ރ. ވާދޫ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އަރުޝަދުގެ ފަރާތުން ރ. ވާދޫ ސިއްޙީ މަރުކަޒަށް ވޯޓާ ޑިސްޕެންސަރެއް ހަދިޔާކޮށްފިއެވެ.
މި ވޯޓާ ޑިސްޕެންސަރ މަރުކަޒާއި ހަވާލުކުރެއްވީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. މަރުކަޒުގެ ފަރާތުން ހަވާލުވެލެއްވީ މެނޭޖަރު މުހައްމަދު ޝަފީގެވެ.
ރ. ވާދޫ ލައިވް އަށް އަރުޝަދު ވިދާޅުވީ މިއީ އަމިއްލަ ހައިސިއްތުން ދެއްވި ހަދިޔާއެއް ކަމަށެވެ. ކޯވިޑް-19ގެ މި ހާލަތުގައި ސިއްޙީ ޚިދުމްތެރިން އުފުލަމުންދާ ބުރަ ފާހަގަކޮށް އަރުޝަދު ވިދާޅުވީ މިއީ އެ ބޭފުޅުންގެ އަގުވަޒަން ކުރުން ކަމަށެވެ.
މި ހިނގަމުންދާ ވާދޫ ކައުންސިލްގެ 4 ވަނަ ދައުރަކީ އޭނާގެ ފުރަރަމަ ކައުންސިލް ދައުރެވެ. މިހާ ތަނަށް އޭނާ ފާހަގަކުރެވެނީ އެންމެނާއި ވެސް ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
