ރ. ވާދޫން އެންމެ ފަހުން ނެގި ސުންކުތައް ކޯވިޑް-19ށް ނައްސި ކަމަށް ވާދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.
އެ މަރުކަޒުން ބުނީ 2021 އޭޕްރިލް 28 ވަނަ ދުވަހު ރ. ވާދޫ، ”މާސް“ ގެއިން ކޯވިޑް-19ށް ތަހުލީލުކުރުމަށް ކުރުމަށް ނެގުނު 3 ސުންކު ނައްސި ވެފައިވާ ކަމަށެވެ. އަދި އެ އެފަރާތްތައް ވަނީ ކަރަންޓީނުން ދޫކޮށްލެވިފައި ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.
”29 އޭޕްރިލް 2021، اَلْحَمْدُلِلّٰهِ 2021 އޭޕްރިލް 28 ވަނަ ދުވަހު ރ. ވާދޫ، މާސް ގެއިން ކޯވިޑް-19ށް ޓެސްޓް ކުރުމަށް ނެގުނު 3 ސުންކު ނައްސި ވެފައިވާތީ އެފަރާތްތައް ވަނީ ކަރަންޓީނުން ދޫކޮށްލެވިފައެވެ. ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތުތައް ޓަކައި ދެންނެވީމެވެ.“ ވާދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ ކުރު އިޢުލާނެއް ބުނެފައި ވެއެވެ.
