ރ. ވާދޫން ވޭތުވެދިޔަ 24 ގަޑިއިރުގެ ދެ މީހަކު ކޮވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ.
ރ. ވާދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ވާދޫން ދެ މީހަކު ކޮވިޑް-19 ބަލިން ފަސޭހަވެ، އިތުރު މީހަކަށް ބަލިޖެހިފައި ވެއެވެ.
މިއާއެކު، އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 10ށް ވެއްޓިފައެވެ.
މިހާތަނަށް ވާދޫން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު، ބަލިޖެހިގެން އެކަހެރިކުރެވުނު [ކަރަންޓީން ކުރެވުނު] ގިނަ ބައެއްގެ ކަރަންޓީން މުއްދަތު ހަމަވެ، ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ބެލެވެއެވެ.
ވާދޫގައި ކޮވިޑް-19 ފެތުރެން ފެށީ މީގެ 6 ވަރަކަށް ދުވަސް ކުރިންނެވެ.
ކޮވިޑްގެ ކޭސްތަކާއެކު، ވާދޫ ސިއްހީ މަރުކަޒުން ވަނީ، ރަނގަޅަށް މާސްކް އެޅުމަށާއި، އެޗް.ޕީ.އޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކޮށްފައެވެ.
އެމަރުކަޒުން ވަނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
ި
