”ވާދޫގެ ނަލަކަން“ މި ލަވަޔަކީ ޅެންވެރިޔާ އަދި ރ. ވާދޫ ލައިވްގެ މެނޭޖިންގ އެޑިޓަރ ޒިދާން މުޙައްމަދުގެ ހިތްގައިމު ޅެމެކެވެ. ރ. ވާދޫގެ ގުދުރަތީ ރީތި ކަމާއި، ރަށްވެހިންގެ ރީތި އަހުލާގައި ވެރިންގެ އިޚްލާސްތެރިކަން ބުނެދިން މި ލަވަ ކިޔާފައި ވަނީ ރ. އަލިފުށްޓަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުﷲ ޝާފިއު (ޝާ)އެވެ.
ލަވައިގެ މިއުޒިކަކީ ވެސް އަބްދުﷲ ޝާފިއު (ޝާ)ގެ މަސައްކަތެކެވެ. އޭނާގެ ސްޓޫޑިއޯ ”ޝާ ސްޓޫޑިއޯގައި“ ރެކޯޑްކޮށްފައިވާ މި ލަވަޔަކީ “ރަށު ލޯބިން”ގެ ނަމުގައި ޒިދާން ނެރެފައިވާ އަލްބަމެއްގައި ހިމެނޭ ރީތި ލަވައެކެވެ. ޖުމުލަ 5 ލަވަ ހިމެނޭ މި އަލްބަމަކީ ޒިދާން މުޙައްމަދުގެ އިސްނެގުމުގެ މަތިން ނެރެފައިވާ އޭނާގެ ހާއްސަ އަލްބަމެކެވެ.
https://soundcloud.com/zidhaan-mohamed/vaadhooge-nalakan-vaadhoo?utm_source=clipboard&utm_campaign=wtshare&utm_medium=widget&utm_content=https%253A%252F%252Fsoundcloud.com%252Fzidhaan-mohamed%252Fvaadhooge-nalakan-vaadhoo
ރ. ވާދޫގެ ގުދުރަތީ ރީތިކަން އަދި ރަށުގެ ތަހުޒީބާއި ތަރައްގީ އާއި އިޖުތިމާއީ ފޭރާން ވަރަށް ރީތިކޮށް ސިފަކޮށްދޭ 3 ލަވަޔަކާއި ޢީދަށް ހާއްސަ ލަވައެއްގެ އިތުރުން، ރ، ވާދޫ ސްކޫލަށް ހާއްސަކޮށް ހަދާފައިވާ ހިތްގައިމު ލަވައެއް މި އަލްބަމްގައި ހިމަނާފައިވެއެވެ.
މި އަލްބަމްގައި ދެން ހިމެނޭ 4 ލަވަ ކިޔާފައި ވަނީ ލ. ގަމަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ހަސަން މައުމޫން އެވެ. އެ ލަވަތައް ރެކޯޑްކޮށްފައި ވަނީ މިރޯ ސްޓޫޑިއޯއިންނެވެ.
“ވާދޫގެ ނަލަކަން” މި ލަވައިގެ އިތުރުން “ނަލަނަލަ ވާދޫ”، “ނަމޫނާ ވާދޫ ސްކޫލް”، “އަންނާށެ ބަލަން ވާދުއަށް” އަދި “ވާދުއަށް ދިރުން (ޢީދު ލަވަ)” މި އަލްބަމްގައި ހިނެއެވެ. މި ލަވަތައް މިހާރު ވަނީ ސައުންޑް ކުލައުޑަށް ދޫކޮށްލާފައެވެ.