ރ. އުނގޫފާރު – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Sun, 23 Feb 2025 11:52:32 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ރ. އުނގޫފާރު – R. Vaadhoo Live https://vaadhoo.live 32 32 ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ ދެ މީހަކު އުނގޫފާރުން ހައްޔަރުކޮށްފި https://vaadhoo.live/7632 https://vaadhoo.live/7632#respond Sun, 23 Feb 2025 11:52:32 +0000 https://vaadhoo.live/?p=7632

ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ކައުންސިލްގެ އިދާރާއަށް ސިހުރާއި ފަންޑިތަ ހަދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ދެ ފިރިހެނުންނެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61 އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67،އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިހުރުގެ މައްސަލަތައް ޕޮލިހަށް ރިޕޯޓު ކުރާވަރު އަންނަނީ ގިނަވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ އޮޕަރޭޝަނެއް ހިންގައިފައެވެ.

އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދި އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ފަންޑިތަ ސިޙުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫން


ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫން

ޤާނޫނު ނަންބަރު 78/74 (ދިވެހިބޭސްކުރުމާއި ފަންޑިތަ ހެދުމާއި ޚިތާންކުރުމާއި އަދި ފޫޅުމާކަންކުރުމާބެހޭ ޤާނޫ) ގައި ބަޔާންކޮށްފައިވަނީ، ފަންޑިތަ ހެދުން ފަދަ ކަމެއް ކުރަންވާނީ މިނިސްޓްރީ އޮފް ހެލްތަށް ލިޔެ ހުއްދަ ހޯދައިގެން ކަމަށެވެ. ނަމަވެސް، މިހާރަކަށް އައިސް ހުއްދަ ހޯދުމެއްނެތި ފަންޑިތަ ސިހުރު ހާހޫރަ ހަދަމުންދާ ބަޔަކު މުޖުތަޢުގައި އުޅެމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުންވެސް އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ސިހުރު ހެދުމާބެހޭގޮތުން ޕްރޮގާމުތައް ފޮނުވަމުންދެއެވެ. ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫނެވެ. އެހެންނަމަވެސް، އީމާންކަން ބަލިކަށިވުމުގެ ސަބަބުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދައިގަތުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. މިކަމުގެ ނުރައްކާތެރިކަމަކީ، މާތް اللهُ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ.

ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިހުރު ހިމަނުއްވާފައިވުމުން އެކަމުގެ ނުބައިކަމާއި އެކަމުގެ ސުންޕާކަން އެނގެއެވެ. މާތް اللهُ އަޅުގަނޑުމެންނަށް ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ލައްވާފައެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމަށް އެދިގެން الله ގެ ޙަޟްރަތުގައި ދެންނެވުމެވެ. ހުރިހާ ކަމެއް މިންވަރު ކުރައްވަނީ މާތް اللهُ ކަން ޤަބޫލުކުރުމެވެ.

ވީމާ، މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، މާތް ﷲގެ ޝަރީޢަތުގައި ސިހުރު ހާހޫރަ ހެދުން މަނާކޮށްފައިވާކަން ގަބޫލުކޮށް، އެކަމަށް ނުކިޔަމަންތެރިވާ ބަޔަކުކަމުގައި ނުވުމަށް، މިފަދަން ކަންކަން ކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ފާފަވެރިކަމަކަށް އަރައި ނުގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އިޙުތިރާމާއެކު އެދެމެވެ.  މާތް اللهُ އަޅަމެން އެންމެން ސިހުރުގެ ނުބައިކަމުންނާއި އެކަން ކުރާ މީހުންގެ ކިބައިންނާއި އެންމެހައި ނުބައިކަންކަމުން ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާށިއެވެ! އާމީން!

]]>
https://vaadhoo.live/7632/feed 0
އުނގޫފާރުން ފުރި ލޯންޗެއް ބަންޑުން ޖަހާލައިފި، އެކަކަށް ފަރުވާދެނީ https://vaadhoo.live/7571 https://vaadhoo.live/7571#respond Thu, 30 Jan 2025 17:42:08 +0000 https://vaadhoo.live/?p=7571

ރ. އަތޮޅުގެ ވެރިކަންކުރާ އުނގޫފާރުން ފުރައިގެން 15 މީހުންނާއެކު ށ. އަތޮޅުގެ މިލަންދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އުނގޫފާރުން ފުރައިގެން މިލަންދޫއަށް ދަތުރުކުރި ލޯންޗެއް ށ. މާކަނޑުދޫ ކައިރިން ބަންޑުން ޖަހާލައިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިލަންދުއާ 7 މޭލު ދުރުން ލޯންޗު ބަންޑުން ޖަހާލީ މިއަދު އިރުއޮސުނު ވަގުތުގައެވެ.

މިއަދު މެންދުރު 14:30ގައި އުނގޫފާރުން ފުރި މިލޯންޗުން 6 އަންހެނުންނާއި، 4 ފިރިހެނުންނާއި، ފަސްކުޑަކުދިން ދަތުރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. މިއެންމެންވެސް ށ. މިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިލަންދޫ ކައުންސިލްގެ ރައީސް މިޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ އެންމެންވެސް ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އެކަކު ފިޔަވާ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މީގެ ތެރެއިން އެކަކަށް އަދިވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށާއި ހާދިސާގެ ގޮތުން ލޯންޗުގައި ތިބި މީހުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާކަމަށެވެ.

ބަންޑުން ޖަހާލާފައިވަނީ އުނގޫފާރުން އާއިލާއެއްގެ މީހުން ގޮވައިގެން ދަތުރު ކުރި ލޯންޗެކެވެ.

]]>
https://vaadhoo.live/7571/feed 0
ރ. އަތޮޅުގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި https://vaadhoo.live/7559 https://vaadhoo.live/7559#respond Tue, 21 Jan 2025 17:48:54 +0000 https://vaadhoo.live/?p=7559

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފިއެވެ.

ރ. އަތޮޅުގައި މި 2 ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މި ދެ ޚިދުމަތް ރ. އަތޮޅުގައި ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ރ. އަތޮޅު ކައުންސިލުގެ ރައީސް ޙުސެއިން ނާސިފެވެ.

އުނގޫފާރަކީ މާޅޮސްމަޑުލު އުތުރުބުރީގެ ވެރިކަން ކުރާ ރަށަށްވެފައި، އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަރާ ފައިބާ ރަށެއްކަމުން، އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ މުހިންމު ޚިދުމަތެއް ރައްޔިތުންނާ ގާތުން ލިބޭނެ މަގުފަހިވެގެން ދިޔުމުން އުނގޫފާރާއި، އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރ. އުނގޫފާރުގައި ރަސްމީކޮށް ފަށާފައިވާއިރު، އެރަށަކީ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަޙައްދެއްގެ އިތުރުން ލ. އަތޮޅާއި ދ. އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން، ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ފައްޓަވާފައެވެ.

]]>
https://vaadhoo.live/7559/feed 0
ރައީސް ޑރ. މުޢިއްޒު ރ. އަތޮޅުގެ ވެރިކަންކުރާ އުނގޫފާރަށް ވަޑައިގެންފި https://vaadhoo.live/7550 https://vaadhoo.live/7550#respond Tue, 21 Jan 2025 14:41:36 +0000 https://vaadhoo.live/?p=7550

މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ވެރިކަންކުރާ ރަށް ރ. އުނގޫފާރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުނގޫފާރަށް މިއަދު ހަވީރު ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރައީސާ ސަލާމްކުރެއްވުމަށް ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ އާންމުން ވަނީ އެއްވެފައެވެ.

އުނގޫފާރާކީ ރ. އަތޮޅުން އެމަނިކުފާނު މިއަދު ވަޑައިގެންނެވި 4 ވަނަ ރަށެވެ. އުނގޫފާރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރ .އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅުގެ ޖުމްލަ 11 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީގެ މެންބަރުންގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ ޢަމާޒަކީ ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެންނެވުމެވެ.

]]>
https://vaadhoo.live/7550/feed 0
ގައުމަށް ރިހި މެޑަލް ހޯދައިދިން ޓީމުގައި ރ. އަތޮޅުގެ ކުޅުންތެރިން https://vaadhoo.live/7350 https://vaadhoo.live/7350#respond Mon, 16 Sep 2024 17:25:06 +0000 https://vaadhoo.live/?p=7350

ބައިނަލްއަޤްވާމީ މުބާރާތެއްގެ ފައިނަލްގައި ކުޅެ، ތިން ވަނަ ފަހަރަށް ގައުމަށް ރިހި މެޑަލް ހޯދައިދީ ދިވެހިރާއްޖޭގެ ސީނިއަރ އަންހެން ވޮލީބޯޅަ ޓީމުން ވަނީ ދިވެހީން ފަހުރުވެރިކޮށްދީފައެވެ. މިފަހުން ނިމިދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ފައިނަލްގައި ރާއްޖޭގެ ޓީމަށް އެންމެ ބޭނުންވާ ނަތީޖާ ނުހޯދުނު ނަމަވެސް، ޓީމުން ދެއްކި ރީތި މޮޅު ކުޅުމާމެދު ކޮންމެ ދިވެހި ދަރިއަކުވެސް ފަހުރުވެރިވެއެވެ.

ކާވާ ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ފައިނަލްގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު، މިމުބާރާތުގެ ދެވަނަ ލިބުނު ދިވެހި ގަައުމީ އަންހެން ވޮލީބޯޅަ ޓީމުން މިވަނީ ބައިނަލްއަޤްވާމީ ގިންތީގައި ތިން ވަަނަ ރިހި މެޑަލް ހާސިލުކޮށްފައެވެ.

މީގެ ކުރިން، 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލްގައިވެސް ދިވެހީން ކުޅުނެވެ. އަދި އޭގެ ފަހުން، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައިވެސް ރާއްޖޭގެ ޓީމު ވަނީ ފައިނަލްގައި ކުޅެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ސެޓުގައި ކުޅުނު ރަނގަޅުކޮށް، 26-24 އިން ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ބައެއް ގޯސްތައް ހެދުނުއިރު، ކިރްގިސްތާނުން ވަނީ މި ސެޓު 25-18 އިން ސެޓު ނަގާފައެވެ. މިމެޗުގެ ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު، ކިރްގިސްތާނުން ގެންދިޔައީ 15-9 އިންނެވެ.

ރަން މެޑަލް ހޯދުމުގެ ނަސީބެއް އަދި ނުލިބުނު ނަމަވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ޚިލާފު ރޫހަކާއި ލޯތްބެކެވެ. މެޗު ނިމުނު ފަހުން، އެންމެ މަތިން ފެށިގެން ތިރިއަށް ބަންޑުންކޮށްލީ ތައުރީފާއި ހިތްވަރުގެ ބަސްތަކެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓުކުރެއްވުމަށް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓަށް ގޮސްފައެވެ. މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރިއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ކިރްގިސްތާނުގެ އިތުރުން، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.

ދިވެހިރާއްޖޭގެ ސީނިއަރ އަންހެން ވޮލީބޯޅަ ޓީމުގައި ރ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެއެވެ. މިގޮތުން މުބާރާތުގައި ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔަ ލިބަރޯ މައިހާ އަލީ (ޖާޒީ ނަމްބަރު 16) އަކީ ރ. އަލިފުށީ ޒުވާނެކެވެ. އަދި ޝަމްހާ މުޙައްމަދު (ޖާޒީ ނަމްބަރު 17) އަކީ ރ. އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރަށް ނިސަބަތްވާ ޒުވާނެކެވެ.

]]>
https://vaadhoo.live/7350/feed 0
އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 279 ފުޅި ބަނގުރަލާއި 82 ދަޅު ބިޔަރު ނައްތާލައިފި https://vaadhoo.live/7236 https://vaadhoo.live/7236#respond Sun, 28 Jul 2024 09:47:34 +0000 https://vaadhoo.live/?p=7236

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 279 ފުޅި ބަނގުރަލާއި 82 ދަޅު ބިޔަރު ނައްތާލައިފިއެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 23 ވަނަ ދުވަހު ނައްތައިލާފައި ވަނީ 279 ފުޅި ބަނގުރަލާއި 82 ދަޅު ބިޔަރު ކަމަށެވެ.

މި ތަކެއްޗަކީ އިފުރު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

]]>
https://vaadhoo.live/7236/feed 0
ތޯތޯ ވާހަކައެއް ނޫން، މިފަހަރުގެ ބޮޑު ޢީދުގައި އެންމެ ފޯރިގަދަވާނީ ރ. އުނގޫފާރުގައި! https://vaadhoo.live/7125 https://vaadhoo.live/7125#respond Thu, 13 Jun 2024 20:33:26 +0000 https://vaadhoo.live/?p=7125

ރާއްޖޭގައި މިފަހަރު އެންމެ ކުލަގަދަކޮށް ބޮޑު ޢީދު ފާހަގަކުރާ ރަށުގެ ޝަރަފު ހޯދުމަށް ރ. އުނގޫފާރު ތައްޔާރުވެއްޖެއެވެ.

މިއަހަރު ގައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ސަރުކާރުން ކަނޑައެޅި ތިން ރަށުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ހިމަނާފައި ވަނީ ރާއްޖޭގެ އުތުރުން ޢީދު ފާހަގަކުރަން ހޮވުނު ރަށުގެ ގޮތުގައެވެ.

ގައުމީ ފެންވަރުގައި އުނގޫފާރުގައި ޢީދު ފާހަގަކުރަން ފާއިތުވި ދެ އަހަރުވެސް ކަމާ ގުޅުންހުރި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅި ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ.

ޢީދު ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުނގޫފާރުގެ ފަރާތުން އެ ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވީ، މިފަހަރަކީ އުނގޫފާރުން ޕްރޮޕޯސަލް ހުށަހެޅި ފުރަތަމަ ފަހަރު ނޫން ކަމަށާއި އެ ރަށުގައި މީގެ ކުރީ އަހަރުތަކުގައި ފާހަގަކޮށްފައިވާ ޢީދުތަކުގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ތަފުސީލީ ޕްރޮޕޯސަލެއް ފާއިތުވި ދެ އަހަރުވެސް ހުށަހެޅި ކަމަށެވެ.

ނަމަވެސް 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެ ފުރުސަތު ނުލިބުނުކަން ފާހަގަކުރައްވައި އުނގޫފާރު ކައުންސިލްގެ ރައީސް ވަނީ މިފަހަރު އެ ރަށުގައި ޢީދު ފާހަގަކުރުމަށް ނިންމެވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި ސަޤާފީ ގޮތެއްގައި ޢީދު ފާހަގަކުރުމަށް އުނގޫފާރު އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

ރ. އުނގޫފާރުގައި ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދާނެ ހަރަކާތްތަކުގެ ތާވަލު

އެ ރަށަކީ މެހެމާނުންނަށް ކަމޭ ހިތާ، މެހެމާނުންނާއި ރަށުގެ އަހުލުވެރިންނަށްވެސް އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރައްވައި އުނގޫފާރު ކައުންސިލްގެ ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އެ ރަށުގައި ކުޅޭ ޢީދު ކުޅިވަރުތައް ބަލާލުމަށް އެ ރަށަށް ޒިޔާރަތްކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.

އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ފުރުސަތު ހަމަވިއިރު 26 ވަނީ ރަށަކުން ޕްރޮޕޯސަލް ހުށަހެޅިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރަން ކަނޑައަޅާފައިވަނީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.

1445 ވަނަ އަހަރުގެ ބޮޑު ޢީދު ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދީފައި ވަނީ އެ ކަމަށް އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

]]>
https://vaadhoo.live/7125/feed 0
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ https://vaadhoo.live/7085 https://vaadhoo.live/7085#respond Sat, 08 Jun 2024 10:06:12 +0000 https://vaadhoo.live/?p=7085

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ ޒުވާނާ މިއަދު މަރުވެއްޖެއެވެ.

އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓު އައުމުން ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ހުސެން އަތީކަށް ފަރުވާ ދެމުން އަންނަތާ 15 ދުވަސް ވެއްޖެއެވެ. އާއިލާއިން ބުނާގޮތުގައި މިއަދު 10:30 އެހާކަންހާއިރު އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، ހޭ ވެސް ނާރައެވެ.

ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު އަތީކަށް އެންމެ ފުރަތަމަ ފަރުވާދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 24ގައެވެ.

އެ ހާދިސާގައި ފެންގަނޑުގައި ހުރި ކުއްޖަކަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ ސަލާމަތް ކުރަން ނުކުތް އަތީކަށެވެ.

އޭނާގެ ހާލު ސީރިއަސްވީ އެ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުންނެވެ.

އަތީކުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

]]>
https://vaadhoo.live/7085/feed 0
ލާންސްކޯޕްރަލް ޒައިދާން ނިޔާވުމުގެ ހިތާމައިގައި ސިފައިންގެ ދިދަ ބައިދަނޑިއަށް https://vaadhoo.live/7062 https://vaadhoo.live/7062#respond Mon, 03 Jun 2024 14:44:42 +0000 https://vaadhoo.live/?p=7062

އަސްކަރީ ތަމްރީނެއް ފުރިހަމަކުރަމުން ދަނިކޮށް ލާންސްކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެ ހިތާމައިގައި ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

މަރްޙޫމް ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ މިއަދުގެ އަޞްރު ނަމާދަށްފަހު، އުފަން ރަށް ރ. އުނގޫފާރުގައެވެ.

ޒައިދާންގެ ޖަނާޒާގެ ތެރެއިން| ފޮޓޯ: އުނގޫފާރު

މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ، ޒައިދާންގެ ޢާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ. ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ ދެ ވަނަ ދުވަހު ލ. މާވަށް ކައިރީ ކަނޑުގެ ސަރަހައްދުގައި މިޔަރެއް ދިން ހަމަލާއަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށް ލ. ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ.

ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެ ވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ.

]]>
https://vaadhoo.live/7062/feed 0
އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި https://vaadhoo.live/7028 https://vaadhoo.live/7028#respond Mon, 27 May 2024 18:28:01 +0000 https://vaadhoo.live/?p=7028

ރ. އުނގޫފާރުގައި ކަރަންޓު ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި، އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

”ރ. ވާދޫ ލައިވް“ އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އުމުރުން 18 އަހަރުގެ އެ ފިރިހެން ކުއްޖާއަށް މިހާރު ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ.

 

މި ހާދިސާގައި ކަރަންޓުގައި ޖެހުނީ ދެ ކުދިންނެވެ. އެއީ ކުޑަކުއްޖަކާއި 18 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. ކުޑަކުއްޖާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް – ޔޫއާރްއެޗްގައި ފަރުވާދީ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.

 

ބޮޑުވަރުވީ ޒުވާނާއަށް ފުރަތަމަ އެހީގެ ގޮތުން ސީޕީއާރް ދިނުމަށްފަހު އޭނާގެ ހިތް މަސައްކަތްކުރާ ގޮތްވީ ވެސް ބައިގަޑިއިރުފަހުންނެވެ. ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް އޭނާއަށް ފަރުވާ ދެމުން އައީ ޔޫއާރްއެޗްގެ އައިސީޔޫގައެވެ.

އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ހާދިސާގެ ފަސް ފަހަތް:

އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ރ. ވާދޫ ލައިވްއަށް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ތިން ކުއްޖަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ކުދިން އެ ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހުގެ މެންދުރު ފަހު 1:40 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓުގައި ޖެހެން މެދުވެރިވީ މަގު ބައްތީގެ ހޮޅިން ކަމަށްވެއެވެ. ވިއްސާރަވެގެން ބައްތިން ކަރަންޓު ދޫވެފައި ހުރީ އެ ސަރަހައްދުގައި އޮތް ފެންގަނޑަށެވެ.

ކަރަންޓުގައި ޖެހިގެން ފަރުވާދީފައި ވަނީ 18 އަހަރުގެ ޒުވާނާގެ އިތުރުން ކުޑަކުއްޖަކަށެވެ. އަދި އެ މަންޒަރު ފެނި ހެއަށްގޮތްވި ކުއްޖަކަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. މީގެ ތެރެއިން 18 އަހަރުގެ ޒުވާނާ ފިޔަވައި ދެން ތިބި ކުދިން ފަރުވާއަށް ފަހު ވަނީ ޑިސްޗާޖުކޮށްލާފައެވެ.

]]>
https://vaadhoo.live/7028/feed 0