ރ. ވާދޫ ޓުއަރިޒަމް ޕްރޮޖެކްޓް އަނެއްކާ ވެސް ބަޔަކާ ހަވާލުކޮށްފި އެވެ.

ރ. ވާދޫ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައިި މި ޕްރޮޖެކްޓް 2016 ވަނަ އަހަރު ހަވާލުކުރި ދިވެހި ކުންފުނި ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއެކު ވެފަައިވާ އެއްބަސްވުން މިއަދު ސިންގަޕޫރުގެ އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ކުންފުންޏަށް ރަސްމީކޮށް މި މަޝްރޫޢު ހަވާލުކުރީ މާގިރި ހޮޓަލްގައި އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާދޫ ކައުންސިލާއި އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރި މި މަސަައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.