ރ. ވާދޫގައި ކުރިއަށްފާ ފެނާއި ނަރުދަމަޣޭ މަޝްރޫޢުގެ ދަށުން އެޑްމިން އިމާރާތުގެ މަސައްކަތް ނިންމާލައިފި އެވެ. މި މަސައްކަތް ކޮށްފައި ވަނީ، އަޒްރޯވާ ޕްރައިވެޓް ލިމިޓެޑާއި ވޯޓާ އިންޖިނިއަރިން ސާވިސަސް އެފް ޒެޑް އީ ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުންނެވެ.
އަޒްރޯވާ ޕްރައިވެޓް ލިމިޓެޑުން ރ. ވާދޫ ލައިވް އަށް މައުލޫމާތު ދެއްވަމުން އޮފިޝަލަކު ވިދާޅުވީ، ރ. ވާދޫ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ދަށުން އެޑްމިން އިމާރާތުގެ މަސައްކަތް ނިންމާލައި މިހާރު ކުރިއަށް ދަނީ ސީ އައުޓްފޯލް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.
R. Vaadhooo Sewerage Sea Outfall Installation. Horizontal Directional Drilling. 100% of administration building completed. @VaadhooLive_ pic.twitter.com/bzdL9lm5Uj
— Zidhan Riyaz (@liyaakujjaa) July 10, 2021
ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާ އެވެ. މި މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެއީ 12 ޖޫން 2019 ގައެވެ.