ރ. ވާދޫ ކައުންސިލާ ގުޅިގެން މިރަށުގައި ބަކަރި ގެންގުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ވާދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވާދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށް އެދޭ ކަމަށާއި 2 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެ އިދާރާއަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދޭ ކަމަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލާއި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މިމަސައްކަތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ.