14 ޖުލައިގައި ވާދޫއިން ނެގި ސުންކުތައް ވެސް ކޯވިޑް-19އަށް ނައްސި ކަމަށް ރ، ވާދޫ ހެލްތު ސެންޓަރުން ހާމަކޮށްފިއެވެ.

ސިއްހީ މަރުކަޒުން ބުނީ، 2021 ޖުލައި 14 ވަނަ ދުވަހު ރ. ވާދޫ، “ އަތިރިއާގެ“ ގެއިން ނެގުނު 6 ސުންކާއި، ރ.ވާދޫ ، ޒަމާނީވިލާ“ ގެއިން ނެގުނު 1 ސުންކު ނައްސި ވެފައި ވާތީ އެފަރާތްތައް ކަރަންޓީނުން ދޫކޮށްލެވިފައިވާ ކަމަށެވެ. އަދި ޖުލައި 13 ވަނަ ދުވަހު ރ. ވާދޫ ، ”ފުރުންމާގެ“ އިން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގުނު ސުންކު ވެސް ނައްސި ކަމަށެވެ.

ރ. ވާދޫގެ ކޯވިޑް-19ގެ ހާލަތަށް ބަލާއިރު ރަށުގައި އެކްޓިވް ވޭދަނައެއް ނެތެވެ. މި ވަގުތު ރަށް އޮތީ އާންމު ހާލަތުގައެވެ. މި ވަގުތު ކަރަންޓީނުގައި 10 މީހަކު އެބަ ތިއްބެވެ.