ޕީއެންސީ – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Wed, 14 Feb 2024 09:16:23 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ޕީއެންސީ – R. Vaadhoo Live https://vaadhoo.live 32 32 މަޖިލިސް އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފި https://vaadhoo.live/6533 https://vaadhoo.live/6533#respond Wed, 14 Feb 2024 09:12:15 +0000 https://vaadhoo.live/?p=6533

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފިއެވެ.

ޝިފާޒް ފޯމު ހުށަހެޅީ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށެވެ. ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ހުށަހެޅުމަށް ދަރުބާރުގެއަށް އަންގާރަ ދުވަހު އޭނާ ދިޔައީ އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއް އުނގޫފާރު ދާއިރާގެ ޒުވާނުންނާވެސް އެކުގައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު މިއަދު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ނުކުރާނެކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާއިރު ކޮންމެ ކެންޑިޑޭޓަކު ވެސް މުޅިން އަލަށް ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުއްވަންޖެހޭނެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ އެއެކައުންޓް މެދުވެރިކޮށްކަމަށާއި ހުރިހާ ޚަރަދެއް ކެންޑިޑޭޓުގެ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ. މީގެ އިތުރަށް އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތީންކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގާދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުވެސް ހުށަހަޅަން ޖެހޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

 

]]>
https://vaadhoo.live/6533/feed 0
ޕްރައިމަރީއަކާ ނުލައި 13 ކެންޑިޑޭޓަކަށް ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ https://vaadhoo.live/6271 https://vaadhoo.live/6271#respond Tue, 23 Jan 2024 13:47:55 +0000 https://vaadhoo.live/?p=6271

ވެރިކަންކުރާ މައި ޕާޓީ – ޕީއެންސީގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި 13 ކެންޑިޑޭޓަކަށް ޕީޕީއެމް,ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް,ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި، ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި 19 ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެންބަރުނާއި ޕީޕީއެމް,ޕީއެންސީގެގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެއެވެ.

ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުން:
ހޯރަފުށީ ދާއިރާ: އަލީ މޫސާ/ ހުޅުމާލެ
ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)
ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ/ ހދ. ހަނިމާދޫ
އޭދަފުށި ދާއިރާ: އަހުމަދު ސަލީމް/ މާލެ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
މަހިބަދޫ ދާއިރާ: އަހުމަދު ޠާރިޤް/ އދ. މަހިބަދޫ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ/ މާލެ
ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު/ ތ. ތިމަރަފުށި
ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ/ ލ. ފޮނަދޫ (ޕީއެންސީގެ ޗެއާޕާސަން)
ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް/ ސ. ހިތަދޫ
ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު/ ސ. ހުޅުދޫ
ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު/ މާލެ
ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް/ މާލެ
ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް/ ހުޅުމާލެ
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން މިހާރު ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

އަންނަ މާރިޗު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް މި ހަފުތާގައި ގެއްލުވައިލުމުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

އެހެންވެ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީ އަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފައެވެ.

]]>
https://vaadhoo.live/6271/feed 0
ފިތުނަފަސާދަ އުފެއްދި މީހުނަށްވެސް ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ރައީސް ނިންމަވައިފި! https://vaadhoo.live/6226 https://vaadhoo.live/6226#respond Mon, 22 Jan 2024 11:40:32 +0000 https://vaadhoo.live/?p=6226

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ 27 ޖެނުއަރީ 2023ވާ ހޮނިހިރު ދުވަހުއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވަނިކޮށް، ބައެއް ފަރާތްތަކުން ޝަރުތު ހަމަނުވާކަމަށް ނިންމައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެ ޕާޓީން ނިންމިއެވެ.

ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުދޭން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނެތުމެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވުންވެސް ބައެއް މީހުނަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އާމަޒުވެ، ”ހޫނެފެނަށް“ ވެއްޓުމުން، ޕީއެންސީން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ޗެއާޕާސަން އަބްދުއްރަހީމް އިޖުތިމާއީ މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެންމެންނަށް އެ ފުރުސަތު ދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

”ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި.“

ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލުކުރުމަށްފަހު އެ ނިންމުން މިއަދު ބަދަލުކުރިއިރު، އެކަމުގެ ނުރުހުމުގައި ބައެއް މެންބަރުންގެ ސަޕޯޓަރުން ޕާޓީގެ މެމްބަރުން ދަނީ ކެނޑެމުންނެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ޝިޔާމް)ގެ ސަޕޯޓަރުން ޕާޓިން ކެނޑެން މިއަދު ސިޓީތަކެއްގައި ސޮއި ކުރިއެވެ.

]]>
https://vaadhoo.live/6226/feed 0
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި https://vaadhoo.live/6098 https://vaadhoo.live/6098#respond Wed, 17 Jan 2024 13:35:54 +0000 https://vaadhoo.live/?p=6098

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް 15 ޑިސެމްބަރު 2023 ގައި އެ ތާރީޚް ފަސްކޮށް ޖެނުއަރީ 20 ގައި ބާއްވަން ތާރީޚަށް ބަދަލުގެނައެވެ.

ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ އައު ތާރީޚް ޢިއުލާންކުރިއިރު، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގުލިބޭ އެ އިއްތިހާދުގެ މެންބަރުންގެ ލިސްޓް ވެސް ވަނީ ޢާންމުކޮށްފައެވެ.

މި ލިސްޓް އެ އިއްތިހާދުގެ ޕީއެންސީގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާއިރު، ލިސްޓުން އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، މައްސަލައިގެ ތަފްސީލާއެކު ލިޔުމުން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޝަކުވާ ހުށަހަޅަން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

އެ އިއްތިހާދުން ބުނީ އެ ތާރީޚްގެ ފަހުން ހުށަހަޅާ އެއް ވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަމަށެވެ.

ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމިއިރު، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހެވެ.

]]>
https://vaadhoo.live/6098/feed 0
ޕީޕީއެމްގެ ސެނެޓުން އިސްތިއުވާދެއްވައި ނާސިފް އެ ޕާޓީ ދޫކުރައްވައިފި https://vaadhoo.live/5545 https://vaadhoo.live/5545#respond Tue, 12 Dec 2023 00:52:07 +0000 https://vaadhoo.live/?p=5545

ޕްރޮގުްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި ރ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް ވަޑައިގެން، އެ މަގާމުފުރައްވަމުންގެންދަވާ ހުސެއިން ނާސިފް ޕީޕީއެމްގެ ސެނެޓުން އިސްތިއުފާދެއްވައި، އެެޕާޓީއާ ވަކިވެވަޑައިގެންފިއެވެ.

ނާސިފް ޕީޕީއެމުން ވަކިވެވަޑައިގަތީ، މިހާރު މިއޮތް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ސަރުކާރުން ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެ، އެ ޕާޓިން ގަބޫލުކުރާ ހަމަތަކާ ބީރައްޓެހި ވެފައިވާ ކަމަށް ވިދާޅުވެއެވެ.

ޕީޕީއެމްގެ ސެނެޓު މެމްބަރު ކަމުންނާއި ޕާޓީގެ މެމްބަރުކަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ނާސިފް އިސްތިއުފާދެއްވިކަން ހާމަކުރެއްވުމުގެ ކުރިންވެސް އޭނާވަނީ ޕީޕީއެމް-ޕީއެންސީގެ ކުރީގެ ލީޑަރު، ޕީޕީއެމްގެ ކުރީގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާމެދު ސަރުކާރުން އަމަލުކުރަމުންދިޔަ ގޮަތަށްވެސް ފާޑުވިދާޅުވެފައެވެ.

ޕީޕީއެމްއިން ވަކިވެވަޑައިގަތްކަން އަންގަވައި ނާސިފް ފޮނުއްވި ސިޓީގައި، މި ސަރުކާރުން ވައުދުވެ މިހާތަނަށް ނުވެވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ރައީސް ޔާމީން މިނިވަންކުރުމާއި ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމާއި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ ހިމެނެއެވެ. އަދި މިއީ ސަރުކާރާ ހަވާލުވާތާ ފުރަތަމަ ދުވަހުގެ ތެރޭގައި ކުރަން ވައުދުވެވަޑައިގަތް ކަންކަން ކަމަށްވެސް ނާސިފްވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް. މިހިނގާ ސަރުކާރުގެ ސިޔާސަތުތައް ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު، ފެންނަނީ ތަފާތު ބަހަނާތައް އުފަންކޮށް ރައްޔިތުން ކުރި އުއްމީދުތަކަށް ފުރަގަސްދީފައި ،މަންޒަރު ކަމަށް ނާސިފް ވިދާޅުވިއެވެ.

އެފަދަ ސިޔާސަތުތަކަށް ނިސްބަތްވާ ޕާޓީއެއްގައި ހުންނަން ބޭޏުން ނުވާތީ އެ ޕާޓީން އިސްތިއުފާ ދިނީ ކަމަށްވެސް ވިދާޅުވިއެވެ.

މުޅި ސިޔާސީ ހަޔާތް އެޕާޓީއެއްގައި ހާދަކުރެއްވި ޕާޓީއާ ދުރަށް ވަޑައިގަންވަންޖެހުމަކީ ފަސޭހަ ކަމެއް ނޫންކަމުގައިވެސް ނާސިފް ވަނީ ފާހަގަކުރައްވާފައެވެ.

ނާސިފްއަކީ ކުރީގެ ރައީސް ޔާމީންގެ ފިކުރުގެ ބޭފުޅެކެވެ. އެމަނިކުފާނުގެ ސިޔާސަތުތަަކަށް އޭނާ އަބަދުވެސް ތާއީދުކުރައްވައެވެ.

މިސަރުކާރަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާމެދު ޖެހިވަޑައިގަތް މައްސަލަތަކެއްގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއާ ފެޔަށްޖެހިވަޑައިގަތުމަށްފަހު، ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ބެލެވޭ ގޮތުގައި ނާސިފް ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސައްކަތްކުރައްވާ ނަމަ ކުރައްވާނީ ޕީއެންއެފްގެ ތެރެއިންނެވެ. ނަމަވެސް އެ ޕާޓިއާ ގުޅިވަޑައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް ނާސިފް ވަނީ ވިދާޅުވެފައެވެ.

]]>
https://vaadhoo.live/5545/feed 0
ވާދޫއަަކީ ޕީޕީއެމްގެ ރަށެއް: ހުސައިން ޢަލީ https://vaadhoo.live/4875 https://vaadhoo.live/4875#respond Thu, 21 Sep 2023 13:48:44 +0000 https://vaadhoo.live/?p=4875

ރ. ވާދޫއަކީ އިދިކޮޅު ޕީޕީއެމްގެ ރަށެއް ކަމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ ރައީސް ހުސެއިން ޢަލީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ އިއްޔެ ނުވަ ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ ހަތް ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިިގޮތުން ވާދުއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ޢަލީ ވިދާޅުވީ ވާދޫއަަކީ ޕީޕީއެމްގެ ރަށެއް ކަމަށާއި ވާދޫގައި ބަސްކިޔޭ އެއްވެސް ގޮނޑިއެއް ޕީޕީއެމް ނޫން ޕާޓީއެއްގެ މީހަކަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

]]>
https://vaadhoo.live/4875/feed 0
ވާދުއަށް ވަޑައިގެން ޑރ. މުއިއްޒު އިތުރުފުޅުހައްދަވައިފި https://vaadhoo.live/4869 https://vaadhoo.live/4869#respond Thu, 21 Sep 2023 01:43:22 +0000 https://vaadhoo.live/?p=4869

ރައީސް އިބްރާހީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުން އެއްވެސް ރަށެއްގެ ތަޢުލީމާއި ސިއްހީ ދާއިރާއަށް އަޅާނުލާ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އިތުރުފުޅު ހައްދަަވައިފިއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ އިއްޔެ 9 ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ ހަތް ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިގޮތުން، އިއްޔެ ވާދޫއަށް ވަޑައިގެން، ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނުވަނީ މިސަރުކާރުން އެއްވެސް ރަށެއްގެ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އަޅާލާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރަށްރަށުގެ ސިއްހީ ނިޒާމް ހަލާކުކޮށްލާފައިވާ ކަމަށް ޑރ، މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް މިހާތަނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ދެދާއިރާއިން ވެސް އެންމެ ގިނަ މަޝްރޫޢުތައް ހިންގައި އަދި ހިންގަމުންދަނީ މިހާރު މިއޮތް ސަރުކާރުންނެވެ.

ފާއިތުވި ތިން ސަރުކާރުންވެސް އިހުމާލުވެފައިވާ ވާދޫއަށް ބަލާލިނަމަވެސް، ފެނިގެންދަނީ ސަރުކާރުން ހިންގާފައިވާ އަދި ހިންގަމުންދާ މަޝްރޫއުތަކެވެ. މިގޮތުން، ފެނަކަ ކޯޕަރޭޝަންގެ އެހީގައި ވާދޫ ސްކޫލްގައި ނަމާދު ކޮޓަރިއެއް ގާއިމުކުރުމާއި ދެބުރީގެ އައު ކުލާސްރޫމް އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު، ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ފާހަގަކޮށްލެވެއެވެ. އަދި ވާދޫ ސިއްހީ މަރުކަޒަކީ މިރަށުގައި ހުރި ވަށާފާރު ނެތް ހަމައެކަނި ދަޢުލަތުގެ މުއައްްސަސާއަށްވެފައި ވަނިކޮށް ސަރުކާރުންވަނީ ވަށާފާރުވެސް ރާނާ މަރުކަޒަށް ބަދަލުތަކެއް ގެނެސްފައެވެ.

ވާދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ކްލޭ އެލް.އެލް.ޕީ އާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނެއެވެ.

މީގެ އިތުރުން, އެ މަރުކަޒުގައި ބަލި މީހުން އެޑްމިޓްކުރަން ބޭނުންކުރާ އެނދުތައް މި ސަރުކާރުން ވަނީ ޒަމާނީ އިލެކްޓްރިކް އެނދަށް ބަދަލުކޮށްފައެވެ. އެކްޓެންޝަން އިމާރާތުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ ހެލްތު ސެންޓަރުގެ މައި ދޮރާއި ދޮރުފަތް ލަކުޑިން އެލްމެނިއަމް ދޮރަށް ވަނީ ބަދަލުކޮށްފައެވެ.

ވެއިޓިންގް އޭރިޔާ ވަނީ އޭސީކޮށްފައެވެ. އެހެންކަމުން މިހާރު ރ. ވާދޫ ސިއްޚީ މަރުކަޒަކީ ފުލް އެއާރކަންޑިޝަންޑް އިމާރާތެކެވެ. އަދި ވާރޑް އެނދުގައި ބެޑް ސްކްރީން ވެސް ވަނީ ހަރުކޮށްފައެވެ.

މަރުކަޒަށް ބޭނުންވާ ޒަމާނީ އާލާތްތައް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

މިސަރުކާރުން ވާދޫގައި އިމާރާތްކުރި އައު ހުކުރު މިސްކިތް މީގެ ކުރިން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވާދުއަށް ވަޑައިގެންވަނީ ހުޅުވައިދެއްވާފައެވެ.

މިއީ ވާދޫގައި މިހާތަނަށް އެންމެ ގިނަ މަޝްރޫއުތައް ހިންގި އަދި ހިންގަމުންދާ ސަރުކާރެވެ.

 

]]>
https://vaadhoo.live/4869/feed 0
މުއިއްޒު އައު ކަމެއް ވިދާޅެއްނުވި، ވާދޫއަށް ވަޑައިގެން ވިދާޅުވީ ރައީސް ޞާލިޙްގެ ވައުދު ނާމާ އަކުރުން އަކުރަށް! https://vaadhoo.live/4863 https://vaadhoo.live/4863#respond Wed, 20 Sep 2023 20:21:02 +0000 https://vaadhoo.live/?p=4863

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގެންފިނަމަ ރ. ވާދުއަށް ކޮށްދެއްވާނެ ކަންކަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ޑރ މުއިއްޒު ވަނީ މިއަދު 9 ރަށަށް ވަޑައިގެންފައެވެ. ނ އަތޮޅުގެ ހަތް ރަށަކަށް އަދި ރ އަތޮޅުގެ ދެ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިިގޮތުން ވާދުއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނުވަނީ ކުރިއަށް އޮތް ފަސް އަހަރު މިރަށަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުނާމާ ވިދާޅުވެދެއްވާފައެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޑރ މުއިއްޒުގެ ވައުދު ލިސްޓުގައި ވާދޫއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަމަކީ މީގެ ކުރިން ”އުފާވެރި އަމާންރާއްޖެ“ ކެމްޕޭނަށް ވާދޫއަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވައުދުވެވަޑައިގެންފައިވާ ކަންކަމެވެ. ޑރ. މުއިއްޒުގެ ވައުދުނާމާގައި އެއްވެސް އައު ކަމެއް ހިމަނުއްވާފައި ނުވާތީ ވާދޫގެ ގިނަ ރައްޔިތުންވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވި އެއް ކަމަކީ ވާދޫގައި ބަނދަރު މަޝްރޫއެއް ހިންގުމެވެ. މިއީ މިހާރު މިހިނގާ ސަަރުކާރުގައި ޕްލޭންކޮށްފައިވާ ކަމެކެވެ. ރ.ވާދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މިއަހަރުގެ ބަޖެޓްގައި 3,697,911.00 ރުފިޔާ އަދި އަންނަ އަހަރުގެ ބަޖެޓްގައި 4,160,150.00 ރުފިޔާ ހިމަނަން ސަރުކާރުންވަނީ ނިންމާފައެވެ.

ޑރ. މުއިއްޒު ދެން ވައުދުވެވަޑައިގަތީ ބިން ހިއްކައި ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދިނުމަށެވެ. މިދެކަމަކީވެސް ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އަންނަ ދައުރުގައި ވާދޫއަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ވާދޫގެ ބިން ހިއްކުމާއި، މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އަދި ސްކޫލަށް ބޭނުންވެފައިވާ ކޮމްޕިއުޓަރ ލެބާއި މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމާއި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުން ހިމެނޭކަމަށެވެ. ރައީސް ޞާލިޙް ވިދާޅުވީ ވާދޫ ބިން ހިއްކިގެންދާއިރު ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މިއިންތިޚާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ކުދި އާބާދީތަކަށްވުރެ ބޮޑެތި އާބާދީތަކަށް އިސްކަންދެއްވާނެ ކަމަށެވެ.

 

]]>
https://vaadhoo.live/4863/feed 0
ޑްރަގްގެ މައްސަލަ: ޕީއެންސީން އަހުމަދާމެދު ފިޔަވަޅު އަޅައިފި https://vaadhoo.live/4389 https://vaadhoo.live/4389#respond Sat, 26 Mar 2022 12:44:54 +0000 https://vaadhoo.live/?p=4389

ޑްރަގުގެ މައްސަލައެއްގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އާ ދެކޮޅަށް އެ ޕާޓީން ފިޔަވަޅު އަޅައިފިއެވެ.

ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި އަލިފުށީ ދާއިރާއަށް ކުރިމަތިލައި ނާކާމިޔާބުވި، އަހުމަދަށް ތުހުމަތުކުރަނީ މާލޭގެ ގެއެއްގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވި މައްސަލައެއްގައެވެ.

އަހުމަދު ހަސަނަކީ މި މައްސަލައިގެ ފުލުހުން ތުހުމަތު ކުރާ އެންމެ އިސް މީހާއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ހުސެއިންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ބެލުމަށް ފަހު ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޕީއެންސީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އަހުމަދު ހުސެއިން ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކި ކުރުމާއި ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނެވޭ ގޮތަށް ސަސްޕެންޑް ކުރުމެވެ.

ޕީއެންސީގެ އަސާސީ ގަވައިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާ ހިލާފުވެ ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ގަވައިދުން ޕާޓީއަށް ލިބިފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނި ގޮތުގައި އަހުމަދު ހުސެއިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުޑަ ބޮޑު މިނަށް ބަލައި، އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާފައި ވަނީ މީގެކުރިން ވެސް މިފަދަ ކަންކަމުގައި އަމަލު ކުރަމުން އައި ގޮތްތަކަށް ރިއާޔަތް ކުރުމަށް ފަހުއެވެ.

]]>
https://vaadhoo.live/4389/feed 0