ރ. ވާދޫގައި ނަރުދަމާ އެޅުމަށް ކަނޑައެޅިފައިވާ މަގުތަކަށް އަރާ ގަސްތައް ނީލަން ކިޔުމަށް ނިންމައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އެކަން އިޢުލާންކޮށްފިއެވެ.

ވާދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނީ، ވާދޫގައި ނަރުދަމާ އެޅުމަށް ކަނޑައެޅިފައިވާ މަގުތަކަށް އަރާ ގަސްތައް ނީލަން ކިޔުމަށް ބޭނުންވާ ކަމަށެވެ. ނީލަން ކިޔަން ހަމަޖެހިފައިވާ ގަސްތަކުގެ ލިސްޓް އެއިއުލާނާއިއެކު ވާދޫ ކައުންސިލުންވަނީ އާންމުކޮށްފައެވެ.

ވީމާ، މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023، ނޮވެމްބަރ 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގަބުރުސްތާނު/ ދޮޅިދާންގެ ކުރިމައްޗަށް ދިއުމަށް އެކައުންސިލުންވަނީ އެދިފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދުމަށް އެއިދާރާގެ ނަންބަރު 4000299 ފޯނާ ގުޅުމުން ލިބޭނެ ކަމަށްވެސް އެ ކައުންސިލުންވަނީ ބުނެފައެވެ.

ކައުންސިލުން ނީލަން ކިޔަނީ، ފުނަގަސްތަކަކާއި، މިދިލިގަސްތަކެއްގެ އިތުރުން، އުނިގަސްތަކެއް އަދި ދިއްގާ ގަހެކެވެ.

ވާދޫގައި ނަރުދަމާ އެޅުމަށް ކަނޑައެޅިފައިވާ މަގުތަކަށް އަރާ ގަސްތައް

ވާދޫގައި ނަރުދަމާ އެޅުމަށް ކަނޑައެޅިފައިވާ މަގުތަކަށް އަރާ ގަސްތައް
ވާދޫގައި ނަރުދަމާ އެޅުމަށް ކަނޑައެޅިފައިވާ މަގުތަކަށް އަރާ ގަސްތައް