2021 ޖުލައި 19 ވަނަ ދުވަހު ރ. ވާދޫ، “ ޒަމާނީވިލާ“ ގެއިން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގުނު ސުންކުގެ ނަތީޖާ ބައްޔަށް ނައްސި ކަމަށް ރ. ވާދޫ ހެލްތު ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ ނަތީޖާ ނައްސި ވެފައިވާތީ އޭބާ ކަރަންޓީނުން ދޫކޮށްލެވިފައިވާ ކަމަށެވެ.

އެ ދުވަހުގެ ކުރިން ވާދޫން ސުންކެއް ނަގާފައި ވަނީ 16 ވަނަ ދުވަހުއެވެ. އެ ގޮތުން، 2021 ޖުލައި 16 ވަނަ ދުވަހު ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ރ. ވާދޫ ،“ ނަސާ“ ގެއިން ނެގުނު 3 ސުންކާއި، ރ.ވާދޫ، ”ތޮނަ“ ގެއިން ނެގުނު ސުންކުގެ ނަތީޖާ ނައްސި ވެފައިވާތީ އެފަރާތްތައް ވަނީ ކަރަންޓީނުން ދޫކޮށްލެވިފައެވެ.

ރ. ވާދޫގައި މިހާތަނަށް ކޯވިޑް-19 ބަލި ފެތުރިފައި ނުވެއެވެ. ނަމަވެސް، މީގެ ކުރިން ކަރަންޓީންގައި ތިބި ބަޔަކު ބައްޔަށް ފައްސިވިއެވެ. އެ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރ. އަތޮޅުގެ މަދު ރަށްތަކުގެ ތެރޭގައި ވާދޫ ހިމެނެއެވެ.