ރ. ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ރ. ވާދޫ ސްކޫލަށް 10 ކޭސް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.
މިކަން ހާމަކޮށް ރ. ވާދޫ ސްކޫލްގެ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ލިޔެފައި ވަނީ އެ ސްކޫލަށް 10 ކޭސް ސެނިޓައިޒަރ ހަދިޔާކޮށްދެއްވާފައި ވާތީ، ސިއްހަތާއި ބެހޭ ވުޒާރާ އަށާއި ވާދޫ ސިއްހީ މަރުކަޒަށް ސްކޫލްގެ ނަމުގައި ވަރަށް ހާއްސަ ޝުކުރު ދަންނަވާ ކަމަށެވެ.
ވާދޫ ސްކޫލްެ ފަރާތުން މި ހަދިޔާއާ ހަވާލުވެދެއްވީ ސްކޫލްގެ ވަގުތީ ޕްރިންސިޕަލް އިސްމާޢިލް ނަސީރެވެ. އަދި ސިއްހީ މަރުކަޒުގެ ފަރާތުން ސެނިޓައިޒާ ކޭސް ހަވާލުކުރެއްވީ އެ ތަން ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ޝަފީޤެވެ.
މީގެ ކުރިން ވެސް ރ. ވާދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ރ. ވާދޫ ސްކޫލަށް މި ފަދަ ހަދިޔާތައް ދެއްވާފައި ވެއެވެ،
ރ. ވާދޫގެ ހުރިހާ މުވައްސަސާތަކަކީ ވެސް ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުގައި މަސައްކަތް ކުރަމުންދާ އެކުވެރި ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
