ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ރ. ވާދޫން އެންމެ ފަހުން ނެގި ސުންކުތަކުގެ ނަތީޖާ، ބައްޔަށް ނައްސި (ނެގެޓިވް) ވެއްޖެއެވެ.

ރ. ވާދޫ ސިއްހީ މަރުކަޒުން އެންމެ ފަހުން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2021 ޖޫން 05 ވަނަ ދުވަހު ރ. ވާދޫ ، ”މާސް“ ގެއިން ކޯވިޑް-19ށް ޓެސްޓް ކުރުމަށް ނެގުނު 2 ސުންކު ވަނީ ނައްސިވެފައެވެ. އަދި ކޯވިޑް-19ން ދިފާއުވުމަށް ވެެކްސިން ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެޗް.ޕީ.އޭން ދިން ލުއިތަކާއި ގުޅިގެން 2021 ޖޫން 08 ވަނަ ދުވަހު ރ. ވާދޫން ކޯވިޑް-19ށް ޓެސްޓް ކުރުމަށް ނެގުނު 17 ސުންކު ވެސް ވަނީ ބައްޔަށް ނައްސިވެފައެވެ.

މީގެ އިތުރުން، 2021 ޖޫން 11 ވަނަ ދުވަހު ރ. ވާދޫ، ”ޝާހީ“ ގެއިން ކޯވިޑް-19ށް ޓެސްޓް ކުރުމަށް ނެގުނު 2 ސުންކު ވެސް ވަނީ ކޯވިޑް-19ށް ނައްސިވެފައެވެ.

ރ. ބާދޫ ޞިއްޙީ މަރުކަޒުން ބުނީ މި އެންމެން ވެސް ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ.

މި ވަގުތު، ވާދޫގެ ކޯވިޑް-19ގެ ހާލަތަށް ބަލާއިރު، ރަށުގައި ކޯވިޑް-19ގެ އެއްވެސް ވޭދަނައެއް ނެތެވެ. ވާދޫއަކީ ރ. އަތޮޅުގައި ކޯވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ރަނގަޅަށް ތަންފީޒުކުރެވޭ އެއް ރަށެވެ. އަދި ރަށުގައި މަލިމަޑުކަން ފެތުރުނަ ނުދިނުމަށް ރައްޔިތުންގެ އެއްބާރުލުން ބަރާބަރަށް ލިބޭކަން ޞިއްހީ މަރުކަޒުން ފާހަގަކުރެއެވެ.