ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Mon, 29 Jan 2024 14:59:50 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ – R. Vaadhoo Live https://vaadhoo.live 32 32 އެމްޑީޕީން ބާއްވާ މަޖިލިސް ޕްރައިމަރީ ފެބްރުއަރީމަހުގެ ތިނެއްގައި https://vaadhoo.live/6315 https://vaadhoo.live/6315#respond Mon, 29 Jan 2024 14:59:50 +0000 https://vaadhoo.live/?p=6315

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެޕާޓީން ބާއްވާ މަޖިލިސް ޕްރައިމަރީ ފެބްރުއަރީމަހުގެ ތިނެއްގައި ބޭއްވުމަށް ނިންމައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން މިހާރު ވަނީ އެ ޕާޓީން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުގައެވެ.

ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 36 މީހަކު ވަނީ ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓް ކަށަވަރުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިނުލާތީއެވެ.

މީގެ ކުރިން އެމްޑީޕީން ބުނެފައި އޮތީ ޕްރައިމަރީ ބާއްވާނީ މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.

މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ކާމިޔާބުކުރަންޖެހެއެވެ.

]]>
https://vaadhoo.live/6315/feed 0