ރ. ވާދޫގައި އަލަށް އިމާރާތް ކުރެވޭ ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާ އެޅައި ތަނބުތައް އެޅުމުގެ މަަސައްކަތް ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި އަލަށް އިމާރާތް ކުރާ މި އިމާރާތުގެ މަސައްކަތް ކުރަނީ 100 އިންސައްތަ ވާދޫ އަށް ނިސްބަތްވާ ރައްޔިތުންނެވެ. އެ ކުންފުނިން ހާސާކުރާ ގޮތުގައި އޮފީސް އިމާރާތާއި ވާދޫގެ އާ އިންޖީނުގޭގެ އިތުރުން، ވާދޫ ސްކޫލްގައި އިމާރާތްކުރާ ނަމާދު ކޮޓަރިއެއްގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
ނަމާދު ކޮޓަރީގައި ނުނިމި ހުރީ ފިނިޝިން މަސައްކަތްތައް ކަމަށް އެ މަސައްކަތް ކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
ވާދޫގައި ފެނަކައިގެ އާ އޮފީސް އިމާރާތްކުރަނީ މިހާރު އިންޖީނުގެ ހުރި ގޯތީގެ ދެކުނަށް އޮންނަ ހުސް ބިމުގައެވެ. އަދި އިންޖީނުގެ އިމާރާތްކުރަނީ މީހުން ދިރިއުޅޭ ސަރަހައްދުގެ ބޭރުުން ވާދޫ ދެކުނު ސަރަހައްދުގައި ސިނާއީ ކަންކަމަށް ހާއްސަކޮށްފައިވާ ބިމެއްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަލަށް އަޅާ އޮފީސް އިމާރާތުގައި 35 މުވައްޒަފުންގެ ޖާގަ ހިމެނޭ އޮފީސްބަޔަކާއި، މީޓިންގ ރޫމަކާއި، ރިސެޕްޝަނާއި ލޮބީ އޭރިއާއަކާއި، ފާޚާނާ ހިމެނެއެވެ.
