ޑރ. މުޙައްމަދު މުޢިއްޒު – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Tue, 21 Jan 2025 09:18:51 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ޑރ. މުޙައްމަދު މުޢިއްޒު – R. Vaadhoo Live https://vaadhoo.live 32 32 ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހައްދަވަން ބޭނުންފުޅުކަމުގައި ރައީސް ވިދާޅުވެއްޖެ https://vaadhoo.live/7521 https://vaadhoo.live/7521#respond Tue, 21 Jan 2025 09:18:51 +0000 https://vaadhoo.live/?p=7521

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން ރ. ވާދޫއަކީ މުޅި ރަށުގެ ހުރިހާ ހަކަތައެއް އިޔާދަކުރަނިވި ހަކަތައިގެ މަސްދަރުތަކުން، ޚާއްޞަކޮށް ސޯލަރ ޕަވަރއިން ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ނުހަނު ބޭނުންފުޅު ވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރ. ވާދޫ ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައެވެ.

ރ. ވާދޫގެ ރައްޔިތުންނަކީ ވަރަށް ފައްސި ވިސްނުމެއްގައި މަސައްކަތް ކުރައްވާ، ތަރައްޤީގެ ވިސްނުމުގެ ރައްޔިތުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކައި އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރަޢްޤީއަށް ޚާއްޞަ ކަންތައްތަކެއް އެބަހުރިކަމަށާއި، ރ.ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައި އޮތް ރަށެއްކަމަށެވެ. އަދި އެކަމަށް މަރްޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތްވަރުވެސް ދެއްވައިފައެވެ.

2028 އަންނަ އިރު މުޅި ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި، އެންމެ މަދުވެގެން 3 ބައިކުޅަ 1 ބަޔަކީ އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެންދެވޭ ޚިދުމަތެއް ކަމުގައި ހެއްދެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ތަކުރާރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރ. ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަ ކުރަނިވި ހަކަތަ، ވަކިން ޚާއްޞަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއްބެވި ކަމަށް ވަންޏާ، އެ ރަށުގެ ހުރިހާ ތަންތަނަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށާ، ނަމަވެސް އެއީ ވަޢުދުފުޅެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުން އެދިވަޑައިގަންނަވަނީ ނަމަ، ކުރިއަށް އޮތް 4 އަހަރު ނިމިގެން ދާއިރު ރ.ވާދޫއަކީ މި ރޮނގުން މޮޑެލް ރަށަކަށް ހައްދަވަން ބޭނުންފުޅު ކަމަށާއި، މުޅި ރަށް އެއްކޮށް، އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ވާދޫގެ ރައްޔިތުންނަށް އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން، ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ޙައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތިތަކުގެ މައްސަލަވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގިރާ ސަރަޙައްދުގެ މައްސަލައަށް އިޝާރާތް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މައްސަލަ ޙައްލު ކުރުމަށް ބޮޑުހިލަޖެއްސުމުގެ މަޝްރޫޢު ކުރިއަށް ދާއިރު، ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރުވެސް ހައްދަވައިދެއްވާނެ ކަމަށެވެ.

ކައުންސިލުން އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ރަށުގެ ތަރައްޤީއަށް ކުރެވެން ހުރި ކަންކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. ވާދޫގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ. ރައްޔިތުންނަށް ދެއްވަން ބޭނުންފުޅުވާ އެންމެ ބޮޑު ޔަޤީންކަމަކީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ސީދާ ގޮތުން ގުޅޭ ވުޒާރާތަކުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އެގާރަ ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިއެވެ. އެގޮތުން އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

]]>
https://vaadhoo.live/7521/feed 0
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދިނުމަށް ޚާއްސަ ގަވާއިދެއް އެކުލަވާލައިފި https://vaadhoo.live/6177 https://vaadhoo.live/6177#respond Sat, 20 Jan 2024 10:26:46 +0000 https://vaadhoo.live/?p=6177

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލު ކުރާނެ ގޮތުގެ ޤަވާއިދު އެކުލަވާލައިފި އެވެ.

އިއްޔެ ގެޒެޓްކުރި މި ގަވާއިދަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްގު ލިއްބައިދިނުމަށް ޓަކައި އެކަމަށް މަގުފަހިކޮށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ހައްގު ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

ވަޒީފާދިނުމުގައި މަސައްކަތުގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާއި މެދު ތަފާތުކުރުން ގެންގުޅުން މަނާކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވަޒީފާދޭ ފަރާތަކުން، އެފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށްދިނުމާއި، މަސައްކަތުގެ މާހައުލުގައި އެފަރާތްތައް ޝާމިލްކުރާނެ އުސޫލުތައް އެކުލަވާލުމަކީވެސް މި ގަވާއިދުގެ ބޭނުމެކެވެ.

މި ގަވާއިދުގައި ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ވަޒީފާއަށް އެދުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް، މަދުވެގެން 2 (ދޭއް) ޑިސްއެބިލިޓީ ލިޔޭޒަން އޮފިސަރުން ބައިތިއްބަންޖެހެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއެއްވެސް އެކުލަވާލަން ޖެހޭއިރު، މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައި ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

]]>
https://vaadhoo.live/6177/feed 0