ރ.ވާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ. އަލިފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
އިއުލާންގައި ބުނީ، ރ. ވާދޫ ޞިއްޙީ މަރުކަޒުން ލެބޯޓަރީ ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ރ. އަލިފުށީ ޞިއްޙީމަރުކަޒަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ހޯއްދަން ބޭނުންވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ރ. ވާދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދޭ ކަމަށް އެ އިއުލާންގައި ވެއެވެ.
ނަން ނޯޓް ކުރެއްވުން ކުރިއަށް ދާނީ 23 މޭ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 26 މޭ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން 13:00 އަށް ރަސްމީ ދުވަސްތަކުގައެވެ. އަދި މަޢުލޫމާތު ދިނުން 27 މޭ 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 07 ޖޫން 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580399 އަށް ގުޅުއްވުމަށް ވާދޫ ސިއްހީ މަރުކަޒުން އެދެއެވެ.
