ރ. އިންނަމާދޫ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Tue, 21 May 2024 12:01:12 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ރ. އިންނަމާދޫ – R. Vaadhoo Live https://vaadhoo.live 32 32 އިންނަމާދޫ ކައުންސިލުން ޕްރީ ސްކޫލް ޓީޗަރެއް ހޯދަނީ https://vaadhoo.live/6994 https://vaadhoo.live/6994#respond Tue, 21 May 2024 12:01:12 +0000 https://vaadhoo.live/?p=6994

ރ. އިންނަމާދޫ ޕްރީ ސްކޫލަށް ޓީޗަރަކު ހޯދަން މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.

އިންނަމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ޖީ.އެސް 3 ރޭންކުގެ ވަގުތީ ޕްރީ ސްކޫލް ޓީޗަރެއް ބޭނުންވާ ކަމަށެވެ. އެ ވަޒީފާއަށް މީހަކު ނަގާނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި ވަޒީފާދޭ ފަރާތުން ބޭނުންވެއްޖެނަމަ މުއްދަތު 2 (ދޭއް) އަހަރަށް އިތުރުކުރެވޭނެ ކަމަށެވެ.

އިންނަމާދޫ ޕްރީ ސްކޫލްގައި އަދާކުރަން ޖެހޭ މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 4,465.00 ރުފިޔާއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1,500.00 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިއުލާންގައި ބުނީ، ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ ލިބޭނެ ކަމަށާއި ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން ހަމަޖެހޭނެ ކަމަށެވެ. އަދި ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައި ދެވޭނެ ކަމަށާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސުކޫލުގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ޕްރީ ސުކޫލުގެ ބޯޑަށް ޖަވާބުދާރީވުން.
  2. ޕްރީސުކުލުގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލާއި ސުކޫލުގެ ބޯޑުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކައުންސިލުގެ ނުވަތަ ޕްރީ ސުކޫލުގެ ބޯޑުގެ އިރުޝާދުގެ މަތިން ކުރުން.
  3. ޙަވާލުކުރެވިފައިވާ ކްލާސް ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުގަންނައިދިނުމުގައި އެހީތެރިވެ، ކައުންސިލުން ނުވަތަ ސުކޫލުގެ ބޯޑުންދޭ އިރުޝާދުތަކާ އެއްގޮތަށް އެ މަސައްކަތްތައް ކުރުން.
  4. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން
  5. ދަރިވަރުންގެ މަސައްކަތްތައް ރެގިއުލަރކޮށް ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން.
  6. ކިޔަވައިދިނުމާއި ގުޅޭގޮތުން ކައުންސިލާއި ނުވަތަ ޕްރީސުކޫލުގެ ބޯޑާއި ޙަވާލުކުރަންޖެހޭ އެންމެހައިތަކެތި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޙަވާލުކުރުން.
  7. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާޢިދުތަކާއި ޕްރީސްކޫލު ކުދިންގެ ގަވާޢިދުތަކާއި ސްކޫލުގެ ގަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.
  8. ޓައިމްޓޭބަލްގައިވާ ގަޑިއަށް ހާޒިރުވެ ދަރިވަރުންނަށް ފައިދާހުރިގޮތަކަށް ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުން
  9. ޕްރީސްކޫލްގެ އެންމެހާ ކަންކަން ކައުންސިލާއި ސުކޫލުގެ ބޯޑާއި ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  10. ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކައުންސިލާއި ސުކޫލުގެ ބޯޑާށި ގުޅިގެން ކުރިއަށް ގެންދިއުން.
  11. ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ބޭނުންތަށް ދެނެގަނެ އެކުދިންނަށް އެޙިތެރިކަން ފޯރުކޮށްދިނުން
  12. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން.
  13. ފިލާވަޅުތަކާއިގުޅޭގޮތުން ކްލާސްރޫމުގައި ޑިސްޕްލޭކުރުން.
  14. ޕްރީސްކޫލާއި ގުޅިގެން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ޙާޒިރުވުން.

ކައުންސިލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ޕްރީސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

  1. ޕްރީސްކޫލުގެ އެންމެހައި ވަސީލަތްތައް ދަރިވަރުންނަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުމާއި އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން.
  2. ދަރިވަރުންގެ އިތުރު ހަރަކާތްތައް ރޭވިފައިވާގޮތަށް ކުރިއަށް ގެންދިޔުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ޕްރީސްކޫލަކީ ސާފުތާހިރު ތަނެއްގެގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުވުން.
  4. ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުންގެ އަދި ކައުންސިލްގެ ސިއްރުތައް ހިފެހެއްޓުން.
  5. ޓީޗަރުންނަށް ހިންގާ ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ‘ ގްރޭޑް ލިބިފައި ވުމާއެކެ، އޭގެ އިތުރުން ’ސެކަންޑަރީ ސްކޫލް‘ ނުވަތަ ’ހަޔަރ ސެކަންޑްރީ ސްކޫލް‘ ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި‘ މި މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބިފައިވުން. ނުވަތަ

2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، ’ސެކަންޑަރީ ސްކޫލް‘ ނުވަތަ ’ހަޔަރ ސެކަންޑްރީ ސްކޫލް‘ ސެޓްފިކެޓް އިމްތިޙާނުގައި ’ދިވެހި‘ މި މާއްދާއިން ދަށްވެގެން ’ސީ‘ ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޓީޗިންގް ސާވިސަސް
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ ”އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް“.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2 ޖޫން 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@innamaadhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު / އިމްތިޙާނާއި އޮންނާނީ 03 ޖޫން 2024 އާއި 06 ޖޫން 2024 އާއި ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.

”ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)“ އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ”ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)“ އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް / ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580052 ނަމްބަރ ފޯނަށެވެ. އީ-މެއިލް ކުރާނީ info@innamaadhoo.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް ”ރެކްރޫޓްމެންޓް އުޞޫލު“ (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

]]> https://vaadhoo.live/6994/feed 0 އިންނަމާދޫ ހިމެނޭ ގޮތުން ހަތަރު ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިތަކަށް ސަރުކާރު ކެންޑިޑޭޓުން! https://vaadhoo.live/6910 https://vaadhoo.live/6910#respond Sat, 04 May 2024 19:24:33 +0000 https://vaadhoo.live/?p=6910

ހަ ރަށެއްގެ ކައުންސިލްތަކުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކައުންސިލަރުން އައްޔަންކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި ހަތަރު ރަށެއްގެ ބައި-އިލެކްޝަން ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބައިި-އިލެކްޝަންތައް ބާއްވާފައިވަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ރ. އިންނަމާދޫ، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި މުޙައްމަދު ޢާޒިމް ޢަލީއެވެ.

މި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ވަނީ ހއ. އުތީމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އާއި ނ. ވެލިދޫ ކައުންސިލް މެންރުކަމުގެ ގޮނޑީގެ އިތުރުން ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕީއެންސީން ވާދަކޮށް ބައި-އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:

  • ހއ. އުތީމު ކައުންސިލްގެ މެންބަރުކަމަށް، އިބްރާހީމް ސުނާން
  • ނ. ވެލިދޫ ކައުންސިލްގެ މެންބަރުކަމަށް، ޢަބްދުﷲ އަބްދުއްރައްޒާޤު
  • ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެބަރުކަމަށް، ސަމީނާ މުޙައްމަދު
  • ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް، ޢާއިޝަތު ސަމްހާ

މި ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ނ. ލަންދޫ ކައުންސިލްގެ މެންބަރުކަމުގެ ގޮނޑިއެވެ. ޕީއެންސީގެ ކެނޑިޑޭޓާ ވާދަކޮށް އެގޮނޑިއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޢާރިފްއެވެ.

]]>
https://vaadhoo.live/6910/feed 0
މިއަހަރު ރ. އަތޮޅުގެ ހަ ރަށެއްގައި ފުލުހުންގެ ޚިދުމަތް އަލަށް ގައިމުކުރަނީ https://vaadhoo.live/6283 https://vaadhoo.live/6283#respond Wed, 24 Jan 2024 16:29:38 +0000 https://vaadhoo.live/?p=6283

މިއަހަރުގެ ތެރޭގައި ރ. އަތޮޅުގެ ހަ ރަށެއްގައި މުޅިން އަލަށް ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް އަމާޒު ހިފައިފިއެވެ.

ފުލުހުންގެ ޚިދުމަތް އަލަށް ގާއިމުކުރާ ރަށްތައް:

  1. ރ. އިންނަމާދޫ
  2. ރ. އަނގޮޅިތީމު
  3. ރ. ރަސްގެތީމު
  4. ރ. ރަސްމާދޫ
  5. ރ. ކިނޮޅަސް

މި ހަ ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ޕޮލިސް ޕޯސްޓެވެ.

އެންމެ ފަހުން ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފައިވަނީ ތ. ގާދިއްފުށިގައެވެ.

ގާދިއްފުށިގައި 11 ޖެނުއަރީ 2024 ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ގާދިއްފުއްޓަކީ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމާއި ފުލުހުންގެ މަރުކަޒެއް ގާއިމްވުމުން ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި  ދިވެހިރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމަކަށްވެފައި، އެހެން ގައުމުތަކާ އަޅާބަލާއިރު، ކުށް ދައުރުވުން ހަލުވި ގައުމަކަށް ވީނަމަވެސް، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް ހެދިދާނެކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒް ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުމަތައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާ ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މައްސައްކަތްކުރުންކަން ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތް ކުރިޔަށް މިއޮތް ފަސް އަހަރަށް ރާވާ އިންތިޒާމް ކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުގައި ގާދިއްފުށީގައި ވެސް ފުލުހުންގެ ހިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

]]>
https://vaadhoo.live/6283/feed 0
އިންނަމާދޫގެ އިޖުތިމާއި ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ https://vaadhoo.live/6051 https://vaadhoo.live/6051#respond Tue, 16 Jan 2024 13:36:12 +0000 https://vaadhoo.live/?p=6051

ރ. އިންނަމާދޫގެ އިޖުތިމާއި ސަރަހައްދުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، އެރަށު އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ ކަމަށެވެ. އަދި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ ކައުންސިލްގެ އިއުލާނަށް އެއްކަރުދާސްކޮށްފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓަރީ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިއުލާނުގައިވާ ގޮތުގައި ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ރަޖިސްޓަރީވެވޭނެ އެންމެ ފަހު ވަގުތަކީ 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30އެވެ.


ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 21 ވާ އާދިއްތަ ދުވަހުގެ 13:00 ގައި އިންނަމާދޫ މިކައުންސިލް އިދާރާގައެވެ.

]]>
https://vaadhoo.live/6051/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: ހޯސްޓުކުރި އިންނަމާދޫއަށް ތައުރީފު ނޫނީ ނެތް! https://vaadhoo.live/5830 https://vaadhoo.live/5830#respond Sat, 30 Dec 2023 20:48:47 +0000 https://vaadhoo.live/?p=5830

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 އަކީ ހޯސްޓުކުރުމަށް ”ސަތޭކަ“ ދޭ ވަރުގެ މުބާރާތެކެވެ. މިއީ އަހަރެންގެ ޚިޔާލެއް ނޫނެވެ. އެކަމަކު މުބާރާތުގެ މެޗުތައް ބެލުމަށް ރ. އިންނަމާދޫއަށް ޒިޔާރަތްކުރި ގިނަ މެހެމާނުންނާއި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ދެއްކި ވާހަކައެވެ. މުބާރާތުގެ އިންތިޒާމުތައް ބަރާބަރު ކަމަށް ބުނެ ކުރީ ތައުރީފުން ތައުރީފެވެ. އޮހުނީ އުފާވެރިކަމުގެ ޝުއޫރުތަކެވެ.

ގާތްގަނޑަކަށް 950 މީހުންގެ އާބާދީއެއް އޮންނަ ރ. އިންނަމާދޫއާ ހަމަައަށް ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ދެވަނަ މުބާރާތް ދަތުރުކުރީ މާޔޫސީ ދަތި ކަނޑެއްގައެވެ. ގޮންޖެހުމުގެ ބިޔަ ރާޅުތަކާ ހަނގުރާމަ ކުރަމުންނެވެ.

ތިލަކޮށް ފަސޭހަކޮށް ފަހުމުވާނެހެން ބުނާނަމަ، އިންނަމާދޫގައި މިމުބާރާތް ބާއްވަން ހަމަޖެއްސީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން މިމުބާރާތް ފުރަތަމަ ބާއްވަން ހަމަޖެއްސި ރ. އުނގޫފާރުގައި ހޯސްޓުނުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ނިންމުމުންނެވެ. އަތޮޅުގެ ވެރިކަންކުރާ އުނގުފާރުގެ ރަށު ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. އަދި މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެރަށުގެ ގިނަ އަދަދެއްގެ މީހުން އެކަމާ މެދު ނުރުހޭތީ ކަމަށެވެ. އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ޗެމްޕިއަން ޓީމް ދުވާފަރު

އުނގޫފާރުގައި މުބާރާތް ބޭއްވޭ ގޮތް ނުވުމުން، އަތޮޅު ކައުންސިލުން އަވަސްވެގަތީ މުބާރާތް އެހެން ރަށަކަށް ބަދަލުކުރުމަށެވެ. މިގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާކުރުމުން، އެ ކައުންސިލަށް މިކަމުގައި އާނބަސް ބުނީ މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލުންނެވެ. ދިމާވި ގިނަ ގޮންޖެހުންތަކުގެ ސަބަބުން 15 ޑިސެމްބަރ 2023 ގައި ފެށުމަށް ތާވަލުކުރި ރ. އަތޮޅު ފުޓްސަލް މުބާރާތް، 23 ޑިސެމްބަރު 2023 ވަނަ ދުވަހަށް ފަސްކޮށް، އިންނަމާދޫގައި ބާއްވަން ތައްޔާރީތައް ފެށިއެވެ.

މިމުބާރާތަށް ތައްޔާރުވުމަށް އިންނަމާދޫއަށް ލިބުނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހެވެ. އެކަމަކު މިމުބާރާތް ގާތުން ބެލި މީހުން މިނޫހަށް ބުނެފައިވާ ގޮތުން ނަމަ، މިދިޔަ އަހަރު ރ. އުނގޫފާރުގައި ބޭއްވި ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2022 އަށްވުރެ އެތައް ގޮތަކުން، އިންނަމާދޫގައި ނިމިދިޔަ މުބާރާތް ރަނގަޅެވެ. އެންމެންވެސް ކިޔަނީ އެކައްޗެކެވެ. ރަށަށް އެރި މެހެމާނުންނަށް ކީފުރިހަމަ މަރުހަބާއެވެ. ޓީމުތައް ރިސީވްކުރުމުގައި ދެއްކި މެހެމާންދާރީއާއި އިޚުތިރާމުގެ ނަމޫނާއެވެ.

ޖުމުލަ ހަތް ޓީމަކުން ބައިވެރިވި މިމުބާރާތަށް ތައްޔާރުވުމުގައި ރަށުގެކުދިބޮޑު ރައްޔިތުން ރެޔާއިދުވާލު ޝާމިލުވެ މަސައްކަތްކުރީ ރަށުވަންތަ ޖޯޝާއި ލޯބީގައެވެ. މުބާރާތުގެ މެޗުތަކަށް ދަނޑު ތައްޔާރު ކުރުމުގެ އިތުރަށް ރަށުތެރެއާއި ބަނދަރުމަތި ނިކަން ސާފުކޮށްލިއެެވެ. އިންނަމާދޫ ”ނަލަނަލަ އިންނަމާދޫއަށް“ ހަދާލިއެވެ.

ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން —

މިއީ އަތޮޅު ފެންވަރުގެ މުބާރާތަކަށް ވާތީ، ރަށްރަށުން ގިނަ މެހެމާނުންތަކެއް ޒިޔާރަތްކުރާނެ ކަމަށް ބަަލައި، އެމީހުންނަށް ފުރިހަމައަށް ކޭޓަރކުރެވޭނެކަން ކަށަވަރުކުރުމަށް، ރޭވުންތެރިކަމާއެކު ކަންކަން އިންތިޒާމުކޮށް، ރަށުގެ ފިހާރަތަކާއި، ކެޔުންބުއިމުގެ ޚިދުމަތްދޭ ތަންތަންވެސް، ކަމާވެގެން ތައްޔާރުކުރިއެވެ. އަދި މިފަދަ މުބާރާތެއް ބޭއްވުމަށް އެ ރަށު ފުޓަސަލް ދަނޑު ފައްކާކުރުމަށް، ދަނޑުގެ ޗޭންޖިންރޫމް، ފާހާނާތަކަކާއެކު އިމާރާތްކޮށް، ދަނޑުގެ ޓަރފް އައުކޮށް، އާބާތުރަފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް ކުރީ ފަރުވާތެރިކަމާއެކު އެންމެން ގުޅިގެންނެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތުން ފެނިގެންދިޔަ ސްކޫލްކުދިންގެ ހުށަހެޅުންތަކަކީވެސް ފާހަގަނުކޮށް ދޫކޮށްލެވޭ ވަރަށްވުރެ ހިތްގައިމު ހުށަހެޅުންތަކެކެވެ. ހާއްސަކޮށް ފެށުމުގެ ރަސްމިއްޔާތުގައި ހުށަހެޅި މަރުހަބާ އައިޓަަމަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

ކޮންމެއަކަސް މުބާރާތް ހޯސްޓުކުރީ އަހަރެންގެ ބަހުން ބުނާ ނަމަ ”ރަނެއް، މަލެއް. ޖަވާހިރެއް ކަހަލަބައެކެވެ.“

އިތުރަށް ކިޔާލަން:

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ޗެމްޕިއަނަކީ ދުވާފަރު

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފޯރިގަދަ ފައިނަލްގައި ވާދަކުރިީ ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2022 ގެ ރަނަރ-އަޕް ރ. އިނގުރައިދޫ އާއި ޗެމްޕިއަން ރ. ދުވާފަރެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރ. އިންނަމާދޫ ފުޓްސަލް ދަނޑުގައި ކުޅުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ނިމުނީ 6-0 ގެ ނަތީޖާއަކުންނެވެ.

2022 ވަނަ އަހަރުގެ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ ތަށި ދުވާފަރުން ނަގާފައިވަނީ އުނގޫފާރުގައި ހަމަ އިނގުރައިދޫއާ ދެކޮޅަށް ކުޅެ އެ ޓީމު ބަލިކޮށްގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދު ﷲ ޝަރަފުވެރިކޮށްދެއްވި، މި މުބާރާތުގެ ފައިނަލް މެޗުން މޮޅުވި ދުވާފަރަށް 30،000 ރުފިޔާގެ ފައިސާގެ އިނާމާއި ރަނަރ-އަޕް އިނގުރައިދޫއަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

ފުރިހަމަ އިންތިޒާމުތަކާއެކު މި މުބާރާތް ކުރިއަށް ގެންދިއުމުގައި އިންނަމާދޫ ކައުންސިލާއި މުއައްސަސާތަކާއި ރަށުގެ ރައްޔިތުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ރ. އަތޮޅު ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

]]>
https://vaadhoo.live/5830/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: ފަސޭހަ ކަމާއެކު އިނގުރައިދޫ ބަލިކޮށް ދުވާފަރު ތަށި ދިފާއުކޮށްފި https://vaadhoo.live/5819 https://vaadhoo.live/5819#respond Sat, 30 Dec 2023 12:11:38 +0000 https://vaadhoo.live/?p=5819

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ޗެމްޕިއަންކަން ދުވާފަރު ސްޕޯޓްސް ކްލަބްއިން ހޯދައިފިއެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ފޯރިގަދަ ފައިނަލްގައި ވާދަކުރިީ ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2022 ގެ ރަނަރ-އަޕް ރ. އިނގުރައިދޫ އާއި ޗެމްޕިއަން ރ. ދުވާފަރެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ރ. އިންނަމާދޫ ފުޓްސަލް ދަނޑުގައި ކުޅުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ނިމުނީ 6-0 ގެ ނަތީޖާއަކުންނެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ޑިފެންޑިންގ ޗެމްޕިއަންސް – ރ. ދުވާފަރު ސްޕޯޓްސް ކްލަބް

2022 ވަނަ އަހަރުގެ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ ތަށި ދުވާފަރުން ނަގާފައިވަނީ އުނގޫފާރުގައި ހަމަ އިނގުރައިދޫއާ ދެކޮޅަށް ކުޅެ އެ ޓީމު ބަލިކޮށްގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދު ﷲ ޝަރަފުވެރިކޮށްދެއްވި، މި މުބާރާތުގެ ފައިނަލް މެޗުން މޮޅުވި ދުވާފަރަށް 30،000 ރުފިޔާގެ ފައިސާގެ އިނާމާއި ރަނަރ-އަޕް އިނގުރައިދޫއަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އަހުމަދު އީސާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު އައިހަމް (އިނގުރައިދޫ), މުހައްމަދު މަމްދޫހް (އިނގުރައިދޫ), މުހައްމަދު އިސާމް (ދުވާފަރު), މުސްލިމް މުހައްމަދު (ދުވާފަރު) އަދި އަބްދުއް ސަދާދު އާދަމް (އަލިފުށި)އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ އިނގުރައިދޫ ޓީމުގެ ކެޕްޓަން އަހުމަދު އައިހަމްއެވެ. އޭނާއަކީ ކިންގ އޮފް ދަ ޓޯނަމެންޓްއެވެ.

މިމުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިނގުރައިދޫ ޓީމުގެ އަލީ ޝާފިޢުއެވެ. އެންމެ އުންމީދީ އެއްކުޅުންތެރިއަކީ އަލިފުށީ ރެކްރިއޭޝަން ކުލަބުގެ އަހުމަދު ޒަލަފްއެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އަލިފުށީ ރެކްރިއޭޝަން ކުލަބެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ދުވާފަރު ޓީމުގެ ކޯޗު ޔާނިއު އަލީއަށެވެ.

ފުރިހަމަ އިންތިޒާމުތަކާއެކު މި މުބާރާތް ކުރިއަށް ގެންދިއުމުގައި އިންނަމާދޫ ކައުންސިލާއި މުއައްސަސާތަކާއި ރަށުގެ ރައްޔިތުން ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ރ. އަތޮޅު ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

]]>
https://vaadhoo.live/5819/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: ބޮޑު ފަރަގަކުން ރަސްމާދޫ ބަލިކޮށް ފަހުގެ ރަނަރ-އަޕް އިނގުރައިދޫ ފައިނަލަށް https://vaadhoo.live/5777 https://vaadhoo.live/5777#respond Wed, 27 Dec 2023 13:14:53 +0000 https://vaadhoo.live/?p=5777

މާލޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން، ކޮންމެ އަހަރަކު އެއް ފަހަރު، ސިލްސިލާކޮށް ބާއްވާ، ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތުގައި، ބޮޑު ފަރަގަކުން ރ. ރަސްމާދޫ ބަލިކޮށް ފަހުގެ ރަނަރ-އަޕް ރ. އިނގުރައިދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ ރ. އިނގުރައިދޫ ފުޓުބޯޅަ ޓީމު، ރ. ރަސްމާދޫ ސްޕޯޓްސް ކްލަބު، ރ. ދުވާފަރު ސްޕޯޓްސް ކްލަބު އަދި ރ. އަލިފުށި ރިކްރިއޭޝަން ކުލަބެވެ.

ރ. އިންނަމާދޫ ފުޓްސަލް ދަނދުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރީ އިނގުރައިދޫ ފުޓުބޯޅަ ޓީމާއި ރަސްމާދޫ ސްޕޯޓްސް ކްލަބެވެ.

މިމެޗު 6-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ. އިންގުރައިދޫން މިމުބާރާތުގައި ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެެވެ.

މިރޭ 8:00ގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދުވާފަރު ސްޕޯޓްސް ކްލަބު އަދި އަލިފުށި ރިކްރިއޭޝަން ކްލަބެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިމުބާރާތުގެ ފަހުގެ ޗެމްޕިއަނަކީ ދުވާފަރެވެ.

]]>
https://vaadhoo.live/5777/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023: ސެމީފައިނަލުގެ މެޗުތައް މިއަދު https://vaadhoo.live/5754 https://vaadhoo.live/5754#respond Wed, 27 Dec 2023 11:00:49 +0000 https://vaadhoo.live/?p=5754

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ސެމީ ފައިނަލުގެ މެޗުތައް މިއަދު ކުޅުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ރ. އިނގުރައިދޫ ފުޓުބޯޅަ ޓީމު، ރ. ރަސްމާދޫ ސްޕޯޓްސް ކްލަބު، ރ. ދުވާފަރު ސްޕޯޓްސް ކްލަބު އަދި ރ. އަލިފުށި ރިކްރިއޭޝަން ކުލަބެވެ.

ރ. އިންނަމާދޫ ފުޓްސަލް ދަނދުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރާނީ އިނގުރައިދޫ ފުޓުބޯޅަ ޓީމާއި ރަސްމާދޫ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދުވާފަރު ސްޕޯޓްސް ކްލަބު އަދި އަލިފުށި ރިކްރިއޭޝަން ކްލަބެވެ.

މި މެޗުތަކުން މޮޅުވާ ޓީމުތަކަށް މިމަހުގެ 29 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުން ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގެ ގުރޫޕް އޭގެ ޕޮއިންޓް ތާވަލުން އެންމެ ކުރީގައި އިނގުރައިދޫ އޮތީ 9 ޕޮއިންޓާއެކުއެވެ. 6 ޕޮއިންޓާއެކު އަލިފުށި ރިކްރިއޭޝަން ކުލަބު ދެވަނައިގައި އޮތް އިރު، އިންނަމާދޫ އޮތީ 3 ޕޮއިންޓާ އެކު މުބާރާތުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައިއެވެ.

ގުރޫޕް އޭގެ ޕޮއިންޓް ތާވަލުން އެންމެ ދަށް ނަތީޖާ އަކާއެކު ހަތަރުވަނަ ޓީމެއް ގޮތުގައި އޮތީ ޓީމު ރ. މަޑުއްވަރީއެވެ.

ގުރޫޕް ބީގެ ޕޮއިންޓް ތާވަލު ދައްކާގޮތުން 6 ޕޮއިންޓާއެކު ދުވާފަރު ސްޕޯޓަސް ކުލަބު އޮތީ ޕޮއިންޓް ތާވަލުން އެއްވަނައިގައެވެ. އަދި ރ. ރަސްމާދޫއަށް ސެމީގެ ފުރުސަތު ލިބުނީ ލަނޑުގެ ތަފާތުން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. 3 ވަނަ ލިބިފައިވަނީ ރ. އުނގޫފާރު ޓީމަށެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިމުބާރާތުގެ ފަހުގެ ޗެމްޕިއަނަކީ ދުވާފަރެވެ.

]]>
https://vaadhoo.live/5754/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023: ގުރޫޕް އޭގެ އިނގުރައިދޫއާއި އަލިފުށި ސެމީ ފައިނަލަށް https://vaadhoo.live/5708 https://vaadhoo.live/5708#respond Tue, 26 Dec 2023 04:17:50 +0000 https://vaadhoo.live/?p=5708

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގައި ހޯމަ ދުވަހުގެ ހަވީރު ރ. އަލިފުށީ ރެކްރިއޭޝަން ކުލަބު އަދި ރ. އިނގުރައިދޫ ފުޓްސަލް ޓީމު ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕް އޭގެ އެއްވަނައިގެ ގޮތުގައި އިނގުރައިދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި އިނގުރައިދޫއިން ކުޅުނު ފުރަތަަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ރ. މަޑުއްވަރީ ފުޓްސަލް ޓީމު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އިންނަމާދޫ ސްޕޯޓްސް ކުލަބާއެކު ކުޅެ އެޓީމު ކާމިޔާބު ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.

އަލިފުށީ ރެކްރިއޭޝަން ކުލަބުން މި މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ރ. އިންނަމާދޫ ފުޓްސަލް ޓީމު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި މަޑުއްވަރީ އަތުން ވެސް ވަނީ މޮޅުވެފައެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އިނގުރައިދޫން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި އަލިފުށީ ރެކްރިއޭޝަން ކުލަބުވެސް ވަނީ ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކު ގްރޫޕު އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދާފައެވެ.

ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

]]>
https://vaadhoo.live/5708/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޗު 2023: ފަހު ވަގުތު ދަނޑު ސިއްސުވާލައި، ރަސްމާދޫ މެޗު ނިންމާލީ އުނގޫފާރާ އަރާހަމަކަށްގެން https://vaadhoo.live/5668 https://vaadhoo.live/5668#respond Mon, 25 Dec 2023 01:06:23 +0000 https://vaadhoo.live/?p=5668

ރ. އިންނަމާދޫގައި ކުރިއަށްދާ، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގެ ހަވަނަ މެޗުގައި ފަހަތުން އަރާ، ރ. އުނގޫފާރު ފުޓްސަލް ޓީމާ އެއްވަރުކޮށްގެން ރ. ރަސްމާދޫ ސްޕޯޓްސް ކުލަބުން މެޗު ނިންމާލާއިފިއެވެ.

މާޅޮސްމަޑުލު އުތުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މިމެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 3-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރެވެ. ނަމަވެސް، އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި، ދެމިނިޓުގެ ކުޅުމުގެ ތެރޭގައި މުޅި ދަނޑު ސިއްސުވާލައި ރަސްމާދޫން ވަނީ ނަތީޖާ ހަމަހަކޮށްފައެވެ.

ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔަ، މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރަސްމާދޫގެ މުހައްމަދު ފަޒީމް (ޖާޒީ ނަމްބަރު 7) އެވެ.

މިމުބާރާތުގައި މީގެ ކުރިން ދުވާފަރާ ބައްދަލުކުރި މެޗުގައި 8-1 ގެ ފަރަގުބޮޑު ނަތީޖާއަކުން އުނގޫފާރުވަނީ ބަލިވެފައެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވަނީ ރަސްމާދޫގެ އޯޕެނިންގ މެޗެވެ.

ޗެންޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

]]>
https://vaadhoo.live/5668/feed 0