ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ ވާދު އަށް ޒިޔާރަތްކުރައްވަން ނިންމައިފި އެވެ.
އެ މަނިކުފާނު ރ، ވާދުއަށް ޒިޔާރަތްކުރައްވާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 8 ވާ ބުދަ ދުވަހު އެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވާދޫގެ ހާލަތާއި ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލައްވާނެ އެވެ. އަދި ރަށުގެ މުވައްސަސާތަކާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޒިޔާރަޔުގައި އެމަނިކުފާނު ރ. ވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ރައްޔިތުން އެދޭ ކަންކަމާއި ހުރި ކަންބޮޑުވުންތައް ސާފުކުރައްވާނެއެވެ. އަދި މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެ މުވައްސަސާތަކަށް ހުރި ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުއްވަވާނެއެވެ.
އެ މަނިކުފާނު ވަޑައިގަންނަވާތީ ރ. ވާދޫގައި ދަނީ މަރުޙަބާ ދެއްނެވުމަށް ބޮޑެތި ތައްޔާރީތަކެއްވަމުންނެވެ. އެ ގޮތުން، އެންމެ ބޮޑު ތައްޔާރީއެއް ވަމުންދަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވާދޫ ގޮފިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. ވާދު އަށް ޒިޔާރަތްކުރައްވަން ނިންމެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ރ. ވާދު އަށް އެމަނިކުފާނު ވަޑައިގެންފައެއްނުވެއެވެ.
އެންމެ ފަހުން ރ. ވާދު އަށް ޒިޔާރަތްކުރެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެވެ. އޭގެ ކުރިން ކުރީގެ ރައީސުލްޖުމްހޫޜިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ރ. ވާދު އަށް ވަޑައިގަތެވެ.
