ކުޅިވަރު – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Sun, 05 Jan 2025 12:16:51 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ކުޅިވަރު – R. Vaadhoo Live https://vaadhoo.live 32 32 ފަހަތުން އަރައި ފްލައިން ޑަޗްމެން އެ ހޯދީ ވާދޫގެ ފުޓްސަލް ރަސްކަން! https://vaadhoo.live/7473 https://vaadhoo.live/7473#respond Sun, 05 Jan 2025 12:16:51 +0000 https://vaadhoo.live/?p=7473

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ ފައިނަލް މެޗްގައި ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދައި ފްލައިން ޑަޗްމެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރ. ވާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެއީ ފްލައިން ޑަޗްމެންއާއި ނިއުބޯން އެފްސީގެ އިތުރުން ބްލެކް ފެންޓަސީއެވެ.

މިމުބާރާތުގެ ފައިނަލަށް ފްލައިން ޑަޗްމެން ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކުއެވެ.
ވާދަވެރި ކުޅުމަކަށް ފަހު ފައިނަލް މެޗްގައި ފްލައިން ޑަޗްމެން، ނިއުބޯން އެފްސީގެ މައްޗަށް ކުރި ހޯދީ، 3-4 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ނިއުބޯން އެފްސީން ގޭމް ޑޮމިނޭޓްކޮށް ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމާލި އިރު، ލަނޑެއް ޖަހައި ފްލައިން ޑަޗްމެން ފަރަގު ކުޑަކުރިއެވެ.

2-1ގެ ނަތީޖާއަކުން ދެ ވަނަ ހާފު ފަށައިގެން ކުޅުން ކުރިއަށް ގެންދިޔައިރު މިހާފުގައި ނިއުބޯން އެފްސީން ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. ނަމަވެސް ކުޅުން ވަރުގަދަކޮށް އެޓޭކްތައް ދޭން ފެށުމުގެ ނަތީޖާއަކަށްވީ ފްލައިން ޑަޗްމެންއަށް ފަސޭހަކަމާއެކު ނަތީޖާ ހަމަހަމަކުރެވުމެވެ.
މެޗު ނިންމާލީ އިތުރު ލަނޑަކާއެކު 3-4 ގެ ނަތީޖާއަކުން ފްލައިން ޑަޗްމެން މެޗު ކާމިޔާބުކޮށްގެނެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގި މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދީފައިވަނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

 

]]>
https://vaadhoo.live/7473/feed 0
އެއްވެސް މެޗަކުން ބަލިނުވެ ފްލައިން ޑަޗްމޭން ފައިނަލަށް! https://vaadhoo.live/7470 https://vaadhoo.live/7470#respond Thu, 02 Jan 2025 17:24:33 +0000 https://vaadhoo.live/?p=7470

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25 ގެ އެންމެ ފަހު މެޗު ކާމިޔާބުކޮށް، އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކު ފްލައިން ޑަޗްމެން ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި އެ ޓީމުން އެންމެ ފުރަތަމަ މޮޅެއް ހޯދީ، ނިއުބޯން އެފްސީގެ މައްޗަށް ގަދަވެގެންނެވެ.

މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ. އަދި އެ ޓީމުން ކުޅުނު ފަހު މެޗުގައި ބްލެކް ފެންޓަސީ ބަލިކޮށް ފައިނަލަށް ދަތުރުކުރީ 5-4 ގެ ހަނި ފަރަގަކުންނެވެ.

މިމުބާރާތުގެ ފައިނަލްގައި ފްލައިން ޑަޗްމެން ނުކުންނާނީ ނިއުބޯން އެފްސީއާ ދެކޮޅަށެވެ. މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.

ނަމަވެސް، ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދީއެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

 

]]>
https://vaadhoo.live/7470/feed 0
ފްލައިން ޑަޗްމެން ފެށީ ގޯލް ފުންޏަކުން، ދެވަނަ ހާފުގައި ގޯލްތައް ތަޅުލެވިފައި! https://vaadhoo.live/7464 https://vaadhoo.live/7464#respond Wed, 01 Jan 2025 13:56:26 +0000 https://vaadhoo.live/?p=7464

ރ. ވާދޫގައި މިހާރު ކުރިއަށްދާ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދައިފިއެވެ.

މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ.

ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމުން ވެސް ކުޅުނީ އެޓޭކިން ގޭމެކެވެ. މިމެޗުގައި ޖެހި އެއް ލަނޑު ފިޔަވައި ހުރިހާ ލަނޑެއް ވެސް ކާމިޔާބުކުރެވުނީ ފުރަތަމަ ހާފުގައެވެ. އެ ހާފު ނިމުނީ 2-8 ގެ ނަތީޖާއަކުންނެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް، އެންމެ ފުރުސަތެއް ފިޔަވައި ފުރުސަތުތައް ބޭކާރުވެ، މެޗު ނިންމާލަން ޖެހުނީ 3-8 ގެ ނަތީޖާއަކުންނެވެ.

ނިއުބޯން އެފްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ނަމަވެސް ހާފުގެ ގިނަ ވަގުތު ދެ ޓީމަށް ވެސް ގޯލް ބަންދުވިއެވެ.

ދެވަނަ މެޗުން ބަލިވި ނަމަވެސް މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގައި މާދަމާ ހަވީރު ކުޅޭނީ ފްލައިން ޑަޗްމެން އާއި ބްލެކް ފެންޓަސީއެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ތިން ވަނަ މެެޗު ފަށާނީ ހަވީރު 4:45ގައި ރ. ވާދޫ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

]]>
https://vaadhoo.live/7464/feed 0
ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން ފެށުން ރަނގަޅުކޮށްފި https://vaadhoo.live/7456 https://vaadhoo.live/7456#respond Tue, 31 Dec 2024 15:20:39 +0000 https://vaadhoo.live/?p=7456

މިއަދު ފެށި ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ހާފު ނިމެން ހަތަރު ވަރަކަށް މިނިޓަށްވެފައި ވަނިކޮށް ބްލެކް ފެންޓަސީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށް އެ ޓީމުން ހިންދެމިލިއެވެ.

ނަމަވެސް، ހާފުގެ ފަހު ވަގުތުކޮޅު ނިއުބޯން އެފްސީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ކުޅިބަލަން ތިބި އެ ޓީމުގެ ސަޕޯޓަރުންނަށް އިތުރު އުންމީދެއް ލިބިގެންދިޔައީ އެ ހާފު ނިމެން ގާތްވެފައި ވަނިކޮށް އިތުރު ލަނޑަކުން ނަތީޖާ ހަމަހަކުރުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަތަރު މިނިޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ހާފުގެ މެދުތެރޭ އިތުރު ލަނޑެއް ޖަހައި ނިއުބޯން އެފްސީން މެޗުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ފަހަތުން އަރައި ލީޑު ނެގި ނިއުބޯން އެފްސީން 6 ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށެވެ.

މެޗު ނިމުނީ ބްލެކް ފެންޓަސީން ޖެހި އިތުރު ލަނޑަކާއެކު 6-3 ގެ ނަތީޖާއަކުންނެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

1 ޖެނުއަރީ 2025 – ހަވީރު 4:45

ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން

2 ޖެނުއަރީ 2025 – ހަވީރު 4:45

ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

އިތުރު ފޮޓޯތައް:

 

]]>
https://vaadhoo.live/7456/feed 0
ފުޓަސަލްކަޕް ނިމެންދެން ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ހުއްދަ އޮތް ފަރާތްތަކަށް: ވާދޫ ކައުންސިލް https://vaadhoo.live/7451 https://vaadhoo.live/7451#respond Mon, 30 Dec 2024 18:03:45 +0000 https://vaadhoo.live/?p=7451

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ނިމެންދެން ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ހުއްދަ އޮތް ފަރާތްތަކަށް ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން އިންތިޒާމުކޮށް، އެސް.ނާ އިންވެސްޓްމަންޓްސް އިން ހޯސްޓުކުރާ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހަވީރުއެވެ.

ވާދޫ ކައުންސިލުން ބުނީ، މުބާރާތުގެ ތައްޔާރީތަކާއި މުބާރާތުގެ މެޗުތައް ކުޅުމަށް، ފުޓްސަލް ދަނޑު އާންމުކޮށް ބޭނުންކުރުން ވަގުތީ ގޮތުން ބަންދުކުރާ ކަމަށެވެ. މިމުބާރާތް ނިމެންދެން ދަނޑު ބޭނުންކުރަންވާނީ ހުއްދަ ދީފައިވާ ފަރާތްތަކުން އެކަނި ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މުބާރާތް ނިމުމުން، ފުޓްސަލް ދަނޑު އާންމުކޮށް ހުޅުވާލާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

31 ޑިސެމްބަރު 2024 – ހަވީރު 4:45

ބްލެކް ފެންޓަސީ | ނިއުބޯން އެފްސީ

1 ޖެނުއަރީ 2025 – ހަވީރު 4:45

ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން

2 ޖެނުއަރީ 2025 – ހަވީރު 4:45

ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދޭނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

]]>
https://vaadhoo.live/7451/feed 0
ގޯލްޑް ކަޕް 2024ގައި އަލިފުށި ޓީމުން ރ. އަތޮޅު ރޯޝަން ކުރުވައިފި https://vaadhoo.live/7430 https://vaadhoo.live/7430#respond Sat, 21 Dec 2024 20:44:18 +0000 https://vaadhoo.live/?p=7430

އަލިފުށި ޓީމުން ރ. އަތޮޅު ރޯޝަން ކުރުވައިފި ކަމަށް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.

ގޯލްޑް ކަޕް 2024ގައި ރ. އަލިފުށި އަދި އައްޑޫ ސިޓީ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު، ރައީސް ނާސިފް ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ގޯލްޑް ކަޕް 2024ގައި އަލިފުށި ޓީމުން ކުޅުނު ހިތްގައިމު ރީތި މޮޅު ކުޅުމާއި މުބާރާތުގެ ސެމީއަށް ދަތުރުކޮށް ހޯދި ފުރިހަމަ ކާމިޔާބީއާމެދު ފަހުރުވެރިވާ ކަމަށެވެ.

ރައީސް ނާސިފް ވަނީ ތަޖުރިބާކާރު ކޯޗް ކުޑަ ހީނާގެ އިރުޝާދުގެ ދަށުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ޓީމުގެ އެންމެހައި ކުޅުންތެރިން ކަށިން ހިތްވަރުނެރެ ކުރި ބުރަ މަސައްކަތާއި ދެއްކި ސާބިތުކަމަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ. އަދި ޒުވާން ޓިމެއް ގޮވައިގެން ނުކުމެ މި ހިސާބަށް ދަތުރުކުރުމުގައި މެނޭޖްމަންޓުން ކުރި ހިތްވަރުގަދަ މަސައްކަތްތަކާއި ސަޕޯޓަރުން ދެއްކި ނަމޫނާއަށްވެސް ޝުކުރު ހައްގު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލިފުށި ޓީމުން ރ. އަތޮޅު ރޯޝަން ކުރުވައިފި ކަމަށެވެ. އެ ޓީމަށްޓަކައި މުޅި އަތޮޅު ފަހުރުވެރިވާ ކަމަށާއި ފަހުރުވެރިކަމާއެކު ބުނެލަން އޮތީ މިމުބާރާތުގެ ރ. އަތޮޅުގެ ދަރީންގެ ޗެމްޕިއަންއަކީ އަލިފުށި ޓީމް ކަމަށެވެ.

ވަރުގަދަކޮށް ފެނުނު އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގޯލްޑް ކަޕްގެ ފައިނަލަށް އައްޑޫ ސިޓީ ވަނީ ދަތުރުކޮށްފައެވެ.

އައްޑޫން ފައިނަލާ ހަމައަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އައްޑޫއެވެ.

ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމުގެ ތެރެއިން މުޅި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ކުޅުނު އެއް ޓީމަކީ އަލިފުއްޓެވެ. ކުއާޓާ ފައިނަލު މެޗުގައި ފަހަތުން އަރައި ފުވައްމުލަކާ އެއްވަރުކޮށް ޕެނަލްޓީން ވެސް ކުރި ހޯދިއެވެ.

ފައިނަލަށް ކުރި އުންމީދުގައި ހިތްވަރު ގަދަ ކުޅުމެއް ދެއްކި ނަމަވެސް، އައްޑޫން އެ ފުރުސަތެއް އަލިފުއްޓަކަށް ނުދިނެވެ.

]]>
https://vaadhoo.live/7430/feed 0
ގޯލްޑް ކަޕް 2024: ފައިނަލަށް ގެންދަން މުޅި ރ. އަތޮޅު އަލިފުށީ ޓީމް ފަހަތުގައި! https://vaadhoo.live/7414 https://vaadhoo.live/7414#respond Fri, 20 Dec 2024 22:07:27 +0000 https://vaadhoo.live/?p=7414

ގޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭ ރ. އަލިފުށީ ޓީމަށް ސަޕޯޓް ކުރުމަށް މުޅި ރ. އަތޮޅު ތައްޔާރުވެއްޖެއެވެ.

އެ ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ވަނުމަށް ރ. އަތޮޅުގެ ރަށްރަށުން، ހާއްސަކޮށް އަލިފުށިން ގިނަ ބަޔަކު މާލެ އައިރުއިރު، މާލޭގައި ތިބި އަލިފުށީގެ ސަޕޯޓަރުން ވެސް ތިބީ ޓިކެޓް ގަނެ، ކުޅި ބަލަން ތައްޔާރުވެފައެވެ.

މީގެ އިތުރުން ގިނަ ބަޔަކު އެއްތަންވެ މެޗު ބެލޭނެ އިންތިޒާމް އަލިފުށްޓާއި އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ހަމަޖައްސާފައެވެ.

އަލިފުށި ސެމީ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ފުވައްމުލައް ސިޓީ ބަލިކޮށްގެނެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީގައި ފުވައްމުލަކުގެ ސާދު ނިޒާރު އަހްމަދު މުހައްމަދު ފައްތާހް، ފޮނުވާލި ޕެނަލްޓީ އަލިފުށީގެ ކީޕަރު އަބްދުއްސައްދާދު އާދަމް ދިފާއު ކުރި އެވެ.

އަލިފުށީގެ ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބު ވީ އެންމެ ފުރަތަމަ ޕެނަލްޓީ ޖެހި އަހްމަދު ވިޖުދާން (ވިޖުކޯ) އަށެވެ.

]]>
https://vaadhoo.live/7414/feed 0
ރ. އަތޮޅުގެ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް އޮކްޓޫބަރުމަހު ފަށަނީ https://vaadhoo.live/7192 https://vaadhoo.live/7192#respond Thu, 27 Jun 2024 19:44:39 +0000 https://vaadhoo.live/?p=7192

ރ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ބާއްވާ މުބާރާތްކުގެ ތާރީޚުތައް ކަނޑައަޅައި ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.

ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.

އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހުއެވެ.

]]>
https://vaadhoo.live/7192/feed 0
ރ. އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ހޭންޑް ބޯލް މުބާރާތް މިއަހަރުވެސް! https://vaadhoo.live/7189 https://vaadhoo.live/7189#respond Thu, 27 Jun 2024 19:37:50 +0000 https://vaadhoo.live/?p=7189

ރ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ބާއްވާ މުބާރާތްކުގެ ތާރީޚުތައް ކަނޑައަޅައި ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.

ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.

އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހުއެވެ.

]]>
https://vaadhoo.live/7189/feed 0
ރ. އަތޮޅަށް ހުޅުވާލައިގެން އަތޮޅު ކަައުންސިލުން ވޮލީ މުބާރާތެއް ބާއްވަނީ https://vaadhoo.live/7186 https://vaadhoo.live/7186#respond Thu, 27 Jun 2024 19:29:03 +0000 https://vaadhoo.live/?p=7186

ރ. އަތޮޅަށް ހުޅުވާލައިގެން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކަައުންސިލުން ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.

ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.

އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހުއެވެ.

]]>
https://vaadhoo.live/7186/feed 0