ރ. ވާދޫން ކޯވިޑް-19ގެ ވޭދަނައެއް (ކޭސްއެއް) ނުފެނި 42 ދުވަސް ނުވަތަ 6 ހަފުތާ ފާއިތު ވެއްޖެއެވެ.
އެންމެ ފަހުން ރ. ވާދޫން މީހަކު މި ބައްޔަށް ފައްސިވީ 23 މާރިޗް 2021 ގައެވެ.
އެއީ މާލޭން ވާދުއަށް އައިސް ހޯމްކަރަންޓީނުގައި ހުރި ފަރާތެއް ކަމަށް ރ. ވާދޫ ސިއްހީ މަރުކަޒުން ބުނެއެވެ.
އޭނާ ބައްޔަށް ފައްސިކަން އެނގުނީ، އޭނާގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތަކެއް ފެނި، ޓެސްޓް ކުރިއިރު ކޯވިޑް-19 އަށް ފައްސި ކަމަށް ނަތީޖާއިން ދައްކާތީއެވެ.
ބަލިން ރަނގަޅުވެ އެ މީހާ ކަރަންޓީނުން ދޫކޮށްލި ފަހުން މާތް ﷲގެ ރަޙުމަތްފުޅާއެކު ވާދޫން ކޯވިޑް-19ގެ ވޭދަނައެއް ފެނިފައި ނުވެއެވެ.
އެންމެ ފަހުން 2021 އޭޕްރިލް 30 ވަނަ ދުވަހު ރ. ވާދޫ، އަރިސް ގޭން ކޯވިޑް-19ށް ޓެސްޓް ކުރުމަށް ނެގުނު 3 ސުންކު ނައްސި ވެފައިވާތީ އެފަރާތްތައް ވަނީ ކަރަންޓީނުން ދޫކޮށްލާފައެވެ.
ރ. ވާދޫގައި ޓެސްޓްކުރެވޭ މީހުންނާއި، ނަތީޖާ އަދި ކަރަންޓީން 0ކުރިއަށް ދާ ގޮތް ވާދޫ ސިއްހީ މަރުކަޒުން ގަވާއިދުން ދަނީ އާންމުކުރަމުންނެވެ.
