އަބްދުﷲ ޖާބިރު – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Mon, 05 Feb 2024 17:18:27 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png އަބްދުﷲ ޖާބިރު – R. Vaadhoo Live https://vaadhoo.live 32 32 ވާދޫން މީހުން ބޭރުކުރާނެ ކަމަށް ވިދާޅުވި ޖާބިރު އެމްޑީޕީން ބޭރުކޮށްފި https://vaadhoo.live/6503 https://vaadhoo.live/6503#respond Mon, 05 Feb 2024 17:09:07 +0000 https://vaadhoo.live/?p=6503

ރ. ވާދޫން މީހުން ބާލާނެކަމުގެ އިންޒާރުދެއްވައި، ރަށުގެ އާންމު ރައްޔިތުންނާ ދިމާއަށް އަވަގުރާނަގޮވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަކިކޮށްފިއެވެ.

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރެއްމަށް އެމްޑީޕީގެ ޓިކެޓުވެސް އަރުވާފައިވާ ޖާބިރު ވަނީ އެ ޕާޓީން ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓު ކުރުމުންވެސް އެކަމަށް ގޮންޖައްސަވައި ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޖާބިރު އަމަލުކުރަމުން ދާތީ، ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިއީ އެމްޑީޕީއާއި އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްކަމުގައި ވާތީ  ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ބެލުމަށްފަހު ޖާބިރަށް މަޖިލިސްގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވުމުގެ ފުރުޞަތު ނުދިނުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ޖާބިރަށް ދެން އެމްޑީޕީއަށް ގުޅުމުގެ ފުރުސަތު ދޭނީ ގައުމީ މަޖިލީހަށް ހުށަހަޅައި ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

މެމްބަރު ޖާބިރު ވަނީ ދާދި ފަހުން، ވާދޫއަށް ވަޑައިގެން، ރަށުގެ ބައެއް އާންމު ރައްޔިތުންނާ މުހާތަބުކޮށް އަވަގުރާނަ ގޮވައިފައެވެ.

މެމްބަރު ޖާބިރު ވާދޫއަށް ވަޑައިގެން ސަބަބެއް ސާފެއް ނޫނެވެ. ރ. ވާދޫ ކައުންސިލްގެ އޮފިޝަލަކު ވަނީ މެމްބަރު ޖާބިރު 29 ޖެނުއަރީ 2024ގެ ހަވީރުގެ ވަގުތެއްގައި ވާދޫއަށް އަރައިވަޑައިގެންކަން ކަށަވަރުކޮށްދެއްވާފައެވެ.

މިނޫހާ ވާހަކަދެއްކި، ބައެއް މީހުން ބުނި ގޮތުގައި، މެމްބަރު ޖާބިރު ރަށުތެރޭގައި އުޅުއްވުމަށްފަހު ފުރާވަޑައިގަތީއެވެ. އޭނާ ފޯނު ނުނަންގަވާތީ ވާދޫއަށް ވަޑައިގެން ބޭނުމެއް ސާފުނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، މެމްބަރު ޖާބިރުވަނީ ރަށު ތެރެއިން ބައެއް މީހުންނާ ދިމާއަށްވެސް ހުތުރުބަހުން މުހާތަބުކޮށް އަވަގުރާނަ ގޮވާފައެވެ.

މީގެ އިތުރުން، ވާދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އިންނަވައި ވާދޫގެ ބަނދަރުމަތީގައި ހުރި މީހަކާ ދިމާއަށް ޖާބިރު އަވަގުރާނަ ގޮވާ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ލަދުހުތުރު ބަސްތަކުން މީހަކާ ދިމާއަށް އޭނާ ހަޅޭއްލަވާ އަޑު އިވެއެވެ.

އޭނާވަނީ ވާދޫން މީހުން ބާލާނެ ކަމަށާއި ރަށުގައި މީހުން އުޅުނަ ނުދޭނެ ކަމަށް ވިދާޅުވެ އާންމުންނަށް އިންޒާރުދެއްވާފައެވެ.

މި ހާދިސާގެ ފަހުންވެސް، އަދި މީގެ ކުރިންވެސް ރަށްރަށުގައި މެމްބަރު ޖާބިރު އަވަގުރާނަ ގޮވާ އަޑާއިމަންޒަރު ފެންނަ ވީޑިއޯތައް ވަނީ ދައުރުވެފައެވެ.

އެޑިޓަރުގެ ނޯޓު: ޚަބަރުގައި ހަވާލާދީފައިވާ ވީޑިއޯ، މިޝާއިއުކުރުމުގައި ހިމަނާފައިނުވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ރ. ވާދޫ ލައިވްގެ އެޑިޓޯރިއަލް ޕޮލިސީގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ޝާއިކުރުމުގެ މިންގަނޑުތަކަށް ނުފެތޭތީއެވެ.

 

]]>
https://vaadhoo.live/6503/feed 0
މެމްބަރު ޖާބިރު ވާދޫއަށް ވަޑައިގެން އާންމުންނާ ދިމާއަށް އަވަގުރާނަ ގޮވައިފި https://vaadhoo.live/6326 https://vaadhoo.live/6326#respond Mon, 29 Jan 2024 17:16:26 +0000 https://vaadhoo.live/?p=6326

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރ. ވާދޫއަށް ވަޑައިގެން، ރަށުގެ ބައެއް އާންމު ރައްޔިތުންނާ މުހާތަބުކޮށް އަވަގުރާނަ ގޮވައިފިއެވެ.

މެމްބަރު ޖާބިރު ވާދޫއަށް ވަޑައިގެން ސަބަބެއް ސާފެއް ނޫނެވެ. ރ. ވާދޫ ކައުންސިލްގެ އޮފިޝަލަކު ވަނީ މެމްބަރު ޖާބިރު ވާދޫއަށް މިއަދު ހަވީރުގެ ވަގުތެއްގައި އަރައިވަޑައިގެންކަން ކަށަވަރުކޮށްދީފައެވެ.

މިނޫހާ ވާހަކަދެއްކި، ބައެއް މީހުން ބުނި ގޮތުގައި، މެމްބަރު ޖާބިރު ރަށުތެރޭގައި އުޅުއްވުމަށްފަހު ފުރާވަޑައިގަތީއެވެ. އޭނާ ފޯނު ނުނަންގަވާތީ ވާދޫއަށް ވަޑައިގެން ބޭނުމެއް ސާފުނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، މެމްބަރު ޖާބިރުވަނީ ރަށުތެރެއިން ބައެއް މީހުންނާ ދިމާއަށްވެސް ހުތުރުބަހުން މުހާތަބުކޮށް އަވަގުރާނަ ގޮވާފައެވެ.

މީގެ އިތުރުން، ވާދޫ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އިންނަވައި ވާދޫގެ ބަނދަރުމަތީގައި ހުރި މީހަކާ ދިމާއަށް ޖާބިރު އަވަގުރާނަ ގޮވާ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ލަދުހުތުރު ބަސްތަކުން މީހަކާ ދިމާއަށް އޭނާ ހަޅޭއްލަވާ އަޑު އިވެއެވެ.

މީގެ ކުރިންވެސް މެމްބަރު ޖާބިރު އަވަގުރާނަ ގޮވާ އަޑާއިމަންޒަރު ފެންނަ ވީޑިއޯތައް ވަނީ ދައުރުވެފައެވެ.

އެޑިޓަރުގެ ނޯޓު: ޚަބަރުގައި ހަވާލާދީފައިވާ ވީޑިއޯ، މިޝާއިއުކުރުމުގައި ހިމަނާފައިނުވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ރ. ވާދޫ ލައިވްގެ އެޑިޓޯރިއަލް ޕޮލިސީގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ޝާއިކުރުމުގެ މިންގަނޑުތަކަށް ނުފެތޭތީއެވެ.

]]>
https://vaadhoo.live/6326/feed 0