ސިޔާސީ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Sun, 21 Apr 2024 16:04:59 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ސިޔާސީ – R. Vaadhoo Live https://vaadhoo.live 32 32 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް! https://vaadhoo.live/6828 https://vaadhoo.live/6828#respond Sun, 21 Apr 2024 16:04:53 +0000 https://vaadhoo.live/?p=6828

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މީގެ ކުރިން އެމްޑީޕީން ކާމިޔާބު ކުރަމުން އައި އަދި ދާއިމީކޮށް ދިފަޢުކުރަމުން ދިޔަ ބައެއް ގޮނޑިތައްވެސް ކޮންގްރެސް ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓިއާއި މާލެ ސިޓީގެވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނެވެ.

]]>
https://vaadhoo.live/6828/feed 0
ނަމޫނާ ދައްކަވައި ޖިނާހު ބިގޭގެ ފަހަތަށް! https://vaadhoo.live/6475 https://vaadhoo.live/6475#respond Sat, 03 Feb 2024 18:20:48 +0000 https://vaadhoo.live/?p=6475

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވޯޓުން ކުރި ހޯއްދަވައި، އަލިފުށީ ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ތަޙުނިޔާ ދަންނަވައި މިއިންތިޚާބުގައި ބިގޭއާ ވާދަކުރެއްވި އަލީ ޖިނާހު ނަމޫނާ ދައްކަވައިފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު ޖިނާހު ވަނީ ބަލި ގަބޫލުކުރައްވައި ބިގޭއަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ބިގޭގެ ފަހަތަށް އަރުއްވައި، މިއިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ޖިނާހު ވިދާޅުވިއެވެ.

މިއަދު އޮތް މަޖިލިސް ޕްރައިމަރީގައި ބިގޭގެ އިތުރުން ދެން އިތުރު ދައުރަކަށް ވާދަކުރުމަށް ޓިކެޓު ލިބިވަޑައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)ގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު އަދި މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހާރޫނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަށެވެ.

ޕްރައިމަރީގައިގައި ފޭދޫ އުތުރު ދާއިރާއަށް ވާދަލުކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވީ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު، އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ)، ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒު، ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ.

މިއަދުގެ އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަލިފުށީ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވީ 287 ވޯޓު ހޯއްދަވައިގެންނެވެ. މި ދާއިރާއަށް ދެން ވާދަކުރެއްވި އަލީ ޖިނާހުއަށް ލިބިވަޑައިގެންނެވީ 53 ވޯޓެވެ.

ހަނިމާދޫ ދާއިރާގެ ޓިކެޓު، ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު މެމްބަރުކަން ކުރެއްވި އަބްދުލްގަފޫރު ކާމިޔާބު ކުރެއްވީ 363 ވޯޓު ހޯއްދަވައިގެންނެވެ. މި ދާއިރާގެ ޓިކެޓަށް ދެން ވާދަ ކުރެއްވި އަލީ ސިނާންއަށް ލިބިވަޑައިގެންނެވީ 117 ވޯޓެވެ.

ކިނބިދޫ ދާއިރާގެ މިހާރު ވެސް މެންބަރުކަން ކުރައްވާ މުހައްމަދު ނާޝިޒު ވަނީ މި ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. ނާޝިޒުއަށް ވަނީ އެ ދާއިރާއަށް ވޯޓުލީ 352 މީހުންގެ ތެރެއިން 258 މީހުންގެ ވޯޓު ހޯއްދަވައިފަ އެވެ. ނަމަވެސް ނާޝިޒުގެ އަނބިކަނބަލުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއަށް ވަނީ މިއަދުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

މެމްބަރުންގެ ތެރެއިން ޕްރައިމަރީ ނާކާމިޔާބުވީ ތިން މެމްބަރަކަށެވެ. އެއީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް އާއި އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުއެވެ.

ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ޝަރީފަށް ވަނީ 251 ވޯޓު ލިބިވަޑައިގެންފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވިއެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފައެވެ.

މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ

 

]]>
https://vaadhoo.live/6475/feed 0
އެމްޑީޕީން ބާއްވާ މަޖިލިސް ޕްރައިމަރީ ފެބްރުއަރީމަހުގެ ތިނެއްގައި https://vaadhoo.live/6315 https://vaadhoo.live/6315#respond Mon, 29 Jan 2024 14:59:50 +0000 https://vaadhoo.live/?p=6315

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެޕާޓީން ބާއްވާ މަޖިލިސް ޕްރައިމަރީ ފެބްރުއަރީމަހުގެ ތިނެއްގައި ބޭއްވުމަށް ނިންމައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން މިހާރު ވަނީ އެ ޕާޓީން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުގައެވެ.

ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 36 މީހަކު ވަނީ ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓް ކަށަވަރުކޮށްފައެވެ. އެއީ އެ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިނުލާތީއެވެ.

މީގެ ކުރިން އެމްޑީޕީން ބުނެފައި އޮތީ ޕްރައިމަރީ ބާއްވާނީ މިހިނގާ ޖެނުއަރީމަހުގެ ތެރޭގައި ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުގައެވެ.

މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ކާމިޔާބުކުރަންޖެހެއެވެ.

]]>
https://vaadhoo.live/6315/feed 0
ޕްރައިމަރީއަކާ ނުލައި 13 ކެންޑިޑޭޓަކަށް ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ https://vaadhoo.live/6271 https://vaadhoo.live/6271#respond Tue, 23 Jan 2024 13:47:55 +0000 https://vaadhoo.live/?p=6271

ވެރިކަންކުރާ މައި ޕާޓީ – ޕީއެންސީގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި 13 ކެންޑިޑޭޓަކަށް ޕީޕީއެމް,ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް,ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި، ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި 19 ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެންބަރުނާއި ޕީޕީއެމް,ޕީއެންސީގެގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެއެވެ.

ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުން:
ހޯރަފުށީ ދާއިރާ: އަލީ މޫސާ/ ހުޅުމާލެ
ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)
ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ/ ހދ. ހަނިމާދޫ
އޭދަފުށި ދާއިރާ: އަހުމަދު ސަލީމް/ މާލެ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
މަހިބަދޫ ދާއިރާ: އަހުމަދު ޠާރިޤް/ އދ. މަހިބަދޫ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ/ މާލެ
ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު/ ތ. ތިމަރަފުށި
ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ/ ލ. ފޮނަދޫ (ޕީއެންސީގެ ޗެއާޕާސަން)
ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް/ ސ. ހިތަދޫ
ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު/ ސ. ހުޅުދޫ
ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު/ މާލެ
ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް/ މާލެ
ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް/ ހުޅުމާލެ
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން މިހާރު ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

އަންނަ މާރިޗު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް މި ހަފުތާގައި ގެއްލުވައިލުމުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

އެހެންވެ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީ އަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފައެވެ.

]]>
https://vaadhoo.live/6271/feed 0
ފިތުނަފަސާދަ އުފެއްދި މީހުނަށްވެސް ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ރައީސް ނިންމަވައިފި! https://vaadhoo.live/6226 https://vaadhoo.live/6226#respond Mon, 22 Jan 2024 11:40:32 +0000 https://vaadhoo.live/?p=6226

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ 27 ޖެނުއަރީ 2023ވާ ހޮނިހިރު ދުވަހުއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވަނިކޮށް، ބައެއް ފަރާތްތަކުން ޝަރުތު ހަމަނުވާކަމަށް ނިންމައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެ ޕާޓީން ނިންމިއެވެ.

ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުދޭން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނެތުމެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވުންވެސް ބައެއް މީހުނަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އާމަޒުވެ، ”ހޫނެފެނަށް“ ވެއްޓުމުން، ޕީއެންސީން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ޗެއާޕާސަން އަބްދުއްރަހީމް އިޖުތިމާއީ މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެންމެންނަށް އެ ފުރުސަތު ދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

”ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި.“

ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލުކުރުމަށްފަހު އެ ނިންމުން މިއަދު ބަދަލުކުރިއިރު، އެކަމުގެ ނުރުހުމުގައި ބައެއް މެންބަރުންގެ ސަޕޯޓަރުން ޕާޓީގެ މެމްބަރުން ދަނީ ކެނޑެމުންނެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ޝިޔާމް)ގެ ސަޕޯޓަރުން ޕާޓިން ކެނޑެން މިއަދު ސިޓީތަކެއްގައި ސޮއި ކުރިއެވެ.

]]>
https://vaadhoo.live/6226/feed 0
މަޖިލިސް 20: އެމްޑީޕީގެ ޕްރައިމަރީގައި އަލިފުށީ ދާއިރާއަށް ބިގޭ ވާދަކުރައްވަނީ! https://vaadhoo.live/5934 https://vaadhoo.live/5934#respond Sun, 07 Jan 2024 21:01:56 +0000 https://vaadhoo.live/?p=5934

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ މަޖިލިސް ޕްރައިމަރީގައި ރ. އަލިފުށީ ދާއިރާއިން ވާދަކުރެއްވުމަށް، މިހާރުވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަލިފުށީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ނިންމަވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުވެސް ފުރުއްވަމުންގެންދަވާ، މެމްބަރު މުޙައްމަދު ރަޝީދު ވަނީ މިކަން ރ. ވާދޫ ލައިވްއަށް ކަށަވަރުކޮށްދެއްވާފައެވެ. މެމްބަރު ވިދާޅުވި ގޮތުގައި، ޕްރައިމަރީގައި ވާދަކުރައްވަންޖެހިވަޑައިގަންނަވަނީ އެންމެ ކެންޑިޑޭޓަކާއެވެ.

އެމްޑީޕީގެ ’މަޖިލިސް 20‘ ޕްރައިމަރީގައި އަލިފުށީ ދާއިރާއިން ދެ ކެންޑިޑޭޓުން ވާދަކުރައްވާއިރު، މެމްބަރު މުޙައްމަދު ރަޝީދު ފާހަގަކޮށްލެވެނީ ދާއިރާއަށް ފަރިތަ ބޭފުޅެއްގެ ގޮތުގައެވެ. މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ މެމްބަރު މުޙައްމަދު ރަޝީދު އަލިފުށީ ދާއިރާ ތަމްސީލުކުރައްވާ ދެވަނަ ދައުރެވެ.

މުޙައްމަދު ރަޝީދު ހުސެއިން ނުވަތަ އާންމު ނަމުން ނަމަ ’ބިގޭ‘ އަކީ ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފްކުރުމުގައްޔާއި ސިޔާސީ އިސްލާޙީ މަސައްކަތުގައި އެމްޑީޕީއާއެކު ދެގޮތެއް ނުވެ ހުންނެވި ބޭފުޅެކެވެ.

މެމްބަރު މުޙައްމަދު ރަޝީދު ފާހަގުރެވެނީ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމާއި ގަދަރު އަދި އިތުބާރު ލިބިފައިވާ މެމްބަރެއްގެ ގޮތުގައެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ނުވަތަ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގައި ހިންގި އިސްލާޙީ މަސައްކަތުގައި ހިތްވަރާއި އަޒުމާއި ކެރުމާއެކު މެމްބަރު މުޙައްމަދު ރަޝީދު އުޅުއްވިއެވެ.

ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ފުރަތަމަވެސް ތެދުވާ އެއް ބޭފުޅަކީ އަލިފުށި ދާއިރާގެ މެންބަރެވެ.

]]>
https://vaadhoo.live/5934/feed 0
ޕީޕީއެމްގެ ސެނެޓުން އިސްތިއުވާދެއްވައި ނާސިފް އެ ޕާޓީ ދޫކުރައްވައިފި https://vaadhoo.live/5545 https://vaadhoo.live/5545#respond Tue, 12 Dec 2023 00:52:07 +0000 https://vaadhoo.live/?p=5545

ޕްރޮގުްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި ރ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވަޑައިގެން، އެ މަގާމުފުރައްވަމުންގެންދަވާ ހުސެއިން ނާސިފް ޕީޕީއެމްގެ ސެނެޓުން އިސްތިއުފާދެއްވައި، އެެޕާޓީއާ ވަކިވެވަޑައިގެންފިއެވެ.

ނާސިފް ޕީޕީއެމުން ވަކިވެވަޑައިގަތީ، މިހާރު މިއޮތް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ސަރުކާރުން ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެ، އެ ޕާޓިން ގަބޫލުކުރާ ހަމަތަކާ ބީރައްޓެހި ވެފައިވާ ކަމަށް ވިދާޅުވެއެވެ.

ޕީޕީއެމްގެ ސެނެޓު މެމްބަރު ކަމުންނާއި ޕާޓީގެ މެމްބަރުކަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ނާސިފް އިސްތިއުފާދެއްވިކަން ހާމަކުރެއްވުމުގެ ކުރިންވެސް އޭނާވަނީ ޕީޕީއެމް-ޕީއެންސީގެ ކުރީގެ ލީޑަރު، ޕީޕީއެމްގެ ކުރީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާމެދު ސަރުކާރުން އަމަލުކުރަމުންދިޔަ ގޮަތަށްވެސް ފާޑުވިދާޅުވެފައެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަތްކަން އަންގަވައި ނާސިފް ފޮނުއްވި ސިޓީގައި، މި ސަރުކާރުން ވައުދުވެ މިހާތަނަށް ނުވެވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ރައީސް ޔާމީން މިނިވަންކުރުމާއި ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމާއި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ ހިމެނެއެވެ. އަދި މިއީ ސަރުކާރާ ހަވާލުވާތާ ފުރަތަމަ ދުވަހުގެ ތެރޭގައި ކުރަން ވައުދުވެވަޑައިގަތް ކަންކަން ކަމަށްވެސް ނާސިފްވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް. މިހިނގާ ސަރުކާރުގެ ސިޔާސަތުތައް ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު، ފެންނަނީ ތަފާތު ބަހަނާތައް އުފަންކޮށް ރައްޔިތުން ކުރި އުއްމީދުތަކަށް ފުރަގަސްދީފައި ،މަންޒަރު ކަމަށް ނާސިފް ވިދާޅުވިއެވެ.

އެފަދަ ސިޔާސަތުތަކަށް ނިސްބަތްވާ ޕާޓީއެއްގައި ހުންނަން ބޭޏުން ނުވާތީ އެ ޕާޓީން އިސްތިއުފާ ދިނީ ކަމަށްވެސް ވިދާޅުވިއެވެ.

މުޅި ސިޔާސީ ހަޔާތް އެޕާޓީއެއްގައި ހާދަކުރެއްވި ޕާޓީއާ ދުރަށް ވަޑައިގަންވަންޖެހުމަކީ ފަސޭހަ ކަމެއް ނޫންކަމުގައިވެސް ނާސިފް ވަނީ ފާހަގަކުރައްވާފައެވެ.

ނާސިފްއަކީ ކުރީގެ ރައީސް ޔާމީންގެ ފިކުރުގެ ބޭފުޅެކެވެ. އެމަނިކުފާނުގެ ސިޔާސަތުތަަކަށް އޭނާ އަބަދުވެސް ތާއީދުކުރައްވައެވެ.

މިސަރުކާރަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާމެދު ޖެހިވަޑައިގަތް މައްސަލަތަކެއްގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއާ ފެޔަށްޖެހިވަޑައިގަތުމަށްފަހު، ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ބެލެވޭ ގޮތުގައި ނާސިފް ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސައްކަތްކުރައްވާ ނަމަ ކުރައްވާނީ ޕީއެންއެފްގެ ތެރެއިންނެވެ. ނަމަވެސް އެ ޕާޓިއާ ގުޅިވަޑައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ނާސިފް ވަނީ ވިދާޅުވެފައެވެ.

]]>
https://vaadhoo.live/5545/feed 0
ވާދުއަށް ވަޑައިގެން ޑރ. މުއިއްޒު އިތުރުފުޅުހައްދަވައިފި https://vaadhoo.live/4869 https://vaadhoo.live/4869#respond Thu, 21 Sep 2023 01:43:22 +0000 https://vaadhoo.live/?p=4869

ރައީސް އިބްރާހީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުން އެއްވެސް ރަށެއްގެ ތަޢުލީމާއި ސިއްހީ ދާއިރާއަށް އަޅާނުލާ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އިތުރުފުޅު ހައްދަަވައިފިއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ އިއްޔެ 9 ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ ހަތް ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިގޮތުން، އިއްޔެ ވާދޫއަށް ވަޑައިގެން، ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނުވަނީ މިސަރުކާރުން އެއްވެސް ރަށެއްގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އަޅާލާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރަށްރަށުގެ ސިއްހީ ނިޒާމް ހަލާކުކޮށްލާފައިވާ ކަމަށް ޑރ، މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މިހާތަނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ދެދާއިރާއިން ވެސް އެންމެ ގިނަ މަޝްރޫޢުތައް ހިންގައި އަދި ހިންގަމުންދަނީ މިހާރު މިއޮތް ސަރުކާރުންނެވެ.

ފާއިތުވި ތިން ސަރުކާރުންވެސް އިހުމާލުވެފައިވާ ވާދޫއަށް ބަލާލިނަމަވެސް، ފެނިގެންދަނީ ސަރުކާރުން ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫއުތަކެވެ. މިގޮތުން، ފެނަކަ ކޯޕަރޭޝަންގެ އެހީގައި ވާދޫ ސްކޫލްގައި ނަމާދު ކޮޓަރިއެއް ގާއިމުކުރުމާއި ދެބުރީގެ އައު ކުލާސްރޫމް އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު، ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ފާހަގަކޮށްލެވެއެވެ. އަދި ވާދޫ ސިއްހީ މަރުކަޒަކީ މިރަށުގައި ހުރި ވަށާފާރު ނެތް ހަމައެކަނި ދަޢުލަތުގެ މުއައްްސަސާއަށްވެފައި ވަނިކޮށް ސަރުކާރުންވަނީ ވަށާފާރުވެސް ރާނާ މަރުކަޒަށް ބަދަލުތަކެއް ގެނެސްފައެވެ.

ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ކްލޭ އެލް.އެލް.ޕީ އާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނެއެވެ.

މީގެ އިތުރުން, އެ މަރުކަޒުގައި ބަލި މީހުން އެޑްމިޓްކުރަން ބޭނުންކުރާ އެނދުތައް މި ސަރުކާރުން ވަނީ ޒަމާނީ އިލެކްޓްރިކް އެނދަށް ބަދަލުކޮށްފައެވެ. އެކްޓެންޝަން އިމާރާތުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ ހެލްތު ސެންޓަރުގެ މައި ދޮރާއި ދޮރުފަތް ލަކުޑިން އެލްމެނިއަމް ދޮރަށް ވަނީ ބަދަލުކޮށްފައެވެ.

ވެއިޓިންގް އޭރިޔާ ވަނީ އޭސީކޮށްފައެވެ. އެހެންކަމުން މިހާރު ރ. ވާދޫ ސިއްޚީ މަރުކަޒަކީ ފުލް އެއާރކަންޑިޝަންޑް އިމާރާތެކެވެ. އަދި ވާރޑް އެނދުގައި ބެޑް ސްކްރީން ވެސް ވަނީ ހަރުކޮށްފައެވެ.

މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

މިސަރުކާރުން ވާދޫގައި އިމާރާތްކުރި އައު ހުކުރު މިސްކިތް މީގެ ކުރިން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވާދުއަށް ވަޑައިގެންވަނީ ހުޅުވައިދެއްވާފައެވެ.

މިއީ ވާދޫގައި މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި އަދި ހިންގަމުންދާ ސަރުކާރެވެ.

 

]]>
https://vaadhoo.live/4869/feed 0
މުއިއްޒު އައު ކަމެއް ވިދާޅެއްނުވި، ވާދޫއަށް ވަޑައިގެން ވިދާޅުވީ ރައީސް ޞާލިޙްގެ ވައުދު ނާމާ އަކުރުން އަކުރަށް! https://vaadhoo.live/4863 https://vaadhoo.live/4863#respond Wed, 20 Sep 2023 20:21:02 +0000 https://vaadhoo.live/?p=4863

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިނަމަ ރ. ވާދުއަށް ކޮށްދެއްވާނެ ކަންކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ މިއަދު 9 ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ ހަތް ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިިގޮތުން ވާދުއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނުވަނީ ކުރިއަށް އޮތް ފަސް އަހަރު މިރަށަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުނާމާ ވިދާޅުވެދެއްވާފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޑރ މުއިއްޒުގެ ވައުދު ލިސްޓުގައި ވާދޫއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމަކީ މީގެ ކުރިން ”އުފާވެރި އަމާންރާއްޖެ“ ކެމްޕޭނަށް ވާދޫއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވައުދުވެވަޑައިގެންފައިވާ ކަންކަމެވެ. ޑރ. މުއިއްޒުގެ ވައުދުނާމާގައި އެއްވެސް އައު ކަމެއް ހިމަނުއްވާފައި ނުވާތީ ވާދޫގެ ގިނަ ރައްޔިތުންވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވި އެއް ކަމަކީ ވާދޫގައި ބަނދަރު މަޝްރޫއެއް ހިންގުމެވެ. މިއީ މިހާރު މިހިނގާ ސަަރުކާރުގައި ޕްލޭންކޮށްފައިވާ ކަމެކެވެ. ރ.ވާދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓްގައި 3,697,911.00 ރުފިޔާ އަދި އަންނަ އަހަރުގެ ބަޖެޓްގައި 4,160,150.00 ރުފިޔާ ހިމަނަން ސަރުކާރުންވަނީ ނިންމާފައެވެ.

ޑރ. މުއިއްޒު ދެން ވައުދުވެވަޑައިގަތީ ބިން ހިއްކައި ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދިނުމަށެވެ. މިދެކަމަކީވެސް ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އަންނަ ދައުރުގައި ވާދޫއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ވާދޫގެ ބިން ހިއްކުމާއި، މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އަދި ސްކޫލަށް ބޭނުންވެފައިވާ ކޮމްޕިއުޓަރ ލެބާއި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ހިމެނޭކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ވާދޫ ބިން ހިއްކިގެންދާއިރު ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މިއިންތިޚާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ކުދި އާބާދީތަކަށްވުރެ ބޮޑެތި އާބާދީތަކަށް އިސްކަންދެއްވާނެ ކަމަށެވެ.

 

]]>
https://vaadhoo.live/4863/feed 0