އިސްލާމިކް އެފެއާޒް – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Mon, 24 Feb 2025 10:29:49 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png އިސްލާމިކް އެފެއާޒް – R. Vaadhoo Live https://vaadhoo.live 32 32 އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕަށް https://vaadhoo.live/7635 https://vaadhoo.live/7635#respond Mon, 24 Feb 2025 10:29:32 +0000 https://vaadhoo.live/?p=7635

ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮކްސީ ކުންފުނީގެ މެނޭޖަރ މުޙައްމަދު އައިހަމް އަޙްމަދު ޝާހިދުއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ ދެ ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ކުރިން ވިނައިލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ ”އަހާ ފޯރަމް“ގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

”އުނގޫފާރު އިސްލާމިކް ސެންޓަރުގައި އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން ކާޕެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެން“

މި މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

]]>
https://vaadhoo.live/7635/feed 0
ވާދޫ މަސްޖިދް އުޘްމާން ބުން ޢައްފާން ހުޅުވައިފި https://vaadhoo.live/4606 https://vaadhoo.live/4606#respond Mon, 26 Dec 2022 15:26:59 +0000 https://vaadhoo.live/?p=4606

މިސަރުކާރުން ރ. ވާދޫގައި އަަލަށް އިމާރާތްކުރި ހުކުރު މިސްކިތް ”މަސްޖިދް އުޘްމާން ބުން ޢައްފާން“ ރަސްމީކޮށް ހުޅުވައިފިއެވެ. މިމިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީއެވެ.

ވާދޫ އައު ހުކުރު މިސްކިތް ހުޅުވުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާގައި މިނިސްޓަރ ޑރ. ޒާހިރުގެ އިތުރުން، އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ވާދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މިސްކިތް ހުޅުވައިދެއްވުމަށް ފަހު، ވާދޫގެ އައު ހުކުރު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދުކުރެއްވީ ވެސް ޑރ. އަޙްމަދު ޒާހިރުއެވެ.

އައު ހުކުރު މިސްކިތް ހުޅުވުމާއެކު ވާދޫ އުތުރު އަވަށުގައި ހުންނަ މަސްޖިދުލް ސަމާހާ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމިސްކިތް ދެން ހުޅުވާނީ މަރާމާތަށް ފަހު އަންނަ ރަމަޟާން މަހާއި ދިމާކޮށެވެ.

އައު މިސްކިތް ހުޅުވީ ވާދޫގައި އެންމެ ފުރަތަމަ ހުކުރު މިސްކިތެއް ބިނާކުރިތާ ގާތްގަނޑަކަށް 45 އަހަރު ފަހުންނެވެ. ވާދޫގައި އެންމެ ފުރަތަމަ ބިނާކުރެއްވި ހުކުރު މިސްކިތަކީ، މަސްޖިދުލް ޝަރީފްއެވެ. މީލާދީ ސަނަތުން 1977 ވަނަ އަހަރުން 1995 ވަނަ އަހަރަށް ވާދޫގައި ހުރި ހުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފްއެވެ. އެ އަށް ފަހު، މިސްކިތް ކުޑަވެގެން ހަމަ އެތަނުގައި އަލުން ޖާގަ ބޮޑުކޮށް އިމާރާތެއް އެޅިއެވެ. މިއަދު ވާދޫން ފެންނަ ހުރި ހުުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފްގެ ޖާގަ ކުޑަވެގެން އެޅި އިމާރާތެވެ. އައު އިމާރާތާއެކު މިސްކިތުގެ ނަން މަސްޖިދުލް ސަމާހާއަށް ބަދަލުކުރެވުނެވެ.

ތާރީޚު ދަންނަ ބޭފުޅުން ވިދާޅުވާ ގޮތުގައި. ވާދޫގައި ފުރަތަމަ އިމާރާތްްކުރެވުނު ހުކުރު މިސްކިތުގެ ޤިބްލަ ބެހެއްޓެވީ  މަޝްހޫރު ޙިސާބު ޢިލްމުވެރިޔާ އަލްމަރުޙޫމު ޢަބްދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތުއެވެ. މަސްޖިދުލް ސަމާހާ 27 އަހަރު ފުރުނު ފަހުން މިހާރު މި ވަނީ ވާދޫގައި މުޅިން އައު އިތުރު މިސްކިތެއް އަޅާފައެވެ. ސަރުކާރުގެ ޚަރަދުގައި އެޅި މިމިސްކިތާއެކު ވާދޫގެ ދެ އަވަށުގައި ވެސް ނަމާދުކުރާނެ މިސްކިތް ގާއިމުވީއެވެ.

ވާދޫގެ ދެކުނު އަވަށުގައި މީހުން އާބާދުވީން ސުރެ، އެ ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ޝަކުވާ އާންމުން ކުރެއެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްވަރު މާ ދުރުގައި ހުންނަ މިސްކިތަކަށް ދާންޖެހުމުން އާންމުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އަލަށް ބިނާކުރި މިސްކިތް ހުންނަނީ ވާދޫ ދެކުނު އަވަށުގައެވެ. ވާދޫގައި އަދުގެ ސަރުކާރުން ފަންޑުކޮށްގެން އަލަށް ބިނާކުރި މިސްކިތުގެ ނަމަކަށް ”މަސްޖިދުލް އަލިކިލެގެފާނު“ގެ ނަމުން ނަން ދިނުމަށް ވާދޫ ކައުންސިލުން މަސައްކަތް ކުރިއެވެ. ނަމަވެސް ރައްޔިތުންގެ ރުހުން ނެތި ކުރުމަށް ނިންމި އެކަން ކާމިޔާބުވާ ގޮތް ނުވިއެވެ.

ވާދޫ ކައުންސިލުން މި ނަން ކިޔުމަށް ނިންމާފައިވަނީ އެ ކައުންސިލްގެ 38ވަނަ އާއްމު ޖަލްސާގައި ނެގުނު ވޯޓުން ފާސްކުރެވިގެންނެވެ. މިކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ ވަނީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު އަރުޝަދު އާންމު ކުރައްވާފައެވެ. ޔައުމިއްޔާގައި ވާ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވީ ކައުންސިލްގެ ރައީސް ހުސައިން ޢަލީ އާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ އަންހެން މެންބަރު އައިޝަތު ނުހާއެވެ. ކައުންސިލް މެންބަރު އާއިޝަތު ނުހާ ހުށައަޅާފައިވާ އެ ނަން މިސްކިތަށް ކިޔުމަށް ފާސްކޮށްފައި ވަނީ ކައުންސިލްގެ ރައީސް ހުސައިން އަލީ އާއި ކައުންސިލް މެންބަރު އާއިޝަތު ނުހާގެ ވޯޓާއި އެކުއެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބް ރައީސް އަހުމަދު އަދުޝަދު ވެސް ވަނީ ނަމެއް ހުށައަޅާފައެވެ. އަރުޝަދު ހުށައަޅާފައިވާ ނަމަކީ ”މަސްޖިދުލް ތަޢުބާ“ މި ނަމެވެ. ކައުންސިލުން ކިޔަން މަސައްކަތްކުރި ނަން ނިސްބަތް ވަނީ ވާދޫ ކައުންސިލްގެ ރައީސްގެ ކާފާފުޅު ޢަލީ ޔޫސުފަށެވެ.

ވާދޫގައި މިސްކިތް އެޅުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން، މިނިސްޓްރީން ނިންމީ އެއްބަސްވުން ބާތިލުކޮށް، އެހެން ކުންފުންޏަކާ ހަވާލުކުރުމަށެވެެ. މި ގޮތުން، އެހެން ކުންފުންޏަކާއި ހަވަާލުކުރެވިގެން މި މިސްކިތުގެ ޢަމަލީ މަސައްކަތް ދެން ފަށާފައި ވަނީ 6 ޖުލައި 2021ގައެވެ.

ވާދޫގައި މިސްކިތެއް އަޅައިދިނުމަށް 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވައުދުވިއެވެ. ނަމަވެސް، އޭރު މިސްކިތެއް އެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިއެއް ނުވެއެވެ.

]]>
https://vaadhoo.live/4606/feed 0
ވާދޫ އާ މިސްކިތުގެ ހުރިހާ މަސައްކަތެއް މި މަހު ނިމޭނެ: އިސްލާމިކް މިނިސްޓްރީ https://vaadhoo.live/4403 https://vaadhoo.live/4403#respond Tue, 03 May 2022 20:30:19 +0000 https://vaadhoo.live/?p=4403

ރ. ވާދޫގައި އަލަށް އިމާރާތްކޮށްފައިވާ ހުކުރު މިސްކިތުގެ އަމަލީ މަސައްކަތް މި މަހުގެ ނިއަލަށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރާ ހަވާލާދީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެތި، ”މަސްޖިދުލް އަލިކިލޭގެފާނު“ގެ ނަން ދިނުމަށް ވާދޫ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މިހާރު ކުރިއަށް ދަނީ ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މިސްކިތް ސާފުކުރުމުގެ މަސައްކަތެވެ.

ވާދޫގައި މިސްކިތް އެޅުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ.

ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން، މިނިސްޓްރީން ނިންމީ އެއްބަސްވުން ބާތިލުކޮށް، އެހެން ކުންފުންޏަކާ ހަވާލުކުރުމަށެވެެ.

މި ގޮތުން، އެހެން ކުންފުންޏަކާއި ހަވަާލުކުރެވިގެން މި މިސްކިތުގެ ޢަމަލީ މަސައްކަތް ދެން ފަށާފައި ވަނީ 6 ޖުލައި 2021ގައެވެ.

ވާދޫގައި މިސްކިތެއް އަޅައިދިނުމަށް 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވައުދުވިއެވެ. ނަމަވެސް، އޭރު މިސްކިތެއް އެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިއެއް ނުވެއެވެ.

މިއީ ރ. ވާދުގައި ބިނާކުރި ދެވަނަ މިސްކިތެވެ.

ވާދޫގައި އެންމެ ފުރަތަމަ ބިނާކުރި ހުކުރު މިސްކިތަކީ، އުތުރު އަވަށުގައި ބިނާކުރި މަސްޖިދުލް ޝަރީފްއެވެ. 1977ން 1995ށް ވާދޫގައި ހުރި ހުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފްއެވެ.

އެއަށްފަހު، މިސްކިތް ކުޑަވެގެން ހަމަ އެތަނުގައި އަލުން މިސްކިތެއް އިމާރާތް ކުރިއެވެ.

މިއަދު ވާދޫ އުތުރު އަވަށުން ފެންނަން ހުރި ހުުކުރު މިސްކިތަކީ މަސްޖިދުލް ޝަރީފް އަށްފަހު، އިމާރާތްކުރެވުނު މަސްޖިދުލް ސަމާހާއެވެ.

ވާދޫގެ ދެކުނު އަވަށުގައި މީހުން އާބާދުވީން ސުރެ، އެ ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ޝަކުވާ އާންމުން ކުރެއެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްވަރު މާ ދުރުގައި ހުންނަ މިސްކިތަކަށް ދާންޖެހުމުން އާންމުންނަށް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އަލަށް ބިނާކުރި މިސްކިތް ހުންނަނީ ވާދޫ ދެކުނު އަވަށުގައެވެ.

ވާދޫގައި އަދުގެ ސަރުކާރުން ފަންޑުކޮށްގެން އަލަށް ބިނާކުރި މިސްކިތުގެ ނަމަކަށް ”މަސްޖިދުލް އަލިކިލެގެފާނު“ގެ ނަމުން ނަން ދިނުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ވާދޫ ކައުންސިލުން މި ނަން ކިޔުމަށް ނިންމާފައިވަނީ އެ ކައުންސިލްގެ 38ވަނަ އާއްމު ޖަލްސާގައި ނެގުނު ވޯޓުން ފާސްކުރެވިގެންނެވެ.

މިކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ ވަނީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު އަރުޝަދު އާންމު ކުރައްވާފައެވެ.

ޔައުމިއްޔާގައި ވާ ގޮތުން މި ބައްދަލުވުމުގައި ބައިވެރިވީ ކައުންސިލްގެ ރައީސް ހުސައިން ޢަލީ އާއި ނާއިބް ރައީސްގެ އިތުރުން ކައުންސިލްގެ އަންހެން މެންބަރު އައިޝަތު ނުހާއެވެ.

ކައުންސިލް މެންބަރު އާއިޝަތު ނުހާ ހުށައަޅާފައިވާ އެ ނަން މިސްކިތަށް ކިޔުމަށް ފާސްވެފައި ވަނީ ކައުންސިލްގެ ރައީސް ހުސައިން އަލީ އާއި ކައުންސިލް މެންބަރު އާއިޝަތު ނުހާގެ ވޯޓާއި އެކުއެވެ.

އެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބް ރައީސް އަހުމަދު އަދުޝަދު ވެސް ވަނީ ނަމެއް ހުށައަޅާފައެވެ. އަރުޝަދު ހުށައަޅާފައިވާ ނަމަކީ ”މަސްޖިދުލް ތަޢުބާ“ މި ނަމެވެ.

ކައުންސިލުން މިހާރު ފާސްކޮށްފައިވާ ނަން ނިސްބަތް ވަނީ ވާދޫ ކައުންސިލްގެ ރައީސްގެ ކާފާފުޅު ޢަލީ ޔޫސުފަށެވެ.

]]>
https://vaadhoo.live/4403/feed 0
އުނގޫފާރު އިސްލާމީ މަރުކަޒު ހުޅުވައިފި https://vaadhoo.live/4248 https://vaadhoo.live/4248#respond Fri, 17 Dec 2021 21:24:19 +0000 https://vaadhoo.live/?p=4248

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ އުނގޫފާރު އިސްލާމީ މަރުކަޒު ނުވަތަ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ.

އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މި މަރުކަޒުގައި 4 ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މި މަރުކަޒު ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދުއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޝާހިދެވެ. އެއީ 02 މާރިޗު 2017 ވަނަ ދުވަހުއެވެ.

މިސްކިތް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 02 މާރިޗު 2017 އަދި ނިމިފައިވަނީ 10 ޖަނަވަރީ 2020 ދުވަހުއެވެ.

”މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީ“ މި ނަމުން، މިސްކިތަށް ނަން ދެއްވާފައިވަނީ ޝަހީދުކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް ޢަލީގެ ހަނދާނުގައެވެ.

]]>
https://vaadhoo.live/4248/feed 0
ރ. ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އޮކްޓޫބަރު މަހު ނިމޭނެ https://vaadhoo.live/2981 https://vaadhoo.live/2981#respond Mon, 24 May 2021 20:55:03 +0000 https://vaadhoo-live.stackstaging.com/?p=2981

ހުއްޓިފައިވާ ރ. ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އޮކްޓޫބަރު މަހު ނިމޭނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ލަފާކޮށްފިއެވެ.

ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތަފްސީލާއި އަދާހަމަ އާންމުކުރަމުންދާ އައިލްސް ވެބްސައިޓުގައި ވާ ގޮތުން މި މަސައްކަތް އަލުން ފެށޭނެ ކަމަށް ލަފާކުރެވެނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިސްކިތުގެ އަމަލީ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް

ވާދޫ މިސްކިތުގެ މަސައްކަތް 4.46 މިލިއަން ރުފިޔާ އަށް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވާއިރު މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔަ އިރު، އެ ތަނުގެ މަސައްކަތް ވަނީ ނުނިމިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެސްކޮންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝައުކަތު އަހުމަދު ދީދީ އެވެ.

މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.

އެނގިފައިވާ ގޮތުގައި މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އެސްކޮން ބިލްޑާރސް ކުންފުނިން މުވައްޒަފުންނަށް އުޖޫރަ ނުދޭ މައްސަލައިގައެވެ. އަދި މަސައްކަތް ލަސްވުމާ ގުޅިގެން ސަރުކާރުން ވަނީ އެސްކޮންއާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފައެވެ.

ނަމަވެސް، އެ ކުންފުނިން ވެސް އަދި މި މަސައްކަތް ކުރިއަށް ނުގެންދާކަން ފާހަގަކޮށްލެވެއެވެ.

މި މަސައްކަތަށް ޖުމުލަ 5445396.00 ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

]]>
https://vaadhoo.live/2981/feed 0
ރ. ވާދޫގައި 150 ދުވަހުން އަޅަން ބުނި މިސްކިތް ނޭޅި 490 ދުވަސް! https://vaadhoo.live/2425 https://vaadhoo.live/2425#respond Thu, 04 Mar 2021 22:57:08 +0000 https://vaadhoo-live.stackstaging.com/?p=2425

ރ. ވާދޫގައި މުޅިން އާ މިސްކިތެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ވާދޫ މިސްކިތުގެ މަސައްކަތް 4.46 މިލިއަން ރުފިޔާ އަށް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފައިވާއިރު މަސައްކަތް ނިންމުމަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި މި އަދަށް 490 ދުވަސް ވާއިރު، އެ ތަނުގެ މަސައްކަތް ވަނީ ނުނިމިއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އަދި އެސްކޮންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝައުކަތު އަހުމަދު ދީދީ އެވެ.

މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.

ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.

އެނގިފައިވާ ގޮތުގައި މިސްކިތުގެ މަސައްކަތް ލަސްވެފައި ވަނީ އެސްކޮން ބިލްޑާރސް ކުންފުނިން މުވައްޒަފުންނަށް އުޖޫރަ ނުދޭ މައްސަލައިގައެވެ. އަދި މަސައްކަތް ލަސްވުމާ ގުޅިގެން ސަރުކާރުން ވަނީ އެސްކޮންއާއެކު ވެފައިވާ ކޮންޓްރެކްޓް އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައެވެ.

]]>
https://vaadhoo.live/2425/feed 0