ރ. އަލިފުށި ދާއިރާ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Wed, 20 Nov 2024 21:05:06 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ރ. އަލިފުށި ދާއިރާ – R. Vaadhoo Live https://vaadhoo.live 32 32 އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ އަވަސްކުރުމަށް އަލިފުށި ދާއިރާގެ މެމްބަރު ވިދާޅުވީ ނޫނެކޭ! https://vaadhoo.live/7390 https://vaadhoo.live/7390#respond Wed, 20 Nov 2024 20:58:28 +0000 https://vaadhoo.live/?p=7390

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސްކުރަން ގޮވާލައި އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރުމަށް ފަހު ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 63 މެންބަރުން ވޯޓު ދެއްވީ އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އަދި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

އެހެންވެ އެ ގަރާރު ބަލައިގަތުމަށް ފާސް ނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

މެންބަރު މުހައްމަދު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލު ހިންގަމުން އަންނަތާ އަހަރެއް ވެފައިވާއިރު ސަރުކާރުން އެކަން ކުށްވެރިކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހެއް ހުށަހަޅާފައި ވަނިކޮށް ސަރުކާރުން ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި، ޕާސްޕޯޓު މަނާކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. މެންބަރު މުހައްމަދުގެ ގަރާރުގައި ވަނީ ސަރުކާރުގެ އެ ނިންމުމުގައި އަމަލީ ސިފައެއް ޖެއްސުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ ހަތަރު މަސް ވެފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް އޮތް އިރު ބޭނުންވާ އެހެން ކަންކަން މަޖިލީހުގެ ތެރެއިން ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ވެސް ނިންމަމުންދާ ކަމަށް މެންބަރު މުހައްމަދު ވިދާޅުވިއެވެ.

މި ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވި މެމްބަރުން ތެރޭގައި ރ. ވާދޫ ތަމްސީލުކުރައްވާ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

]]>
https://vaadhoo.live/7390/feed 0
އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި! https://vaadhoo.live/6798 https://vaadhoo.live/6798#respond Wed, 17 Apr 2024 21:22:33 +0000 https://vaadhoo.live/?p=6798

ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ޒަމާނީ ފެންވަރަށް އަލިފުށީގެ މަގު ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 540 ދުވަހުން ނިންމާ ގޮތަށެވެ.
އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
މި މަސައްކަތަކީ 90 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި މައްގު ބައްތި ޖެހުން ހިމެނެއެވެ.

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ބޮޑެތި މަގުތަކާއި ޢާންމު ޚިދުމަތްތައް ދޭ އިދާރަތަށް ހުރި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަލިފުށީ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމަވާފައެވެ. އެގޮތުން ސިޓީތަކުގެ ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެހެން ރަށްތަކުގައި ޢާންމުކޮށް ބޭނުންކުރާ ބޮޑެތި ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ.

]]>
https://vaadhoo.live/6798/feed 0
މަޖިލިސް 20: އެމްޑީޕީގެ ޕްރައިމަރީގައި އަލިފުށީ ދާއިރާއަށް ބިގޭ ވާދަކުރައްވަނީ! https://vaadhoo.live/5934 https://vaadhoo.live/5934#respond Sun, 07 Jan 2024 21:01:56 +0000 https://vaadhoo.live/?p=5934

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ މަޖިލިސް ޕްރައިމަރީގައި ރ. އަލިފުށީ ދާއިރާއިން ވާދަކުރެއްވުމަށް، މިހާރުވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ނިންމަވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުންގެންދަވާ، މެމްބަރު މުޙައްމަދު ރަޝީދު ވަނީ މިކަން ރ. ވާދޫ ލައިވްއަށް ކަށަވަރުކޮށްދެއްވާފައެވެ. މެމްބަރު ވިދާޅުވި ގޮތުގައި، ޕްރައިމަރީގައި ވާދަކުރައްވަންޖެހިވަޑައިގަންނަވަނީ އެންމެ ކެންޑިޑޭޓަކާއެވެ.

އެމްޑީޕީގެ ’މަޖިލިސް 20‘ ޕްރައިމަރީގައި އަލިފުށީ ދާއިރާއިން ދެ ކެންޑިޑޭޓުން ވާދަކުރައްވާއިރު، މެމްބަރު މުޙައްމަދު ރަޝީދު ފާހަގަކޮށްލެވެނީ ދާއިރާއަށް ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މެމްބަރު މުޙައްމަދު ރަޝީދު އަލިފުށީ ދާއިރާ ތަމްސީލުކުރައްވާ ދެވަނަ ދައުރެވެ.

މުޙައްމަދު ރަޝީދު ހުސެއިން ނުވަތަ އާންމު ނަމުން ނަމަ ’ބިގޭ‘ އަކީ ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފްކުރުމުގައްޔާއި ސިޔާސީ އިސްލާޙީ މަސައްކަތުގައި އެމްޑީޕީއާއެކު ދެގޮތެއް ނުވެ ހުންނެވި ބޭފުޅެކެވެ.

މެމްބަރު މުޙައްމަދު ރަޝީދު ފާހަގުރެވެނީ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމާއި ގަދަރު އަދި އިތުބާރު ލިބިފައިވާ މެމްބަރެއްގެ ގޮތުގައެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ނުވަތަ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި ހިންގި އިސްލާޙީ މަސައްކަތުގައި ހިތްވަރާއި އަޒުމާއި ކެރުމާއެކު މެމްބަރު މުޙައްމަދު ރަޝީދު އުޅުއްވިއެވެ.

ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ފުރަތަމަވެސް ތެދުވާ އެއް ބޭފުޅަކީ އަލިފުށި ދާއިރާގެ މެންބަރެވެ.

]]>
https://vaadhoo.live/5934/feed 0
ރ. ވާދޫ ލައިވްގެ ސަބަބުން ރަށަށް މަންފާކޮށް ދިރުން ލިބޭނެ: މެމްބަރު މުހައްމަދު ރަޝީދު https://vaadhoo.live/5496 https://vaadhoo.live/5496#respond Thu, 07 Dec 2023 09:25:43 +0000 https://vaadhoo.live/?p=5496

މާޅޮސްމަޑުލު އުތުރުބުރީ ވާދޫގެ ފުރަތަމަ ނޫސް، ރ. ވާދޫ ލައިވް ރަޖިސްޓަރީކުރުމާ ގުޅިގެން، ވާދޫ ހިމެނޭ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ތަޙުނިޔާ ދަންނަވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރ. އަލިފުށި، ރ. ވާދޫ، ރ. ރަސްގެތީމު އަދި ރ. އަނގޮޅިތީމު ތަމްސީލްކުރައްވާ އިއްޒަތްތެރި މެމްބަރު މުޙައްމަދު ރަޝީދު މިފަދައިން ވިދާޅުވީ ރ. ވާދޫ ލައިވްއަށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި، ރ. ވާދޫ ލައިވް ރަޖިސްޓަރީވެފައިވާތީ ރ. ވާދޫ ލައިވްގެ މުއައްސިސުއަށާއި ޓީމަށް ތަޙުނިޔާ ދަންނަވައި އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ، ރ. ވާދޫ ލައިވްގެ ސަބަބުން ވާދޫއާއި އަލިފުށި ދާއިރާ އަދިި ރ. އަތޮޅަށް މަންފާކޮށް ދިރުން ލިބޭނެ ކަމަށެވެ.

”ނޫސްވެރިކަމުގެ ދާއިރާގައި ތިޔަ ހޯއްދެވީ ރަނގަޅު ކާމިޔާބީއެއް. ރ. ވާދޫ ލައިވް ރަޖިސްޓަރީވެގެން ދިޔުމަކީ ރަށަށް އަދި އަތޮޅަށް ދިރުން ލިބި ފައިދާ ވާނެ ކަމެއް. އަޅުގަނޑުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ.“

ދިވެހިރާއްޖޭގައި މީޑިއާގެ ވަސީލަތްތައް ރަޖިސްޓަރީކުރުން އަދި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް، އެ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ވުޒާރާ، ’މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް’އިން ރ. ވާދޫ ލައިވް ރަޖިސްޓަރީކޮށްދީފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ.

ރ. ވާދޫ ލައިވް ރަޖިސްޓަރީކޮށްދީފައިވާއިރު މިނޫހުގެ މަސްޢޫލުވެރިއަކީ ނޫސްވެރިކަމުގެ ދާއިރާގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް މިދާއިރާގައި ޚިދުމަތްކުރައްވަމުން އަންނަ ޒިދާން މުޙައްމަދުއެވެ. އަދި މިނޫސް ރަޖިސްޓަރީކޮށްފައިވަނީ މިދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކުރުމުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި 15 އަހަރު ޚިދުމަތްކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ޒަމްޢަތު އަޙްމަދު ވަހީދުގެ އެޑިޓަރުކަމުގައެވެ.

ރ. ވާދޫ ލައިވްގެ އިދާރާއެއްގެ ގޮތުގައި ހަވާސާ/ ރ. ވާދޫ ކަނޑައަޅާފައިވާއިރު، މިނޫހުގެ މަޤްޞަދަކީ ރ. ވާދޫއާއި ރ. އަތޮޅުގެ ޚަބަރުތައް ވަކި އަތަކަށް ބުރަވުމެއްނެތި، ތިލަފަތް ހަމަކޮށް، ދޮގާއި އޮޅުވާލުންތަކުން އެއްކިބާވެ، ސާފު ސީދާ ތެދު ހަގީގަތުގެ މައްޗަށް، ތާޒާކަމާއެކު ފޯރުކޮށްދިނުމެވެ.

ނޫސްވެރިކަމުގެ ދާއިރާގެ ތަމްރީންތައް ހިންގުމާއި އައު ފަރާތްތައް މިދާއިރާއަށް ނެރުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގުމަކީވެސް މިނޫހުގެ މަޤްޞަދެކެވެ.

މިނޫހުގެ އެންމެހާ އެކުވި ނިޒާމްތައް ބިނާވާނީ މާތް ވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއް ގޮތަށް އަގުކުރެވޭ ކަންތައްތަކެއް އަދި ބުއްދިއަށް ގަބޫލުކުރެވޭ ހަމަތަކެއްގެ މައްޗަށެވެ.

ރ. ވާދޫ ލައިވް ހިންގާނީ ޒާތީ އެންމެހާ ކަންކަމުން އެކަހެރިވެ ވަކި މިންގަނޑުތަކެއްގެ މަތީގައެވެ.

]]>
https://vaadhoo.live/5496/feed 0