އިބްރާހީމް ޝިފާޒް – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Wed, 14 Feb 2024 09:16:23 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png އިބްރާހީމް ޝިފާޒް – R. Vaadhoo Live https://vaadhoo.live 32 32 މަޖިލިސް އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފި https://vaadhoo.live/6533 https://vaadhoo.live/6533#respond Wed, 14 Feb 2024 09:12:15 +0000 https://vaadhoo.live/?p=6533

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފިއެވެ.

ޝިފާޒް ފޯމު ހުށަހެޅީ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށެވެ. ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ހުށަހެޅުމަށް ދަރުބާރުގެއަށް އަންގާރަ ދުވަހު އޭނާ ދިޔައީ އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއް އުނގޫފާރު ދާއިރާގެ ޒުވާނުންނާވެސް އެކުގައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު މިއަދު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ނުކުރާނެކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާއިރު ކޮންމެ ކެންޑިޑޭޓަކު ވެސް މުޅިން އަލަށް ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުއްވަންޖެހޭނެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ އެއެކައުންޓް މެދުވެރިކޮށްކަމަށާއި ހުރިހާ ޚަރަދެއް ކެންޑިޑޭޓުގެ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ. މީގެ އިތުރަށް އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތީންކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގާދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުވެސް ހުށަހަޅަން ޖެހޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

 

]]>
https://vaadhoo.live/6533/feed 0