ރައީސް ޑރ. މުޙައްމަދު މުއިއްޒު – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Tue, 21 Jan 2025 17:54:39 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ރައީސް ޑރ. މުޙައްމަދު މުއިއްޒު – R. Vaadhoo Live https://vaadhoo.live 32 32 ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި https://vaadhoo.live/7564 https://vaadhoo.live/7564#respond Tue, 21 Jan 2025 17:54:39 +0000 https://vaadhoo.live/?p=7564

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކައުންސިލުން ވަނީ ރ އަތޮޅުގެ ރައްޔިތުން އެންމެ އެދޭ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލުން ވިދާޅުވި ކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ގެނެސްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

]]>
https://vaadhoo.live/7564/feed 0
ރައީސް އަނގޮޅިތީމު ކައުންސިލާ ބައްދަލުކުރައްވައިފި https://vaadhoo.live/7554 https://vaadhoo.live/7554#respond Tue, 21 Jan 2025 15:44:26 +0000 https://vaadhoo.live/?p=7554

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އަނގޮޅިތީމުގެ ކައުންސިލް އިދާރާގައެވެ.

މި މިބައްދަލުކުރެއްވުމުގައި އަނގޮޅިތީމު ކައުންސިލުން ވަނީ، ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަަތާއި، ފިޓުނަސް އެންޑް ރިކުރިއޭޝަން ސެންޓަރުގެ މަސައްކަަތް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޓީ-ޖެޓީގެ މަސައްކަތް ފައްޓަވައިދެއްވައި، ވިސިޓާސް ސެންޓަރގެ ނުނިމިހުރި ކަންކަން ނިންމަވައި ދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެއިތުރުންވެސް، ރަށު ސުކޫލުގެ ޖާގައިގެ ދަތިކަމާއި، މަލްޓި ޕާރޕަސް ހޯލެއް ބޭނުންވާކަންވެސް ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އަނގޮޅިތީމުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

]]>
https://vaadhoo.live/7554/feed 0
ރައީސް ޑރ. މުޢިއްޒު ރ. އަތޮޅުގެ ވެރިކަންކުރާ އުނގޫފާރަށް ވަޑައިގެންފި https://vaadhoo.live/7550 https://vaadhoo.live/7550#respond Tue, 21 Jan 2025 14:41:36 +0000 https://vaadhoo.live/?p=7550

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ވެރިކަންކުރާ ރަށް ރ. އުނގޫފާރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުނގޫފާރަށް މިއަދު ހަވީރު ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސާ ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

އުނގޫފާރާކީ ރ. އަތޮޅުން އެމަނިކުފާނު މިއަދު ވަޑައިގެންނެވި 4 ވަނަ ރަށެވެ. އުނގޫފާރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރ .އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ ޖުމްލަ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެންބަރުންގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

]]>
https://vaadhoo.live/7550/feed 0
އަނގޮޅިތީމުގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފި https://vaadhoo.live/7546 https://vaadhoo.live/7546#respond Tue, 21 Jan 2025 12:24:59 +0000 https://vaadhoo.live/?p=7546

ރ. އަނގޮޅިތީމުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ޙަސަނެވެ. އަދި އަނގޮޅިތީމުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޞަލް ނަސީމެވެ.

މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

އަނގޮޅިތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

]]>
https://vaadhoo.live/7546/feed 0
ރައީސުލްޖުމްހޫރިއްޔާ ރ. އަނގޮޅިތީމަށް ވަޑައިގެންފި https://vaadhoo.live/7540 https://vaadhoo.live/7540#respond Tue, 21 Jan 2025 11:59:45 +0000 https://vaadhoo.live/?p=7540

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަނގޮޅިތީމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް އަނގޮޅިތީމުގެ ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ނިކުމެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގެ ތެރޭން، ބީއެމްއެލްގެ އޭޓީއެމް އަނގޮޅިތީމުގައި ބެހެއްޓުމުގެ މަސައްކަތް އެރަށުގެ ކައުންސިލާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަނގޮޅިތީމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިއަދު ދެން ވަޑައިގަންނަވާނީ އުނގޫފާރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

]]>
https://vaadhoo.live/7540/feed 0
ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި https://vaadhoo.live/7537 https://vaadhoo.live/7537#respond Tue, 21 Jan 2025 10:39:08 +0000 https://vaadhoo.live/?p=7537

ރ. ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރ. ރަސްގެތީމުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންއެވެ.

މި އެއްބަސްވުމުގައި ބެންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކީން ބަދުރުއްދީން ހަސަންއެވެ. އަދި ރ. ރަސްގެތީމުގެ ފަރާތުން ސޮއިކުރެއްވީ އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ފަޒީނެވެ.

ރ. ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި/

ރަސްގެތީމުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާ ހަވާލުކޮށްފައިވާއިރު ހަމަ އެ އަތޮޅުގެ ވާދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެރަށު ކައުންސިލާވެސް މިއަދުވަނީ ހަވާލުކޮށްފައެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށާއި، މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރުވެސް ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

]]>
https://vaadhoo.live/7537/feed 0
ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި https://vaadhoo.live/7530 https://vaadhoo.live/7530#respond Tue, 21 Jan 2025 09:33:01 +0000 https://vaadhoo.live/?p=7530

ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މު ޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.

ރަސްގެތީމު އައު ކައުންސިލް އިމާރާތް ކުރަން ފެށީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން 2023ވަނަ އަހަރުއެވެ.

ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ އައު އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް، ބާވެ ހަލާކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުންކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންކަމަށް ފަޠީން ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިކަމަށް ޙައްލު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އިސްކަމެއް ދެއްވައިގެން މިސަރުކާރުންވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައެވެ.

އަދި 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކުރައްވާފައެވެ. ސަރުކާރުގެ ޢަމާޒަކީ މިދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމެވެ.

]]>
https://vaadhoo.live/7530/feed 0
ރައީސުލްޖުމްހޫރިއްޔާ ރ. ރަސްގެތީމަށް ވަޑައިގެންފި https://vaadhoo.live/7527 https://vaadhoo.live/7527#respond Tue, 21 Jan 2025 09:29:24 +0000 https://vaadhoo.live/?p=7527

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރަސްގެތީމަށް ވަޑައިގެންފިއެވެ.

ރަސްގެތީމުން ރައީސުލްޖުމްހޫރިއްޔާއަށްވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްގެތީމަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތްކުރެވުނު ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. އަދި ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. އަދި ރަސްގެތީމު ރައްޔިތުންނާވެސް ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރެއްވުމުގެ ތެރޭން ރަސްގަތީމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެއްވުންވެސް އޮންނާނެއެވެ.

ރ.އަތޮޅަށް ރައީސްކުރަވަމުން ގެންދަވާ ދަތުރުފުޅުގައ ދެން ވަޑައިގަންނަވާނީ ރ. އަނގޮޅިތީމަށެވެ. ރައީސްގެ 3 ދުވަހުގެ ދަތުރުފުޅުގައި ޖުމްލަ 11 ރަށަކަށް ވަޑައިގަންނަވާނެއެވެ.

]]>
https://vaadhoo.live/7527/feed 0
ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމުގައި ރައީސް ވިދާޅުވެއްޖެ https://vaadhoo.live/7524 https://vaadhoo.live/7524#respond Tue, 21 Jan 2025 09:22:09 +0000 https://vaadhoo.live/?p=7524

ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށްބޮޑަށް ބަލައިގަންނަކަމެއްކަމަށާއި، ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާދޫ ކައުންސިލްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި އެގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންނެވީ މިއަދު އެމަނިކުފާނު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރ ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ އެބޭފުޅުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ތަފްޞީލުކޮށް ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ޙިއްޞާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

]]>
https://vaadhoo.live/7524/feed 0
ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިިފި https://vaadhoo.live/7281 https://vaadhoo.live/7281#respond Tue, 13 Aug 2024 15:44:41 +0000 https://vaadhoo.live/?p=7281

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

ފައިލް

]]>
https://vaadhoo.live/7281/feed 0