ދިވެހިބަހުގެ އެކަޑެމީން ބޭއްވި އޮންލައިން އަދަބީ އީދު 2021ގައި ބަނދި ކިޔުމުން އެއްވަނަ ބަލްމާ އަޙްމަދުއަށް ލިބިއްޖެއެވެ.
ރ.ވާދޫ އަތަމާގެ އަށް ނިސްބަތްވާ ބަލްމާއަށް އޮންލައިން އަދަބީ އީދު 2021ގައި ބަނދި ކިޔުމުން އެއްވަނަ ލިބުނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރައިންނެވެ.
އަދަބީ އީދު 2021ގައި ޅެން ކިޔުމާއި، ބަނދި ކިޔުމާއި، ރައިވަރު ކިޔުމާއި ވާހަކަ ކިޔުން ކުރިއަށް ގެންގޮސްފައި ވެއެވެ. މި އީދުގައި ބައިވެރިވި ކުދިންގެ ތެރެއިން 34 ދަރިވަރަކު ވަނީ ވަނަވަނައަށް ގޮސްފައެވެ.
Online Adhabee Eid Ninmumuge Rasmihyaathu 2021 https://t.co/LWvKK5qg2R
— VTV (@VMediaVTV) December 3, 2021
މިއީ ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް ދެމެހެއްޓުމަށް ޓަކައި ތަފާތު އަދަބީ މުބާރާތްތަކެއް ހިމެނޭ ގޮތަށް އޮންލައިންކޮށް ބޭއްވި އަދަބީ އީދެކެވެ.
