/?p=5229

ރ. ވާދޫގައި ޓޫރިސްޓް ހޮޓެލް ޕްރޮޖެކްޓެއް ނިންމަން އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑުން، ރ. ވާދޫ ކައުންސިލާއެކު އެއްބަސްވި ތާރީޚު ފަހަނައެޅިއިރުވެސް އަމަލީ މަސައްކަތް ނުފެށުނެވެ.

ވާދޫގެ ފަތުރުވެރިކަމުގެ މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.

އެކުންފުންޏަށް އެކަން ނުވުމުން، އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

މިމަޝްރޫއު ހިންގުމަށް ވާދޫ ކައުންސިލާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ރ. ވާދޫ ލައިވްއަށްވަނީ ލިބިފައެވެ.

އެ އެއްބަސްވުމުގައި ބުނާގޮތުން، އެންމެ ލަސްވެގެންވެސް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހަށް ޓޫރިސްޓު ހޮޓެލްގެ އަމަލީ މަސައްކަތް ނިންމަން ޖެހެއެވެ. ޑިވެލޮޕްމަންޓް ކޮންސެޕްޓާ އެއްގޮތަށް ސިޓީ ހޮޓެލްގެ މަސައްކަތް ނިންމަން، އެ ތާރީޚަށްވުރެ (2 ސެޕްޓެމްބަރު 2023 އަށްވުރެ)، ލަސްވެގެން ނުވާނެ ކަމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާ (ކޮންސްޓްރަކްޝަން ޕީރިއެޑް)ގައި ވަރަށް ސާފުކޮށް ބުނެފައިވެއެވެ.

ވާދޫ ކައުންސިލާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ii)ގައި ވަނީ، 2 ސެޕްޓެމްބަރު 2023)ގެ ކުރިން މަސައްކަތް ނުނިންމިއްޖެ ނަމަ (ii)ގެ (a)ގައިވާ ”ގެއްލުމުގެ ބަދަލުހޯދުން“ ނުވަތަ (b)ގައިވާ ”އެއްބަސްވުން އުވާލުން“، މިތަނުން ފިޔަވަޅެއް އެޅުން، ނުވަތަ ދެ ފިޔަވަޅު އެއް ފަހަރާ އެޅުމުގެ އިހުތިޔާރު ވާދޫ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (iii) ގައިވަނީ އެ ފިޔަވަޅުތައް އެޅުމަށް އިސްތިސްނާ ހާލަތްތަކެއް ބަޔާންކޮށްފައެވެ.

އެގޮތުން، ހަނގުރާމަ، ދާޚިލީ ހަނގުރާމަ، ދާޚިލީ ހަމަނުޖެހުން، ތޫފާން، ފެންބޮޑުވުން، ޢާލަމީވަބާ/ ބަލިމަޑުކަން، ނުރައްކާތެރި އެކްސިޑެންޓް ނުވަތަ މިނޫންވެސް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ބާރު ނުފޯރުވޭ ފަދަ ހާދިސާއެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ހާލަތު މެދުވެރިވެގެން މަސައްކަތް ތާރީޚަށް ނުނިންމިއްޖެ ނަމަ ފިޔަވަޅު އެޅުމުން އިސްތިސްނާވާނެ ކަމަށްވަނީ ބުނެފައެވެ.

7 ވަނަ މާއްދާގެ (iv)ގައި ބުނެފައިވަނީ, 7 ވަނަ މާއްދާގެ (iii)ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ”ކޮންސްޓްރަކްޝަން ޕީރިއަޑް“ގައި މަސައްކަތް ނުނިންމޭ ކަމަށްވާ ނަމަ، ސަބަބާއެކު އެކަން ވާދޫ ކައުންސިލަށް އަންގަންޖެހޭނެ ކަމަށެވެ. އަދި 2 ސެޕްޓެމްބަރު 2023ގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ލިޔުމުން ވާދޫ ކައުންސިލްގައި އެދެންވާނެ ކަމަށެވެ.

އެންމެ ލަސްވެގެން 2 ސެޕްޓެމްބަރު 2023ގެ ނިޔަލަށް ނިންމަންޖެހޭ ގޮތަށް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް މިހާތަނަށް އައިއިރު ފަށާފައިނުވެއެވެ.

ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ވާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަޙުމަދު ޒިޔާައު ވިދާޅުވީ، މަސައްކަތް ނިންމަންޖެހޭ ތާރީޚަށް މަސައްކަތް ނިންމިފައި ނުވާ ސަބަބާއެކު، އެކުންފުނިން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ޒިޔާއު ވިދާޅުވީ، އެހެންވެ, މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ލަފައަކަށްވެސް އެދިފައިވާ ކަަމަށާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާއެކު މިފަހުން ވާދޫ ކައުންސިލުން ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ.

ވާދޫ ކައުންސިލްގެ ވިސްނުން ހުރީ އިތުރު މުހުލަތެއްދޭންށެވެ. ނަމަވެސް، އެ ކުންފުންޏަށް އިތުރަށް ދޭނީ ކިތައް ދުވަހުގެ މުައްދަތެއް ކަމެއް ވާދޫ ކައުންސިލުން އަދި ހާމަނުކުރެއެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި، އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފެށޭވަރުވާނެއެވެ.

ވާދޫގެ އުތުރު ފަރާތުން ދޫކޮށްފައިވާ ބިން ތަރައްގީކުރަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެތަނުގައި 25 ބީޗު ވިލާ އާއި 25 ގާޑަން ވިލާ ހެދުމަށް ވަނީ ނިންމައިފައެވެ.

ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަގުބަލު އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލްއަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.

]]>
https://vaadhoo.live/5229/feed 0