މާތް ﷲގެ ނިޔާއަށް ރުހިއްޖެ މީހާއަށް، އެކަލާންގެ ރުއްސެވުން ލިބޭނެ ކަމަށް ވިދާޅުވެ، މުޞީބާތުގެ ވަޤުތުގައި ވެސް މިންވަރުފުޅަށް ޝުކުރުކުރުމަށް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ނަޞޭޙަތްތެރި ވެއްޖެއެވެ.

އައްޝައިޚް އަޙްމަދު ސަމީރު މި ފަދައިން ނަޞޭޙަތްތެރިވީ ”އިމްތިޙާނުގެ ވަޤުތުގައި“ މި މަޢުޟޫއަށް މިރޭ ދަރުޞް ދެއްވަމުންނެވެ. ރ. އަތޮޅުގެ ކައުންސިލްތަކުގެ ފޭސްބުކް ޕޭޖުތަކުން ގެނެސްދިން މި ދަރުޞަކީ ރ. އަތޮޅުގެ ކައުންސިލަތްކާއި މަދަނީ ޖަމްޢިއްޔާތަކުން ގުޅިގެން އިންތިޒާމުކުރި ދަރުޞެކެވެ.

މި ދަރުޞްގައި އައްޝައިޚް އަޙްމަދު ސަމީރު ވަނީ އިމްތިޙާނުގެ ވަޤުތުގައި އަހަރެމެންގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. ޝައިޚް ވިދާޅުވީ، މާތް ﷲގެ ނިޔާއަށް ނުވަތަ ކުރިމަތިކުރުވި އިމްތިޙާނަކަށް ނުރުހިއްޖެ މީހާއަށް އޮތީ އެކަލާންގެ ނުރުއްސެވުން ކަމަށެވެ.

ދަރުސް ބެއްލެވުމަށް