ޕީޕީއެމް-ޕީއެންސީ ކޯލިޝަން – R. Vaadhoo Live https://vaadhoo.live R. Vaadhoo Live | Up-to-the-minute news & feature stories. Sun, 21 Apr 2024 18:41:15 +0000 dv-MV hourly 1 https://wordpress.org/?v=6.7.2 https://vaadhoo.live/wp-content/uploads/2021/02/cropped-IMG_20210521_163012_385-32x32.png ޕީޕީއެމް-ޕީއެންސީ ކޯލިޝަން – R. Vaadhoo Live https://vaadhoo.live 32 32 ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ގޮނޑި ޢަބްދުއްލަޠީފަށް! https://vaadhoo.live/6832 https://vaadhoo.live/6832#respond Sun, 21 Apr 2024 16:18:30 +0000 https://vaadhoo.live/?p=6832

މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަބްދުއްލަޠީފް އަބްދުއްރަޙްމާން ކާމިޔާބު ހާސިލުކުރައްވައިފިއެވެ.

އަބްދުއްލަޠީފް، އަލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ ވާދަކުރައްވައެވެ. އަލިފުށީ ދާއިރާގެ މެންބަރުކަން ދެ ދައުރު ކުރައްވާފައިވާ ބިގޭ ވަނީ ރ އަތޮޅުގެ މެންބަރު ކަން ވެސް ކުރައްވާފައެވެ.

އިތުރު ދައުރެއް ހޯއްދަވަން އިންތިހާބުގައި ވާދަކުރެއްވި ބިގޭ އަކީ އެމްޑީޕީގެ ޕީޖީ ގުރޫޕާއި ޕާޓީގައި ވެސް މިވަގުތު އެންމެ ސީނިއާ އެއް ބޭފުޅެވެ.

އަބްދުއްލަޠީފް އަކީ މަޖިލީހަށް އައު ނަމަވެސް އަލިފުށީގައި ސިޔާސީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

އޭނާ ވަނީ އަލިފުށީ ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައެވެ.

]]>
https://vaadhoo.live/6832/feed 0
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް! https://vaadhoo.live/6828 https://vaadhoo.live/6828#respond Sun, 21 Apr 2024 16:04:53 +0000 https://vaadhoo.live/?p=6828

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މީގެ ކުރިން އެމްޑީޕީން ކާމިޔާބު ކުރަމުން އައި އަދި ދާއިމީކޮށް ދިފަޢުކުރަމުން ދިޔަ ބައެއް ގޮނޑިތައްވެސް ކޮންގްރެސް ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓިއާއި މާލެ ސިޓީގެވެސް ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނެވެ.

]]>
https://vaadhoo.live/6828/feed 0
މަޖިލިސް އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފި https://vaadhoo.live/6533 https://vaadhoo.live/6533#respond Wed, 14 Feb 2024 09:12:15 +0000 https://vaadhoo.live/?p=6533

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރ. އުނގޫފާރު ދާއިރާއަށް ވާދަކުރުމަށް އިބްރާހީމް ޝިފާޒް ފޯމު ހުށަހަޅައިފިއެވެ.

ޝިފާޒް ފޯމު ހުށަހެޅީ ސަރުކާރު ހިންގާ ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށެވެ. ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ހުށަހެޅުމަށް ދަރުބާރުގެއަށް އަންގާރަ ދުވަހު އޭނާ ދިޔައީ އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއް އުނގޫފާރު ދާއިރާގެ ޒުވާނުންނާވެސް އެކުގައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު މިއަދު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ފުރުސަތު ނުލިބިދާނެ ކަމަށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ނުކުރާނެކަން އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާއިރު ކޮންމެ ކެންޑިޑޭޓަކު ވެސް މުޅިން އަލަށް ރާއްޖޭގެ ބޭންކެއްގައި އެކައުންޓެއް ހުޅުއްވަންޖެހޭނެއެވެ. އަދި އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ އެއެކައުންޓް މެދުވެރިކޮށްކަމަށާއި ހުރިހާ ޚަރަދެއް ކެންޑިޑޭޓުގެ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ޖެހޭނެކަމަށް ޙަބީބު ވިދާޅުވިއެވެ. މީގެ އިތުރަށް އިންތިޚާބަށް ޚަރަދު ކުރަންޖެހޭނީ ގާނޫނުގައި ބުނާ ހަމަތަކުގެ މަތީންކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކުރެވޭނެއެވެ. އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ވާދަކުރާ ދާއިރާއެއްގެ ތާއީދު އޮތްކަން އަންގާދިނުމަށް 50 މީހުންގެ ސޮއި ހޯދަން ޖެހޭނެއެވެ. އަދި ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑުވެސް ހުށަހަޅަން ޖެހޭނެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑުތައް ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

 

]]>
https://vaadhoo.live/6533/feed 0
ޕްރައިމަރީއަކާ ނުލައި 13 ކެންޑިޑޭޓަކަށް ޕީއެންސީ ޓިކެޓް ކަށަވަރުވެއްޖެ https://vaadhoo.live/6271 https://vaadhoo.live/6271#respond Tue, 23 Jan 2024 13:47:55 +0000 https://vaadhoo.live/?p=6271

ވެރިކަންކުރާ މައި ޕާޓީ – ޕީއެންސީގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި 13 ކެންޑިޑޭޓަކަށް ޕީޕީއެމް,ޕީއެންސީގެ ރައްޔިތުންގެ މަޖިލިހުގެ ޓިކެޓު ކަށަވަރުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް,ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތިލުމުން ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންގެ ތެރޭގައި، ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި 19 ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެންބަރުނާއި ޕީޕީއެމް,ޕީއެންސީގެގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި މެންބަރުން ހިމެނެއެވެ.

ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުން:
ހޯރަފުށީ ދާއިރާ: އަލީ މޫސާ/ ހުޅުމާލެ
ބާރަށު ދާއިރާ: އިބްރާހިމް ޝުޖާއު/ ހއ. ބާރަށް (މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މިހާރުގެ މެމްބަރު)
ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ/ ހދ. ހަނިމާދޫ
އޭދަފުށި ދާއިރާ: އަހުމަދު ސަލީމް/ މާލެ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
މަހިބަދޫ ދާއިރާ: އަހުމަދު ޠާރިޤް/ އދ. މަހިބަދޫ (މިހާރު ވެސް އެ ދާއިރާގެ މެމްބަރު)
ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ/ މާލެ
ތިމަރަފުށީ ދާއިރާ: އަހުމަދު ސަނާހު/ ތ. ތިމަރަފުށި
ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަބްދުﷲ/ ލ. ފޮނަދޫ (ޕީއެންސީގެ ޗެއާޕާސަން)
ހިތަދޫ މެދު ދާއިރާ: އަހުމަދު އަޒާން މަރުޒޫގް/ ސ. ހިތަދޫ
ހުޅުދޫ ދާއިރާ: މުހައްމަދު ޝާހިދު/ ސ. ހުޅުދޫ
ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުހައްމަދު/ މާލެ
ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް/ މާލެ
ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް/ ހުޅުމާލެ
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން މިހާރު ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.

އަންނަ މާރިޗު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް މި ހަފުތާގައި ގެއްލުވައިލުމުން ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

އެހެންވެ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވަނީ ޕްރައިމަރީ އަށް ކުރިމަތިލާ އެންމެންނަށް ވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމަވައިފައެވެ.

]]>
https://vaadhoo.live/6271/feed 0
ފިތުނަފަސާދަ އުފެއްދި މީހުނަށްވެސް ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެވޭނެ ކަމަށް ރައީސް ނިންމަވައިފި! https://vaadhoo.live/6226 https://vaadhoo.live/6226#respond Mon, 22 Jan 2024 11:40:32 +0000 https://vaadhoo.live/?p=6226

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ 27 ޖެނުއަރީ 2023ވާ ހޮނިހިރު ދުވަހުއެވެ.

ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ގިނަ ބަޔަކު ފޯމު ހުށަހަޅާފައި ވަނިކޮށް، ބައެއް ފަރާތްތަކުން ޝަރުތު ހަމަނުވާކަމަށް ނިންމައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެ ޕާޓީން ނިންމިއެވެ.

ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުދޭން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނެތުމެވެ. އަދި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވުންވެސް ބައެއް މީހުނަށް ފޮނުއްވި ސިޓީގައި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އާމަޒުވެ، ”ހޫނެފެނަށް“ ވެއްޓުމުން، ޕީއެންސީން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

ޗެއާޕާސަން އަބްދުއްރަހީމް އިޖުތިމާއީ މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅި އެންމެންނަށް އެ ފުރުސަތު ދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

”ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު، ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި.“

ބައެއް މެމްބަރުންގެ ކެންޑިޑެސީ ބާތިލުކުރުމަށްފަހު އެ ނިންމުން މިއަދު ބަދަލުކުރިއިރު، އެކަމުގެ ނުރުހުމުގައި ބައެއް މެންބަރުންގެ ސަޕޯޓަރުން ޕާޓީގެ މެމްބަރުން ދަނީ ކެނޑެމުންނެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާއަށް ވާދަކުރަން ނިންމި ހަސަން ޝިޔާމް (ވީބީ ޝިޔާމް)ގެ ސަޕޯޓަރުން ޕާޓިން ކެނޑެން މިއަދު ސިޓީތަކެއްގައި ސޮއި ކުރިއެވެ.

]]>
https://vaadhoo.live/6226/feed 0