ފުޓްސަލް – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Thu, 02 Jan 2025 17:24:59 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ފުޓްސަލް – R. Vaadhoo Live https://vaadhoo.live 32 32 އެއްވެސް މެޗަކުން ބަލިނުވެ ފްލައިން ޑަޗްމޭން ފައިނަލަށް! https://vaadhoo.live/7470 https://vaadhoo.live/7470#respond Thu, 02 Jan 2025 17:24:33 +0000 https://vaadhoo.live/?p=7470

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25 ގެ އެންމެ ފަހު މެޗު ކާމިޔާބުކޮށް، އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކު ފްލައިން ޑަޗްމެން ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި އެ ޓީމުން އެންމެ ފުރަތަމަ މޮޅެއް ހޯދީ، ނިއުބޯން އެފްސީގެ މައްޗަށް ގަދަވެގެންނެވެ.

މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ. އަދި އެ ޓީމުން ކުޅުނު ފަހު މެޗުގައި ބްލެކް ފެންޓަސީ ބަލިކޮށް ފައިނަލަށް ދަތުރުކުރީ 5-4 ގެ ހަނި ފަރަގަކުންނެވެ.

މިމުބާރާތުގެ ފައިނަލްގައި ފްލައިން ޑަޗްމެން ނުކުންނާނީ ނިއުބޯން އެފްސީއާ ދެކޮޅަށެވެ. މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.

ނަމަވެސް، ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދީއެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

 

]]>
https://vaadhoo.live/7470/feed 0
ފްލައިން ޑަޗްމެން ފެށީ ގޯލް ފުންޏަކުން، ދެވަނަ ހާފުގައި ގޯލްތައް ތަޅުލެވިފައި! https://vaadhoo.live/7464 https://vaadhoo.live/7464#respond Wed, 01 Jan 2025 13:56:26 +0000 https://vaadhoo.live/?p=7464

ރ. ވާދޫގައި މިހާރު ކުރިއަށްދާ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދައިފިއެވެ.

މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ.

ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމުން ވެސް ކުޅުނީ އެޓޭކިން ގޭމެކެވެ. މިމެޗުގައި ޖެހި އެއް ލަނޑު ފިޔަވައި ހުރިހާ ލަނޑެއް ވެސް ކާމިޔާބުކުރެވުނީ ފުރަތަމަ ހާފުގައެވެ. އެ ހާފު ނިމުނީ 2-8 ގެ ނަތީޖާއަކުންނެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް، އެންމެ ފުރުސަތެއް ފިޔަވައި ފުރުސަތުތައް ބޭކާރުވެ، މެޗު ނިންމާލަން ޖެހުނީ 3-8 ގެ ނަތީޖާއަކުންނެވެ.

ނިއުބޯން އެފްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ނަމަވެސް ހާފުގެ ގިނަ ވަގުތު ދެ ޓީމަށް ވެސް ގޯލް ބަންދުވިއެވެ.

ދެވަނަ މެޗުން ބަލިވި ނަމަވެސް މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގައި މާދަމާ ހަވީރު ކުޅޭނީ ފްލައިން ޑަޗްމެން އާއި ބްލެކް ފެންޓަސީއެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ތިން ވަނަ މެެޗު ފަށާނީ ހަވީރު 4:45ގައި ރ. ވާދޫ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

]]>
https://vaadhoo.live/7464/feed 0
ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން ފެށުން ރަނގަޅުކޮށްފި https://vaadhoo.live/7456 https://vaadhoo.live/7456#respond Tue, 31 Dec 2024 15:20:39 +0000 https://vaadhoo.live/?p=7456

މިއަދު ފެށި ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ހާފު ނިމެން ހަތަރު ވަރަކަށް މިނިޓަށްވެފައި ވަނިކޮށް ބްލެކް ފެންޓަސީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށް އެ ޓީމުން ހިންދެމިލިއެވެ.

ނަމަވެސް، ހާފުގެ ފަހު ވަގުތުކޮޅު ނިއުބޯން އެފްސީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ކުޅިބަލަން ތިބި އެ ޓީމުގެ ސަޕޯޓަރުންނަށް އިތުރު އުންމީދެއް ލިބިގެންދިޔައީ އެ ހާފު ނިމެން ގާތްވެފައި ވަނިކޮށް އިތުރު ލަނޑަކުން ނަތީޖާ ހަމަހަކުރުމުންނެވެ.

ދެވަނަ ހާފު ފަށައިގެން ފުރަތަމަ ހަތަރު މިނިޓުގެ ތެރޭގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ހާފުގެ މެދުތެރޭ އިތުރު ލަނޑެއް ޖަހައި ނިއުބޯން އެފްސީން މެޗުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި ފަހަތުން އަރައި ލީޑު ނެގި ނިއުބޯން އެފްސީން 6 ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށެވެ.

މެޗު ނިމުނީ ބްލެކް ފެންޓަސީން ޖެހި އިތުރު ލަނޑަކާއެކު 6-3 ގެ ނަތީޖާއަކުންނެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕްގެ ކުރިއަށް ހުރި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

1 ޖެނުއަރީ 2025 – ހަވީރު 4:45

ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން

2 ޖެނުއަރީ 2025 – ހަވީރު 4:45

ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

އިތުރު ފޮޓޯތައް:

 

]]>
https://vaadhoo.live/7456/feed 0
ފުޓަސަލްކަޕް ނިމެންދެން ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ހުއްދަ އޮތް ފަރާތްތަކަށް: ވާދޫ ކައުންސިލް https://vaadhoo.live/7451 https://vaadhoo.live/7451#respond Mon, 30 Dec 2024 18:03:45 +0000 https://vaadhoo.live/?p=7451

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ނިމެންދެން ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ހުއްދަ އޮތް ފަރާތްތަކަށް ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން އިންތިޒާމުކޮށް، އެސް.ނާ އިންވެސްޓްމަންޓްސް އިން ހޯސްޓުކުރާ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25ގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރު 2024 ވަނަ ދުވަހުގެ ހަވީރުއެވެ.

ވާދޫ ކައުންސިލުން ބުނީ، މުބާރާތުގެ ތައްޔާރީތަކާއި މުބާރާތުގެ މެޗުތައް ކުޅުމަށް، ފުޓްސަލް ދަނޑު އާންމުކޮށް ބޭނުންކުރުން ވަގުތީ ގޮތުން ބަންދުކުރާ ކަމަށެވެ. މިމުބާރާތް ނިމެންދެން ދަނޑު ބޭނުންކުރަންވާނީ ހުއްދަ ދީފައިވާ ފަރާތްތަކުން އެކަނި ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި މުބާރާތް ނިމުމުން، ފުޓްސަލް ދަނޑު އާންމުކޮށް ހުޅުވާލާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:

31 ޑިސެމްބަރު 2024 – ހަވީރު 4:45

ބްލެކް ފެންޓަސީ | ނިއުބޯން އެފްސީ

1 ޖެނުއަރީ 2025 – ހަވީރު 4:45

ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން

2 ޖެނުއަރީ 2025 – ހަވީރު 4:45

ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދޭނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.

]]>
https://vaadhoo.live/7451/feed 0
ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ރ. ވާދޫ ލައިވްއަށް ދޭން ނިންމައިފި https://vaadhoo.live/7407 https://vaadhoo.live/7407#respond Wed, 18 Dec 2024 18:52:23 +0000 https://vaadhoo.live/?p=7407

ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ރ. ވާދޫ ލައިވްއަށް ދޭން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން މިގޮތަށް ނިންމީ، ރ. ވާދޫ ލައިވްގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ އައިމިނަތު އާލާ ޢަލީ ސޮއިކުރައްވައި، އެ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެ ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުއެވެ.

ރ. ވާދޫ ލައިވްއިން ޝައުގުވެރިކަން ފާޅުކުރީ އިޖުތިމާޢީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް މުބާރާތުގެ ކަވަރޭޖްގެ މަސައްކަތް ކޮށްދިނުމަށެވެ.

އެ ކައުންސިލުން ބުނީ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ރ. ވާދޫ ލައިވްއަށް ދިނުމަށް
ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ހިލޭ ސާބަހަށް މިކަން ކޮށްދިނުމަށް އިސްވެ ހުށަހެޅުމުން، އެ ކައުންސިލުން ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މި މުބާރާތް އޮންނާނީ، 2024 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހު ރ. ވާދޫ ފުޓްސަލް ގްރައުންޑްގައެވެ.

]]>
https://vaadhoo.live/7407/feed 0
ރ. އަތޮޅުގެ އެންމެ ހައިބަތު ބޮޑު ފުޓްސަލް މުބާރާތް އޮކްޓޫބަރުމަހު ފަށަނީ https://vaadhoo.live/7192 https://vaadhoo.live/7192#respond Thu, 27 Jun 2024 19:44:39 +0000 https://vaadhoo.live/?p=7192

ރ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ބާއްވާ މުބާރާތްކުގެ ތާރީޚުތައް ކަނޑައަޅައި ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.

ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.

އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހުއެވެ.

]]>
https://vaadhoo.live/7192/feed 0
އިންސްޓަފުޓް 2024ގެ ޗެމްޕިއަންކަން ދުވާފަރު ފުލުހުންނަށް! https://vaadhoo.live/7031 https://vaadhoo.live/7031#respond Tue, 28 May 2024 16:30:36 +0000 https://vaadhoo.live/?p=7031

އިންސްޓަފުޓް 2024ގެ ޗެމްޕިއަންކަން ރ. ދުވާފަރު ފުލުހުން ހޯދައިފިއެވެ.

ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް އެކުވެރިކަން ދެމިހެއްޓުމައްޓަކައި ”އިންސްޓަފުޓް 2024“ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ދުވާފަރާއި ރ. މަޑުއްވަރީ ފުލުހުންނެވެ.

މެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި ދުވާފަރު ފުލުހުން އުފުލާލީ 6-4 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި، ރ. އަލިފުށި، ރ. ހުޅުއްދޫފާރު، ރ. އިނގުރައިދޫ، ރ. އުނގޫފާރު، ރ. ދުވާފަރު އަދި ރ. މީދޫގެ އިތުރުން ރ. މަޑުއްވަރީގެ ފުލުހުން ބައިވެރިވިއެވެ.

]]>
https://vaadhoo.live/7031/feed 0
ޒޯން ޗެމްޕިއަންކަން ހޯދައި ދުވާފަރު، ރ. އަތޮޅު ފަޚުރުވެރިކޮށްދީފި https://vaadhoo.live/6561 https://vaadhoo.live/6561#respond Sun, 25 Feb 2024 00:28:44 +0000 https://vaadhoo.live/?p=6561

ރާއްޖޭގައި ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ގޯލްޑަން ފުޓްސަލް ޗެލެންޖު“ގެ މިއަހަރުގެ މުބާރާތުގެ ޒޯން-2ގެ ފައިނަލުގައި ނ. ކެނދިކުޅުދޫ ބަލިކޮށް ރ. ދުވާފަރުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ވާދަޗެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ދުވާފަރުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންއެވެ.

މިމުބާރާތުގެ ޒޯން ބުރުގެ ފައިނަލުން ކެނދިކުޅުދޫ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދުވާފަރު ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ހުޅުމާލޭ ރެހެނދި ޓާފް ދަނޑުުތަކުގެ 2 ނަމްބަރު ދަނޑުގައި، ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދުވާފަރުން ލީޑު ނެގިއެވެ. ދެޓީމުގެ ފަރާތުންވެސް މިހާފުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އިސްމާއިލް އީސާގެ ލަނޑަކުން ދުވާފަރުން ނެގި ލީޑު ހާފު ނިމެންދެން ހިފަހައްޓާލިއެވެ.

ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދުވާފަރުން ކުޅުނީ ވަރުފަދަ އެޓޭކިން ގޭމެކެވެ. ކުދި ޕާސްކޮށްގެން ކުޅުނު އެޓޭކިން ގޭމުން އުފެއްދި ބާރުގަދަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ދުވާފަރުން ޖެހި ދެވަނަ ލަނޑަކީ އާދަމް އިލްޔަސައުގެ ހިތްގައިމު ލަނޑެކެވެ.

އެ ލަނޑާއެކު މާޔޫސްކަން ގެނުވި ނަމަވެސް ވިދިގެން އައި މިނިޓުގައި ކެނދިކުޅުދޫއިން ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ މުހައްމަދު އައްޒާމްއެވެ.

ފަރަގު ކުޑަކޮށްފައި ވަނިކޮށް މިމެޗުގައި ދުވާފަރުން ކާމިޔާބުކުރި ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި އިސްމާއިލް އީސާ ޖެހިއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު އިޝާމްއެވެ.

މެޗުގެ ކުޅުން ނިމުނީ 4-1 ގެ ނަތީޖާއަކުން ދުވާފަރު މޮޅުވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އިސްމާއިލް އީސާއެވެ.

]]>
https://vaadhoo.live/6561/feed 0
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023: ފަށާ ތާރީޚު ފަސްކޮށް، މުބާރާތް އިންނަމާދޫއަށް ބަދަލުކޮށްފި https://vaadhoo.live/5480 https://vaadhoo.live/5480#respond Wed, 06 Dec 2023 20:43:51 +0000 https://vaadhoo.live/?p=5480

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް، ރ. އުނގޫފާރުގައި ހޯސްޓުނުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ނިންމުމުން އެ މުބާރާތް ރ. އިންނަމާދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އަތޮޅުގެ ވެރިކަންކުރާ އުނގުފާރުގެ ރަށު ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. އަދި މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެރަށުގެ ގިނަ އަދަދެއްގެ މީހުން އެކަމާ މެދު ނުރުހޭތީ ކަމަށެވެ

އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.

އުނގޫފާރު ކައުންސިލްގެ މިނިންމުމާއެކު ރ، އަތޮޅު ކައުންސިލުންވަނީ އެ ރަށުގައި މުބާރާތް ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

ރ. އަތޮޅު ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ދިމާވި ގިނަ ގޮންޖެހުންތަކުގެ ސަބަބުން 15 ޑިސެމްބަރ 2023 ގައި ފެށުމަށް ތާވަލުކުރި ރ. އަތޮޅު ފުޓްސަލް މުބާރާތް މިމަހުގެ 23 ވަނަ ދުވަހު ފަށާގޮތަށް ފަސްކޮށް، މުބާރާތް އިންނަމާދޫގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި މުބާރާތާ ގުޅޭ ގޮތުން، ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ސުންގަޑި މިދިޔަމަހުގެ 23 ވަނަ ދުވަހު ހަމަވިއިރު، ޖުމުލަ އަށް ރަށަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގައި ވާދަކުރަން ހުށަހެޅި ރަށްތައް:

  1. ރ. އަލިފުށި
  2. ރ. ރަސްމާދޫ
  3. ރ. ދުވާފަރު
  4. ރ. އިންނަމާދޫ
  5. ރ. މަޑުއްވަރީ
  6. ރ. އުނގޫފާރު
  7. ރ. އިނގުރައިދޫ
  8. ރ. މީދޫ

މިދިޔަ އަހަރުގެ މުބާރާތުގައި ރ. ވާދޫއިން ވާދޫ އެފްސީ ބައިވެރިވި ނަމަވެސް، ކުޅުންތެރިންގެ ފިޓްނަސް މަައްސަލަތައް ހުރުމުން، މުބާރާތުގައި އެންމެ ރަނގަޅު ޕަފޯމަންސް ނުދެއްކޭނެތީ ވާދޫ އެފްސީ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވެއެވެ.

މިދިޔަ އަހަރު ބޭއްވި. ރ. އަތޮޅު ފުޓްސަލް މުބާރާތުން މުބާރާތުން ޗެލެންޖުން ޗެމްޕިއަންކަން ހޯދީ ރ. އިނގުރައިދޫއާ ވާދަކޮށް މިއަތޮޅު ދުވާފަރެވެ.

ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.

]]>
https://vaadhoo.live/5480/feed 0
ރ. އަތޮޅު ފުޓްސަލް މުބާރާތް 2023: އުންގޫފާރުގައި ހޯސްޓްނުކުރެވޭނެ ކަމަށް އެރަށު ކައުންސިލުން ނިންމައިފި https://vaadhoo.live/5232 https://vaadhoo.live/5232#respond Wed, 29 Nov 2023 23:51:53 +0000 https://vaadhoo.live/?p=5232

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް، ރ. އުނގޫފާރުގައި ހޯސްޓުނުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އަތޮޅުގެ ވެރިކަންކުރާ އުނގުފާރުގެ ރަށު ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. އަދި މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެރަށުގެ ގިނަ އަދަދެއްގެ މީހުން އެކަމާ މެދު ނުރުހޭތީ ކަމަށެވެ

އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.

އުނގޫފާރު ކައުންސިލްގެ މިނިންމުމާއެކު ރ، އަތޮޅު ކައުންސިލުންވަނީ އެ ރަށުގައި މުބާރާތް ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ. އަދި މުބާރާތް ހޯސްޓުކުރާނެ ރަށެއް، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ފަހުން އިއުލާންކުރާނެ ކަމަށް އަތޮޅު ކައުންސިލުންވަނީ ބުނެފައެވެ.

މި މުބާރާތާ ގުޅޭ ގޮތުން، ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ސުންގަޑި މިމަހުގެ 23 ވަނަ ދުވަހު ހަމަވިއިރު، ޖުމުލަ އަށް ރަށަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގައި ވާދަކުރަން ހުށަހެޅި ރަށްތައް:

  1. ރ. އަލިފުށި
  2. ރ. ރަސްމާދޫ
  3. ރ. ދުވާފަރު
  4. ރ. އިންނަމާދޫ
  5. ރ. މަޑުއްވަރީ
  6. ރ. އުނގޫފާރު
  7. ރ. އިނގުރައިދޫ
  8. ރ. މީދޫ

މިދިޔަ އަހަރުގެ މުބާރާތުގައި ރ. ވާދޫއިން ވާދޫ އެފްސީ ބައިވެރިވި ނަމަވެސް، ކުޅުންތެރިންގެ ފިޓްނަސް މަައްސަލަތައް ހުރުމުން، މުބާރާތުގައި އެންމެ ރަނގަޅު ޕަފޯމަންސް ނުދެއްކޭނެތީ ވާދޫ އެފްސީ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވެއެވެ.

މިމުބާރާތުގައި ވާދަކުރުމަށް އަށް ރަށަކުން ހުށަހެޅިއިރު، މުބާރާތް ހޯސްޓުކުރުމަށް ހުށަހަޅަން ހުޅުވާލުމުން އެއްވެސް ރަށަކުން ޝައުގުވެރިކަން ހުށަހަޅާފައި ނުވެއެވެ.

މިއަހަރު އޮތް ރ. އަތޮޅު ހޭންޑްބޯލް ޓޯނަމެންޓް 2023 ވެސް ހޯސްޓުކުރަން ޝައުގުވެރިކަން ފާޅުކުރި ރަށެއް ނެތުމުން، އެމުބާރާތް ބޭއްވީ އުނގޫފާރުގައެވެ. އެމުބާރާތް އެ ރަށުގައި ބާއްވައިގެން ވެސް ރަށުގެ ބައެއް އާންމުން ނުރުހުން ފާޅުކުރިއެވެ. ހާއްސަކޮށް އެ ދަނޑުގައި ކުޅިވަރުކުޅޭ ޒުވާނުންގެ ނުރުހުން އޭރު އަތޮޅު ކައުންސިލަށް އަމާޒުވިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވި ގޮތުގައި، އެމުބާރާތް އެރަށުގައި ބާއްވަން ނިންމީ، އަތޮޅުގެ މެދުތެރޭގައި އޮވެފައި، ރ. އަތޮޅުގެ ކޮންމެ ބިތަކުންވެސް ފެރީގެ ނިޒާމުން ގުޅާލެވިފައިވާ، ފަސޭހައިން ދަތުރުކުރެވޭނެ ރަށަކަށްވާތީއެވެ.

މިދިޔަ އަހަރު ބޭއްވި. ރ. އަތޮޅު ފުޓްސަލް މުބާރާތުން މުބާރާތުން ޗެލެންޖުން ޗެމްޕިއަންކަން ހޯދީ ރ. އިނގުރައިދޫއާ ވާދަކޮށް މިއަތޮޅު ދުވާފަރެވެ.

ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.

]]>
https://vaadhoo.live/5232/feed 0